އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
20 ސެޕްޓެމްބަރ 2017 - 12:03
ޔުނައިޓެޑް ނޭޝަންސް (ސެޕްޓެމްބަރު 20) - ނޯތު ކޮރެއާ އިން އިންޒާރުތައް ދީ އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން އަމިއްލަ ދިފާއުގައި މަސައްކަތް ކުރުވަން މަޖްބޫރު ކުރުވާ ނަމަ ނޯތު ކޮރެއާ ނައްތާލާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގައި ޓްރަމްޕް ދެއްވި ފުރަތަމަ ތަގުރީރުގައި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް ޖޯކް ޖައްސަވާ ވިދާޅުވީ "ރޮކެޓް މޭން އުޅުއްވަނީ އަމިއްލަ އަށް މަރުވުމުގެ ދަތުރެއްގައި" ކަމަށެވެ.
އދ. އަށް ގޮންޖެހުމަށް ފަހު ނޯތު ކޮރެއާ އިން ދާދި ފަހުން ވަނީ ނިއުކްލިއާ ބޮމާއި ބެލިސްޓިކް މިސައިލް ޓެސްޓްކޮށްފަ އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ތަގްރީރު ދެއްވަނީ. --ފޮޓޯ:އޭއެފްޕީ
"އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ދިފާއުވުމަށް މަޖްބޫރު ކުރާ ނަމަ ނޯތު ކޮރެއާ މުޅިން ހަލާކުކޮށް ނެތިކޮށްލުން ނޫން ގޮތެއް ނޯންނާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ ތަގްރީރުގައި އީރާނަށް ވެސް ވަނީ ބަހުގެ ހަމަލާ ދެއްވައިފަ އެވެ. "ކޮރަޕްޓް ޚުދުމުޚްތާރު" ވެރިކަމެއް އޮތް ގައުމެއްގެ ގޮތަށް އީރާން ސިފަ ކުރައްވާ ޓްރަމްޕް ވިދާޅުވީ އެ ގައުމުން މަސައްކަތް ކުރަނީ މެދުއިރުމަތި ހަލަބޮލިކޮށްލަން ކަމަށެވެ. ޓެރަރިޒަމަށް ހިތްވަރު ދިނުން ހުއްޓާލުމަށް ޓްރަމްޕް ވަނީ ތެހެރާނަށް ގޮވާލައްވައިފަ އެވެ. އަދި ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ސޮއިކުރި އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް ވަނީ ފާޑު ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
20 September 2017
އެކަކު އަނެކަކަށް ގަދަބަސްނުބުނެ މައިތިރިވެގެން ތިބެބަލަ، ކަލޭމެނާހެދި ދުނިޔެއަށް .... ނޫންކަމެއް ނުޖެހޭނެ
ކފދގދ
20 September 2017
އާ ދޯ! މަށައް ހީވަނީ 3ވަނަ ބޮޑު ހަގުރާމަ ފެށެނީ ކަންނޭގެ.ހުސް ގިޔާމަތުގެ ޢަލާމަތް.
ވިސްނާލީމާ
20 September 2017
ހަމައެކަނި ފައިސާއިން ކަންކަން ވާނަމަ، މިހާރު ހުރީހީ ތިޔަޔަށް ހުރިހާ ކަމެއް ފުރިހަމަވެފާ! ކިތަންމެ ވަރަކަށް ތެޅުނަސް ކޮންމެ ކޮންމެ ބަޔަކަށް ހިތުހުރިހާ ގޮތެއް ނެހެދޭނެ! އިންޝާﷲ! -އިބްރާހީމް-
ވިސްނާލީމާ
20 September 2017
މީނާއަށް އެހެންމީހަކު ކުރާ ކަމެއް ދުވަހަކުވެސް ރަނގަޅުވޭތަ؟ އިރާދަކުރެއްވިއްޔާ ހަލާކުވެ ފަނާވާނީ ނޯތުކޮރެއާ އެއްނޫން! ހަލާކާ ގެއްލުމާ ކުރިމަތިވާން އެދެނީ އެމެރިކާއާ އެމެރިކާގެ ޔަހޫދީ އިޒްރޭލަށް! -އިބްރާހީމް-
ސިފްލީން
20 September 2017
ޓްރަންބޭ އަބަދަކު ތިޔަހެނެއް ދުނިޔޭގެ އެންމެން ކުރިމަތީގައި ފުއްޕާފަ ނޫޅެވޭނެ .ކަލޭމެންނަށް ވާވަރަކީ އުސާމާ ބިންލާދިންަކަހަލަ ނުހިނގޭމީހަކު ހޯދަންވެސް ބޮޑުގައުމެއް ތަޅާސުންނާފަތިކުރީ އަދިވެސް ބިންލާދިން ނަށް ވީގޮތެއްނޭނގެ އެހެންވީ ނޯތުކޮރެއާ ކާއިރީގައި ބުޅަލެއްހެން ތިވައްވައް ޖައްސަނީ
ކޮސްބޯ
20 September 2017
ދަތްއަޅަން ކެރޭ ކުއްތާއެއް ވައްވައްޖަހާ ނުފެލޭނެއެވެ މީމުސް ކުޅިންބުނާ ހަރުބަހެކެވެ
ސަޅިބައިސާ
20 September 2017
މީހަކު ހުރެގެން ތިހިރަ މޮޔަވަނީ. ޓރަރިޒަމަކީ އެމެރެކާއާއި އާލުސޫދުން ކައިވެނިކޮށްގެން އުފަންކުރި ދަރި. ތެހެރާނަކާ ބެހޭނެކަމެއް ނެތް. އެންމެ ނުބައި ޓެރަރިސްޓުން ތިބޭނީ އިޒްރޭލުގަ.