ދުނިޔެ / އިންޑިއާގެ ރޭޕްގެ މައްސަލަތައް

އިންޑިއާ ރޭޕް: ދެ ވަނަ ބޮޑު ބޭބެއެއް ހައްޔަރުކޮށްފި

އިންޑިއާގެ 10 އަހަރުގެ ކުއްޖާގެ ރޭޕުގެ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފުޅާކޮށްފައި. --ފޮޓޯ:ގެޓީ އިމޭޖަސް

20 ސެޕްޓެމްބަރ 2017 - 16:33

ނިއު ދިއްލީ (ސެޕްޓެމްބަރު 20) - ބޮޑު ބޭބެގެ ރޭޕުގެ ޝިކާރައަކަށްވެ ބަލިވެ އިނދެ ވިހޭ ކަމަށް ބުނާ އިންޑިއާގެ 10 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލާގައި ދެ ވަނަ ބޮޑު ބޭބެއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރުކުރި ބޮޑު ބޭބެ އާއި ކުޑަ ދަރިފުޅުގެ ޑީއެންއޭ ޓެސްޓުގެ ނަތީޖާ ދިމާ ނުވާ ކަމަށް ފުލުހުން ބުނުމާ އެކު މައްސަލައިގެ ތަހުގީގު ވަނީ ފުޅާކޮށްފަ އެވެ. ފަހުން ހައްޔަރުކޮށްފައި ވަނީ ރޭޕުގެ މައްސަލައިގައި ފުރަތަމަ ތުހުމަތު ކުރި ބޮޑު ބޭބެގެ ކޮއްކޮ އެވެ.

ކުރިން ބެލެވިފައި ވަނީ ކުޑަ ކުއްޖާ ރޭޕްކޮށްފައި ވަނީ އެ ކުއްޖާގެ ބޮޑު ބޭބެ ކަމަށެވެ. އަދި ބޮޑު ބޭބެ ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ރޭޕުގެ ދައުވާ ވެސް ކޮށްފަ އެވެ. ނަމަވެސް ފަހުގެ ފޮރެންސިކް ޓެސްޓުން ދައްކާފައި ވަނީ ކުޑަ ދަރިފުޅުގެ ޑީއެންއޭއާ ބޮޑު ބޭބެގެ ޑީއެންއޭ ދިމާ ނުވާ ކަމަށެވެ. އެކަމަކު ބޮޑު ބޭބެ އަދި ދޫކޮށްލައިފައެއް ނުވެ އެވެ.

ދެ ވަނަ ބޮޑު ބޭބެ އިއްޔެ ހައްޔަރުކޮށްފައި މި ވަނީ ފުލުހުންނާއި ކައުންސެލަރުންނާ އެކު އަންހެން ކުއްޖާ ދެއްކި ވާހަކައިގައި ދެ ވަނަަ ބޮޑު ބޭބެ ވެސް އޭނާ އަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބުނުމުންނެވެ. ފުލުހުން މިހާރު ވަނީ އުމުރުން 38 އަހަރުގެ ބޮޑު ބޭބެގެ ޑީއެންއޭ ޓެސްޓް ހެދުމުގެ ހުއްދަ އަށް އެދިފަ އެވެ.

ސުޕްރީމް ކޯޓުން ވަނީ ކުއްޖާ އެބޯޓް ކުރުމުގެ ހުއްދަ ދޭން ދެކޮޅު ހަދައިފަ އެވެ. އެހެންވެ މިދިޔަ މަހު ވަނީ 10 އަހަރުގެ އަންހެން ކުއްޖާ ހިފައިފަ އެވެ. ދިހަ އަހަރުގެ ކުއްޖާ ބުނެފައި ވަނީ ބަނޑުބޮޑުވިކަން ނޭނގޭ ކަމަށެވެ. އަދި އެ ކުއްޖާ ހަތް މަސް ވަންދެން ރޭޕްކޮށްފައި ވަނީ ބޮޑު ބޭބެ ކަމަށް ވަނީ ބުނެފަ އެވެ.

ކުއްޖާގެ ރޭޕާ ގުޅިގެން ތުހުމަތު ކުރެވުނު އުމުރުން 40 ގެ އަހަރުތަކުގެ ބޮޑު ބޭބެ ހައްޔަރުކޮށް ޚާއްސަ ކޯޓެއްގައި ވަނީ މައްސަލަ ބަލަން ފަށައިފަ އެވެ.

އެ ކުއްޖާގެ ދަރިވައްޓާލުމުގެ ހުއްދަ އަށް ސުޕްރީމް ކޯޓުގައި އެދުނު ނަމަވެސް އެ ހުއްދަ ދީފައި ނުވަނީ ޑޮކްޓަރުންގެ ޕެނަލެއްގެ ލަފައާ އެކު އެވެ. ޑޮކްޓަރުން ބުނެފައި ވަނީ 32 ހަފުތާގައި ދަރިވައްޓާލުމަކީ ގެއްލުން ހުރި ކަމެއް ކަމަށެވެ. ޗާންދިގާރުގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހަދައިގެން ނެގި ކުޑަ ދަރިފުޅުގެ ބަރުދަނުގައި 2.5 ކިލޯ ހުއްޓެވެ.

މާބަނޑު މީހާގެ ސިއްހަތަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާ ހާލަތެއްގައި މެނުވީ 20 ހަފުތާ އަށް ފަހު ދަރިވައްޓާލުމަކީ އިންޑިއާގެ ގާނޫނުތައް މަނާކުރާ ކަމެކެވެ. ދަރިވައްޓާލުން މަނާކުރުމަށް ހަރުކަށި ގާނޫނުތައް އިންޑިއާގައި ފާސްކޮށްފައި ވަނީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ޓެސްޓް ކުރުމަށް ފަހު އަންހެން ކުއްޖެއް ނަމަ ދަރިވައްޓާލާ މައްސަލަ ބޮޑުވުމުންނެވެ. ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަކީ އިންޑިއާގައި މަނާކޮށްފައިވާ ކަމެކެވެ.

ދިހަ އަހަރުގެ ކުއްޖާ ބަނޑު ބޮޑުވި މައްސަލަ ފަޅާ އެރީ އެ ކުއްޖާގެ މަންމަ އަށް ޝައްކުވެގެން ޑޮކްޓަރަކަށް ދެއްކުމުންނެވެ. އެހެން ގޭގޭގައި މަސައްކަތު މީހެއްގެ ގޮތުގައި އުޅޭ އެ ކުއްޖާގެ މަންމަ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ އިރު ކުއްޖާ އަށް ވަރަށް ގިނަ އިން ބޮޑު ބޭބެ ޖިންސީ ގޯނާ ކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ކުއްޖާ އަށް ބޮޑު ބޭބެ ބިރު ދައްކާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ބޮޑު ބޭބެ ހައްޔަރު ކުރީ ކުއްޖާގެ މަންމަ ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.

0 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 53%
icon angry icon angry 42%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454