ދުނިޔެ / އިޒްރޭލް

ހުޅަނގު އައްސޭރި ވެސް އިޒްރޭލުގެ ބަޔަކަށް ހަދަނީ

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ، ވެރިކަން ކުރާ ލީކޫޑް ޕާޓީގެ ބައްދަލުވުމެއްގައި.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރޭގައި ހިމެނޭ ހުޅަނގު އައްސޭރީ އާއި ގުދުސް އަކީ ވެސް އިޒްރޭލުގެ ބިންތަކެއް ކަމުގައި ކަނޑައެޅުމަށް، އިޒްރޭލުގެ ވެރިކަން ކުރާ ލީކޫޑް ޕާޓީގައި ވޯޓެއް ނެގުމަށް ނިންމައިފި އެވެ.

އަންނަ ހަފުތާގެ އާދީއްތަ ދުވަހު ބާއްވާ އެ ޕާޓީގެ ބައްދަލުވުމުގެ ދައުވަތު މިހާރު ވަަނީ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އާއި އެ ޕާޓީގެ އެހެން ވެރިންނަށް ފޮނުވައިފަ އެވެ. ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް މީގެ ކުރިން ވެސް އިޒްރޭލު ސަރުކާރުން ވަނީ ނިންމައި ގާނޫނެއް ވެސް ފާސްކޮށްފަ އެވެ. ނަމަވެސް ޕާޓީގެ ފެންވަރުގައި މިހާތަނަށް އެކަން ނިންމައިފައެއް ނުވެ އެވެ.

ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ބިމެއް ކަމަށް ކަނޑައެޅުމަށް ވެރިކަން ކުރާ ލީކޫޑް ޕާޓީގެ ތެރޭގައި ވޯޓެއް ނެގުމަށް ފަހު، އޭގެ ފަހު މަރުހަލާއަކަށް ވާނީ، އިޒްރޭލު ސަރުކާރުން އެކަމަށް މަސައްކަތް ފެށުމެވެ.

ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި އިޒްރޭލު އިން ފުޅާ ކުރުމަށް އެ ކުރާ މަސައްކަތްތަކުގެ ސަބަބުން، ފަލަސްތީނާއި އިޒްރޭލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް ފަށާފައިވާ މަސައްކަތްތައް ވަޅުޖެހިގެން ދާނެ އެވެ. އަދި އެ ނިންމުމުގެ ސަބަބުން ފެތުރެމުން ދާނީ ނަސްލީ ތަފާތުކުރުމުގެ ސިޔާސަތެއް ކަމަށް ވެސް ފަލަސްތީނު ސަރުކާރުން ބުންޏެވެ.

ހުޅަނގު އައްސޭރި އާއި ގުދުސަކީ އިޒްރޭލުގެ ބިންތައް ކަމުގައި ކަނޑައެޅުމާ އެކު، އެ ބިންތަކުގައި ތަންފީޒު ކުރަން ފަށާނީ އިޒްރޭލުގެ ގާނޫނުތަކެވެ. އަދި އެއްވެސް ހިފެހެއްޓުމެއް ނެތި ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް އިޒްރޭލުގެ ދާޚިލީ ސަލާމަތްތެރިކަމާ ބެހޭ ވަޒީރު ޖިލްއާދު އަރްދާން ވިދާޅުވި އެވެ.

ޕާޓީ ފެންވަރުގައި މިކަންތައް ނިންމުމަށް ފަހު، މި މައްސަލަ އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހަށް ވެސް ލީކޫޑް ޕާޓީގެ ފަރާތުން ހުށަހަޅާނެ ކަމަށް މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެ އެވެ. އެ ޕާޓީގެ ހިންގާ ގަވާއިދު ބުނާ ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް އެއްވެސް ބިލެއް ނުވަތަ މައްސަލައެއް ހުށަހަޅާ ނަމަ، އެ ބިލެއް ނުވަތަ އެ މައްސަލައެއް ޕާޓީގެ ބައްދަލުވުމެއްގައި ފާސްކުރަންޖެހޭނެ އެވެ.

ހުޅަނގު އައްސޭރި އާއި ގުދުސަކީ އިޒްރޭލުގެ ބިންތަކެއް ކަމަށް ކަނޑައެޅުމުގެ މައްސަލަ ލީކޫޑް ޕާޓީގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައިވަނީ، އެކަމަށް ތާއީދުކުރާ އެ ޕާޓީގެ 900 އަށް ވުރެ ގިނަ މެމްބަރުންގެ ސޮއި ހޯދުމަށް ފަހު އެވެ.

ހުޅަނގު އައްސޭރި އާއި ގުދުސްގެ ބިން ފޭރިގަންނަށް ލީކޫޑް ޕާޓީން މަސައްކަތް މި ފެށީ، އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން އިއުތިރާފްވެ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރެއްވިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.

ލީކޫޑް ޕާޓީގެ މި ނިންމުންތަކާ ބެހޭ ގޮތުން، ސުލްހައިގެ ވާހަތަކާ ބެހޭ ފަލަސްތީނުގެ މަންދޫބު މުސްތަފާ އަލް ބަރްޣޫސީ ވިދާޅުވީ އިޒްރޭލުން އަޅަމުންދާ މި ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް މަޖުބޫރުވާނީ، ސުލްހައިގެ މަސައްކަތްތަކުގެ ބަނދެވުންތަކާއި ސުލްހަޔޭ ކިޔައިގެން 25 އަހަރު ވަންދެން އިޒްރޭލުން ދައްކަމުން އައި ދޮގު ވާހަކަތަކުން މިނިވަންވުމެވެ. ހަމަ އެފަދައިން އިޒްރޭލާ ކުރިމަތިލުމުގައި ގެންގުޅޭ ސިޔާސަތަށް ވެސް ބަދަލުތަކެއް ގެންނަން ފަލަސްތީނަށް މަޖުބޫރުވާނެ އެވެ.

2 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 10%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެލެކުސް

26 December 2017

ލޮލް މަހަމޫދު އައްބާސް ހުންނަވާ އެމެރިކާ އާއި ޔޫއެން ދައްކާ މަގުން ހިނގަން. ޤުރުއާނާއި ހަދީސް އިން އެނގެނީ ތި ޔަހޫދީން މުސްލިމުންނަށް ދުވަހަކު ހެވެއް ނޭދޭނެ ކަމާއި މީސްތަކުން ކުރެ މުސްލިމުންނަށް އެންމެ އަދާވާތްތެރި ބަޔަކީ ޔަހޫދީންކަން. އެމީހުންނަކީ އަހްދަކަށް ވަހުދަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ނޫންކަން މާޒީން އެއޮތީ ފެންނަށް. އދ އިން ޤަރާރު ފާސްކޮށްލަ ފާސްކޮށްލާ އޮންނަތާ މިހާރު 60 އެތަށް އަހަރެއްވަނީ، މުސްލިމުނަން ވުމުން ދުވަހަކުވެސް އަމަލީގޮތުން ތި ގަރާރުތަށް ތަންފީޒެއް ނުވާނެ. ހައްލު އޮތީ ޤުރުއާނާއި ސުންނަތުގައި

The name is already taken The name is available. Register?

ފަލަސްތީނުގެ

26 December 2017

ފަލަސްތީނުގެ ހައްގާދިމާއިދިކޮޅަށް އިސްލާމުންނާ ޖައްސާލައިފާވާ ޢެމެރިކާ ރުއްސަން ޔޫއެންގަ ވޯޓްދިން މަދުގައުމުތަކާ ސިޔާސީ ގުޅުންކަނޑާލަން ދިވެހި ރައްޔިތުން އެދޭ ވަރަށް ބޮޑަށް،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454