އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމީން ނަތަންޔާހޫ. --ފޮޓޯ:އޭއެފްޕީ
02 ޖެނުއަރީ 2018 - 13:59
ގުދުސް (ޖެނުއަރީ 2) - ގުދުސްގެ ބިމުން ބައެއް ކުރިމަގުގައި ފަލަސްތީނަށް ދޫކުރުން އުނދަގޫވާނެ ގޮތަށް އިޒްރޭލުން ގާނޫނެއް ފާސްކޮށްފި އެވެ.
އިޒްރޭލުގެ ޕާލަމެންޓުގައި 64-51 ވޯޓުން މިއަދު ފާސްކުރި ބިލާ އެކު ދެ ދައުލަތް އުފައްދައިގެން އިޒްރޭލް-ފަލަސްތީން މައްސަލަ އަށް ހޯދަން ބޭނުންވާ ހައްލަށް އިތުރު ހުރަސްތައް ކުރިމަތިވާނެ އެވެ. ކަނާތުފިޔައިގެ ޔަހޫދީ ހޯމް ޕާޓީން މި ބިލް ހުށަހެޅީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަންނަކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރުމާ ގުޅިގެންނެވެ. ބިލުގައިވާ ގޮތުން ގުދުސްގެ ބިމުން ބައެއް ފަލަސްތީނަށް ދޫކުރާ ނަމަ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި ވޯޓު ނުވަތަ 120 މެންބަރުންގެ ތެރޭން 80 މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ.
"މުޅި ގުދުސް އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ދެމިއޮންނާނެ ގޮތް މިހާރު މިވަނީ ހަދާފައި،" ހޯމް ޕާޓީގެ ލީޑަރު އަދި އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓަރު ނަފްތަލީ ބެނެޓް ވިދާޅުވި އެވެ.
އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އިޒްރޭލުން ހިފީ 1967 ވަނަ އަހަރު އެވެ. އަދި ފަހުން ވަނީ ގުދުސް އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެކަމަކު ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ. އިޒްރޭލުން ބުނަމުން ދަނީ މުޅި ގުދުސް އަކީ އެ ގައުމުގެ ވެރިރަށް ކަމަށެވެ. ފަލަސްތީނުން ވެސް ބުނަމުން ދަނީ މުސްތަގްބަލުގައި އުފެދޭ ދައުލަތުގެ ވެރިރަށަށް ވާނީ އިރުމަތީ ގުދުސް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިހާދުﷲ
03 January 2018
ތިތަންހޯދާނީ ކަލޭމެނާސުލްހަވެގެނެއްނޫން. ބާރުގެބޭނުންކޮށްގެން' އިރާދަކުރެއްވީޔާ.
ބާލައާދަނު
03 January 2018
ކޮންމެ ވައްތަރެއް ޖެއްސިޔަސް ތިޔަ ތަނަކީ ފަލަތީނުގެ ބިމެކެވެ. ތިޔަތަން ހޯދާނީ ކޮންމެހެން ކަލޭމެން ހިތުންރުހުމުން ދިނީމައެއް ނޫނެވެ. ތިޔަ މާތްވެގެންވާ ބިން އަހަރެމެން އަދި ބާރުގެދަށަށް ގެންނާނަމެވެ.
އައްޔު
03 January 2018
އިންޝާﷲ
ރަދީފް
02 January 2018
ފޭރޭ ނަތަންޔާހޫ
ގައުމު
02 January 2018
ބޮޑުވަގު އިޒްރޭލް
ޭެެޔަހޫދާ
02 January 2018
އަރަބި ވެރިން އަދިވެސް ނިދާފަތޯ ތިބެނީ...