އެމެރިކާ އިން ހިފެހެއްޓީ ފަލަސްތީނަށް ދޭ އެހީގެ މި އަހަރުގެ ފުރަތަމަ އިންސްޓޯލްމެންޓް. --ފޮޓޯ:ރޮއިޓާސް
17 ޖެނުއަރީ 2018 - 10:52
ވޮޝިންޓަން (ޖެނުއަރީ 17) - ފަލަސްތީނަށް ދޭ އެހީން 65 މިލިއަން ޑޮލަރު ހިފެހެއްޓުމަށް އެމެރިކާ އިން ނިންމައިފި އެވެ.
އެހެން ކަމުން ފަލަސްތީނަށް ދޭ އެހީގެ ގޮތުގައި ޔޫއެން ރިލީފް އެންޑް ވޯކްސް އެޖެންސީ އަށް ދެން ދޭނީ 60 މިލިއަން ޑޮލަރެވެ. އދ.ގެ އެޖެންސީގެ ބަޖެޓުގެ 30 ޕަސެންޓް ދެނީ އެމެރިކާ އިންނެވެ. އދ.ގެ އެޖެންސީ އަށް އެމެރިކާ އިން މިދިޔަ އަހަރު 370 މިލިއަން ޑޮލަރު ދިނެވެ. އެމެރިކާ އިން ހިފެހެއްޓީ މި އަހަރުގެ ފުރަތަމަ އިންސްޓޯލްމެންޓެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވަނީ ފަލަސްތީނުން އިޒްރޭލާ އެކު ސުލްހަ އަށް ޖާގަ ނުދޭ ނަމަ އެހީ ކަނޑާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި އެމެރިކާ އިން ދޭ އެހީގެ އަގު ފަލަސްތީނުން ވަޒަން ނުކުރާ ކަމަށް ޓްރަމްޕް ވަނީ މީގެ ދެ ހަފުތާ ކުރިން ވިދާޅުވެފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ އެހީ ކުޑަކުރީ އެއްވެސް ބަޔަކަށް އަދަބެއް ދޭން ނޫން ކަމަށާއި އެއީ އދ.ގެ އެޖެންސީ އަށް އިސްލާހީ ބަދަލުތައް ގެންނަން ކުރި ކަމެއް ކަމަށެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާދިއްތަ ދުވަހު ވަނީ މެދު އިރުމަތީގެ ސުލްހައިގެ މަސައްކަތާ ގުޅޭ ގޮތުން އެމެރިކާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އައްބާސް ވިދާޅުވީ ޓްރަމްޕުގެ ފަރާތުން އަންނަ ސުލްހައިގެ އެއްވެސް ހުށަހެޅުމެއް ގަބޫލް ނުކުރައްވާނެ ކަމަށެވެ.
އެމެރިކާ އިން އިޒްރޭލަށް ކޮންމެ އަހަރަކު ވެސް ތިން ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
17 January 2018
ތިއަ ފައިސާ ކައިގެން ޔަހޫދީންގެ އަޅުންގެ ގޮތުގައި ތިބޭކަށް ބޭނުމެއް ނޫން. ކަޓު ކަޓު.
ސޮކްތެރެޕީ
17 January 2018
އެމީހުންގެ އެހީހޯދައިގެން އެމީހުންގެ ޕަޕެޓަކަ ވެގެން ވީކޮންކަމެއް ރަގަޅުގޮތަކީ އެމީހުންނާ ކުރިމަތިލުން.
ނައީ
17 January 2018
ރަނގަޅު
ވިސްނާލީމާ
17 January 2018
ކަންދައްކަން ކުރާ ކަމެއްކަން މިހާރު ތިއޮތީ ފަޅާ އަރާފަ.! ޔަހޫދީންނޭ ކިޔަނީ ހަމަ ކިޔަންވެގެން! -އިބްރާހީމް-