އިންސާނީ ހައްގުތަކަށް މަސައްކަތް ކުރި ޕާކިސްތާނުގެ އެކްޓިވިސްޓް އަސްމާ ޖަހަންގީރު. --ފޮޓޯ:އޭއެފްޕީ
12 ފެބުރުއަރީ 2018 - 13:17
އިސްލާމްއާބާދު (ފެބްރުއަރީ 12) - އިންސާނީ ހައްގުތަކަށް މަސައްކަތް ކުރި ޕާކިސްތާނުގެ އެކްޓިވިސްޓް އަދި ގާނޫނީ ވަކީލް އަސްމާ ޖަހަންގީރު އަވަހާރަވެއްޖެ އެވެ.
އުމުރުން 66 އަހަރުގެ ޖަހަންގީރު އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ޑިމޮކްރެސީ އަށް މަސައްކަތް ކުރި ޖަހަންގީރުގެ މުޅި އުމުރު ހޭދަކުރައްވާފައި ވަނީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރުމުގަ އެވެ. ޖަހަންގީރު ވަނީ 1983 ވަނަ އަހަރު ޖަލަށްލައިފަ އެވެ. އަދި 2007 ވަނަ އަހަރު ވަނީ ގޭގައި ބަންދުކޮށްފަ އެވެ. މީގެ ފަސް އަހަރު ކުރިން ލީކުވި ލިޔުންތަކުން އެނގުނު ގޮތުގައި ޖާސޫސީ އޮފިސަރުން ވަނީ ޖަހަންގީރު އަވަހާރަކޮށްލަން ވެސް ރާވައިފަ އެވެ. ޖަހަންގީރު އެ ދުވަސްވަރު ވަނީ އެ މައްސަލަ ތަހުގީގު ކުރަން އަންގައިފަ އެވެ.
ޖަހަންގީރު ވަނީ 2005 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމަށް ނޮމިނޭޓްވެފަ އެވެ. ޖަހަންގީރު ވަނީ އޭނާގެ ކޮއްކޮ ހީނާ ޖިލާނީއާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކޮށްފަ އެވެ.
ޖަހަންގީރު 2014 ވަނަ އަހަރު އޭއެފްޕީ އަށް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ދާއިރާ އިން ޕާކިސްތާނުން ބަދަލުތައް ފެންނަން ފަށާފައިވާ ކަމަށެވެ. ޖަހަންގީރު ވަނީ އދ. އިން އީރާނަށް ކަނޑައެޅި ދީނީ އަދި އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީރްޒާރާ
13 February 2018
ހިންދީ ފިލްމު ވީރްޒާރާގައި ރާނީ މުކަރުޖީ ކުޅެފައިވަނީ މި ވަކީލްގެ ރޯލް، ވަރަށް ކުޅަދާނަ ވަކީލެއް މިއީ، ﷲ މި ކަމަނާއަށް ރަހްމަތް ލައްވާށި.
ދީމާހު
12 February 2018
މަރާ ބައްދަލުކުރާނެ ކޮންމެ މީހަކުވެސް