ސްރީ ލަންކާގައި މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވެފައިވާތާ ދުވަސްކޮޅެއްް ވެއްޖެ. --ފޮޓޯ:ރޮއިޓާސް
06 މާޗް 2018 - 13:49
ކޮލަމްބޯ (މާޗް 6) - މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވުމުން ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު މިއަދު އިއުލާންކޮށްފި އެވެ.
ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ހަމަނުޖެހުން އުފައްދާ މީހުންނ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ކަމަށެވެ. މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވިޔަ ނުދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިނިސްޓަ އޮފް ސިޓީ ޕްލޭނިން ރައޫފް ހަކީމް ވިދާޅުވީ ހަމަނުޖެހުންތައް ހުއްޓުވުމުގެ ގޮތުން އަޅާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭން ކުއްލި ނުރައްކަަލުގެ ހާލަތު އިއުލާން ކުރީ 10 ދުވަހަށް ކަމަށެވެ.
ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި އިރު މެދުތެރޭގެ ކެންޑީގައި ހަމަނުޖެހުްނތައް ބޮޑުވުމުން އިއްޔެ އިން ފެށިގެން ވަނީ ކާފިއު ހިންގައިފަ އެވެ. މިދިޔަ ހަފުތާ ބަންދުން ފެށިގެން ކެންޑީގައި މުސްލިމުންގެ ފިހާރަތަކަށް ބުޑިސްޓުން ހަމަލާ ދެމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިސްކިތްތަކުގައި ވަނީ އަލިފާން ޖަހައިފަ އެވެ.
ބައެއް އޮބްޒާވަރުން ބުނި ގޮތުގައި މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ ބުޑިސްޓް ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސެނާ (ބީބީއެސް) އެވެ. ބުޑިސްޓް ޖަމާއަތްތަކުން ބުނަމުން ދަނީ މުސްލިމުން ދަނީ އިސްލާމް ދީނަށް މީހުން ވަނުމަށް މަޖްބޫރު ކުރަމުން ކަމަށެވެ. އަދި ބުޑިސްޓުންގެ ތާރީޚީ ތަންތަން މުސްލިމުން ތަޅާ ސުންނާފަތި ކުރަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ބުޑިސްޓުންނާއި މުސްލިމް ގްރޫޕްތަކުގެ މެދުގައި ފެބްރުއަރީ މަހު ހިންގި ހަމަނުޖެހުންތަކުގައި ވަނީ ފަސް މީހުން ޒަޚަމްވެފަ އެވެ. އަދި މިސްކިތެއްގައި އަލިފާން ޖަހާ މުސްލިމުންގެ ގިނަ އަދަދެއްގެ ފިހާރަތައް ވަނީ ތަޅާލައިފަ އެވެ.
ލަންކާގެ އިރުމަތީގައި ވެސް މިދިޔަ ހަފުތާގައި ހަމަނުޖެހުންތައް އުފެދުނީ ސިންހަޅައިންނަށް ވިއްކާ ކާ ތަކެއްޗަށް މުސްލިމް ކައްކާ އަކު ދޭތެރެދުރުކުރާ ބޭސް އެޅިކަމުގެ ތުހުމަތާ ގުޅިގެންނެވެ. ސަރުކާރުން ބުނެފައި ވަނީ އެއީ އަސްލެއް ނެތް ތުހުމަތެއް ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު ވެސް ވަނީ ލަންކާގެ ދެކުނުގައި މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތައް ބޮޑުވެ އެކަކު މަރުވެފަ އެވެ. ޖޫން 2014 ގައި މުސްލިމުންނާއި ބުޑިސްޓުންގެ ހަމަނުޖެހުންތަކުގައި ވަނީ ހަތަރު މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފަ އެވެ.
ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ. އަދި ސިންހަޅައިންގެ ނިސްބަތަކީ 75 ޕަސެންޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަލަޖހސ
07 March 2018
ޕީީޕީކުދިންހޭބަލިވަނީ
ބާބު
06 March 2018
ކޮބާ ސަފީރުން ތަށް
ސަފީރު
07 March 2018
ބުރޯ ، ރާއްޖޭގައި މީހުންނަށް އަނިޔާކުރަން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިޔަސް ލަންކާގައި އެހާލަތު އެއިއުލާން ކުރީ އަޅުގަނޑުމެންގެ މުސްލިމް އަހުންނާއި އުހުތުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކޮށްދޭން ވެގެން. ﷲ އަށް ހަމްދުކުރަން.
ޝިފާގު
06 March 2018
ހަމަނުޖެހުން އުފައްދާ މީހުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް ސްޓޭޓްއޮފްއިމަޖެންސީ ގެންނަން ޖެހޭކަން ލަންކާ ސަރުކާރަށްވެސް ވިސްނިއްޖެތާއެވެ. ދެންއޮތީ ޔޫރަޕުގައި މިހާލަތު ތަޖުރިބާކުރެވި ފިޔަވަޅު އެޅުމެވެ.
ސަޅިބައި
06 March 2018
މުސްލިމުންނަށް ހަމަލާދީ ފިހާރަތައް އަންދާ ގެދޮރު ހަލާކުކޮށް އެތަކެއް އަނިޔާތަކެއް ދޭތީ އެސް.އޯ.އީ ލަންކާއިން އިއުލާނުކުރި ހަބަރުކިޔާފަވެސް ޕީޕީ ކުދިންކޮޅަށް އެއިން ފެނުނީ އިސްލާމީ އުއްމަތުގެ ރައްޔިތުންތަކަކަށް ލިބެމުން ދިޔަ އަނިޔާއަށްވުރެ ބޮޑަށް ކޮންމެވެސް ދިވެހި ރާއްޖޭގެ ސިޔާސީ ކުޅިވަރުގަނޑެއް ގުޅުވާ ޖޯކުޖެހުން އެއީ އެންމެ ރަނގަޅުުކަމެއް ކަމަށް. ދީނަށްޓަކާ!
ޙަމީދު ދ
06 March 2018
ސިންހަޅައިން ކިޔަނީ ވަކި ދީނަކަށް އުޅޭ ބަޔަކަށްނޫން. މުސްލިމުންވެސް އެއީ ސިންހަޅައިން ނުވަތަ ތަމަޅައިން. ސިންހަޅައިންނަކީ ލަންކާ އަސްލު ރައްޔަތުން ތަމަޅައިންންކީ ޓެމިލްނާޑޫއިން ހިޖުރަކުރި މީހުން
ސިރިގުއިނާ
06 March 2018
ސަކަރާތް ނުޖަހާ ތި އަވަހަށް އުވާލާ. ސަފީރު ރުޅިއަތުވެދާނެ.
ހޮޓްކިންގ
06 March 2018
ކޮބާ އެމްޑީޕީން އެތާމުޒާހަރާކުރަންފެށިކަން އެނގިއްޖެނު. ކިހާބޮޑު ކަމެއް.
ޑަބީ
06 March 2018
މީކީ އެމްޑީޕީ އެހެންނޫނީ ޕީޕީއެމް ވެގެން ވާކަމެއްތަ މި ދައްކަނީ އިސްލާމީ އުމްއަތައް ދެމުން ދާ ހަމަލާތަކުގެ ވާހަކައޭ
ހުވަފެން
06 March 2018
އެމްޑީޕީ މުޒާހަރާ ކޮށްލާއިރަށް ލަންކާވިޔަސް އަވަހަށް އިމަރޖެންސީ ހިންގާ. އެމްޑީޕީ އަކީ ނުރައްކާ ބަޔެއްކަން އެންމެންނަށްވެސް އިނގޭ
ހަސީނު
06 March 2018
އެމްޑީޕީ މީހުން އުޅޭ ތަނެއް ރަނގަޅެއް ނުވާނެ. ހަމަޖެހުމެއް ނޯންނާނެ