މޮރިޝަސްގެ ފުރަތަމަ އަންހެން ރައީސް ފަކީމް. --ފޮޓޯ:އޭއެފްޕީ
10 މާޗް 2018 - 22:16
ޕޯޓް ލުއިސް (މާޗް 10) - އެފްރިކާގެ ގައުމެއްގެ ވެރިކަމުގައި ހުރި ހަމައެކަނި އަންހެނާ ކަމަށްވާ މޮރިޝަސްގެ ރައީސް އަމީނާ ފިރްދައުސް ގުރިބް ފާކިމް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އެކަމާ އިސްތިއުފާ ދެއްވަނީ ޗެރިޓީއަކުން ދިން ބޭންކް ކާޑަކުން އަމިއްލަ ބައެއް ތަކެތި ބައްލަވައިގަތް މައްސަލައެއްގަ އެވެ. ފާކިމް އިސްތިއުފާ ދެއްވާނީ އަންނަ ހަފުތާގައި ފާހަގަ ކުރާ މޮރިޝަސްގެ މިނިވަންކަމުގެ 50 އަހަރުގެ ރަސްމިއްޔާތަށް ފަހު އެވެ.
ފާކިމްއަކީ މޮރިޝަސްގައި މަޝްހޫރު ސައެންސްވެރިއެކެވެ. މޮރިޝަސްގެ ވެރިކަމާ 2015 ވަނަ އަހަރު އެކަމަނާ ހަވާލުވެވަޑައިގެންނެވީ އެ ގައުމުގެ ފުރަތަމަ އަންހެން ރައީސްގެ ގޮތުގަ އެވެ.
މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދު ޖުގްނައުތު ވިދާޅުވީ ފާކިމް އިސްތިއުފާ ދެއްވަނީ ގައުމީ މަސްލަހަތު އިސްކުރުމުގެ ގޮތުން ކަމަށާއި މޮރިޝަސް އަކީ ޑިމޮކްރެސީގެ ދިރިހުރި ނަމޫނާއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙުއްމާ
11 March 2018
ވަރަށް ރީތި މިސާލެއް. އަހަރެމެންގެ ކައްޕި ގެޔަށް ނަހަލާލު ފައިސާ ވަދެ އެކައުންޓަށް ނަހަލާލު އެއް މިލިއަން ޑޮލަރުވަނީމަވެސް އިސްތިއުފާ ދެއްވުމުގެ ބަދަލުގައި އެވާހަކަ ދައްކާ އެއްމެން ހައްޔަރުކޮށް އުލުބައިންދަމުން އެބަދޭ. އަދުރޭ އަށް ފެނޭތަ ޑިމޮކްރެޓިކް ޤައުމުތަކުގަ ވެރިން ޢަމަލުކުރާގޮތް؟ އަދުރޭއާއި ނިހާނުއަށް ވަރަށް ސަލާމް.
ދޯދޯ
10 March 2018
އަސްލުގައި ރައީސް ޔާމީނު އިސްތިއުފާ ދޭން ޖެހޭ މިކަހަލަ އެތަށް ކަމެއްވމި ރިޔާސީ ދައުރު ގައި ހިގާފިއެވެ
ތަމީމް
10 March 2018
"ޑިމޮކްރަސީ"'އަކީ ކޯންޗެއްކަން ދެނެވަޑައިގަންނަވާ ހަޤީޤީ ލީޑަރުންނަކީ މިއީ!