މޮރިޝަސްގެ ރައީސާ އަމީނާ ފިރްދައުސް ގުރިބް ފާކިމް. --ފޮޓޯ:އޭއެފްޕީ
18 މާޗް 2018 - 14:14
ޕޯޓް ލުއިސް (މާޗް 18) - ޗެރިޓީއަކުން ދިން ބޭންކް ކާޑަކުން އަމިއްލަ ބައެއް ތަކެތި ބައްލަވައިގަތް މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ޕްރެޝަރު ކުރިމަތިވެފައިވާ މޮރިޝަސްގެ ރައީސް އަމީނާ ގުރިބް-ފާކިމް އެންމެ ފަހުން އިސްތިއުފާ ދެއްވައިފި އެވެ.
އެފްރިކާގެ ގައުމެއްގެ ވެރިކަމުގައި ހުރި ހަމައެކަނި އަންހެން ރައީސް އިސްތިއުފާ ދެއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ ހަފުތާގައި ފާހަގަކުރި އެ ގައުމުގެ މިނިވަންކަމުގެ 50 އަހަރުގެ ރަސްމިއްޔާތަށް ފަހު އެވެ. ނަމަވެސް ފަހުން އެކަމަނާ ވިދާޅުވެފައި ވަނީ ގޯސްކޮށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާއި އެހެންވެ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. ފާކިމްގެ އޮފީހުން ބުނެފައި ވަނީ ޗެރިޓީގެ ކްރެޑިޓް ކާޑުން ވިޔަފާރި ކުރެވުނީ އެކްސިޑެންޓަކުން ކަމަށާއި އެ ފައިސާ އަނބުރާ ދައްކާފައިވާ ކަމަށެވެ. ރިފަންޑްކޮށްފައި ވަނީ 27،000 ޑޮލަރެވެ.
އެކަމަނާގެ ވަކީލް ޔޫސުފް މުހައްމަދު ނޫސްވެރިންނަށް ވިދާޅުވީ ފާކިމް އިސްތިއުފާ ދެއްވީ ގައުމީ މަސްލަހަތު އިސްކުރުމުގެ ގޮތުން ކަމަށެވެ. އެކަމަނާގެ އިސްތިއުފާ އަށް އަމަލު ކުރާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.
ފާކިމްއަކީ މޮރިޝަސްގައި މަޝްހޫރު ސައެންސްވެރިއެކެވެ. މޮރިޝަސްގެ ވެރިކަމާ 2015 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ފާކިމް ވަނީ ހަމަ އެ އަހަރު ލަންޑަނުގެ ޕްލެނެޓް އާތު އިންސްޓިޓިއުޓް (ޕީއީއައި)އާ ގުޅިވަޑައިގެންފަ އެވެ. ޕީއައިއޭ އިން ފާކިމް އަށް މެއި 2016 ގައި ކްރެޑިޓް ކާޑެއް ލިބިވަޑައިގެންނެވި ކަމަށް އެކަމަނާގެ އޮފީހުން ވަނީ ބުނެފަ އެވެ. އެއީ ޕީއައިއޭގައި އެކަމަނާގެ ރޯލާ ގުޅޭ ގޮތުން ކުރާ ދަތުރުތަކަށާއި ލޮޖިސްޓިކް ޚަރަދުތަކަށެވެ. އެކަމަކު އެކާޑުން ފާކިމް ވަނީ ލަގްޒަރީ ސާމާނު ގަނެފަ އެވެ. ފާކިމް ފަހުން ވިދާޅުވެފައި ވަނީ ކްރެޑިޓް ކާޑު އަމިއްލަ ކަންކަމަށް ބޭނުންކުރެވުނުކަން ޕީއީއައި އަށް އަންގާފައިވާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ޕްރެޝަރު ބޮޑު ކުރުމުން ފާކިމް ވަނީ ޕީއީއައި އިން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކޮޅަށް ބަސް ބުނީ ޖަލަށް.
18 March 2018
މި ގައުމު އިސްކުރާ ރައީސުންނަކީ ، ތުހުމަތެއް ބޮލުގައި އެޅުމުން އެއީ ކުރެވިފައިވާ ކަމެއްކަން ރައްޔިތުންނަށް ހާމަވީމައި އިސްތިއުފާ ދިނުމުގެ ރީތި މިސާލު އެދައްކަވަނީ އެވާހަަކ ދައްކާ މީހުން ގެންގޮސް ޖަލަށް ލާނީކީ ނުން.. ރައީސް ޔާމިނު އަށް މި ކަހަލަ މަންޒަރު ފެނި ރީތިގޮތް އިޙްތިޔާރު ކުރާނެ ކަމަށް އުއްމީދު ކުރަން.
އަބްދުއްލާ
18 March 2018
އެ ކަމަނާ އަވިދާޅުވީ އެކަމަނާ ބޭނުންފުޅު ކުރެއްވީމޭ ކާޑު ބޭނުން ކޮށްގެން އަމިއްލަ އަށް ތަކެތިގަތީމޭ . އެއީ ފެންނަންހުރި ހަގީގަތް .މީހެއްގެ ނަމުގާ އޮތް އެކައުންޓަކަށް އމީހާގެ އަމިއްލަ ފައިސާނޫން ފައިސާއެއް އެމީހާ އަމިއްލަޔަށް ގޮސް ޖަމާނުކުރާނަމަ އަދި ބަޔަކު ޖަމާކުރިޔަސް އެފައިސާ އެމީހަކު ބޭނުންނުކުރާނަމަ އެފައިސާގެ ޒިންމާ އެކައުންޓް ވެރިމީހާ ނަގާކަށް ނުޖެހޭނެ.
އެމް އެމް ޕީ އާރުސީ
18 March 2018
ކައްޕިއަށް ފެނޭތޯ ތެދުވެރިން ކަންކުރާގޮތް؟
ކަދުރު ކަމަނާފާނު
19 March 2018
ބަލަ އެއްމިލިއަށް ޑޮލަރު ބޭނުން ނުކުރާކަށް އެނގެނީ ކިހިނެއްތޯ؟