ގާޒާ ބޯޑަރުގައި ފަލަސްތީނުން ކުރާ އިހްތިޖާޖުގައި ޒަޚަމްވި މީހަކު ގެންދަނީ. --ފޮޓޯ:އޭއެފްޕީ
01 އެޕްރީލް 2018 - 10:47
ގާޒާ (އެޕްރީލް 1) - ގާޒާގައި އެތެރޭގައި ވެސް ހަމަލާތައް ދޭނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްރިގޭޑިއާ ޖެނެރަލް ރޮނެން މަނެލިސް ވިދާޅުވީ ގާޒާގެ ކޮންޓްރޯލް އޮންނަ ހަމާސް އިން ދަނީ އިޒްރޭލަށް ހަމަލާ ދިނުމުގެ ނިވާފަތްގަނޑަކަށް ފަލަސްތީނުގެ ރައްޔިތުން ހަދަމުން ކަމަށެވެ. ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައި ވަނީ އިޒްރޭލުން ހަމަލާދީ ހުކުރު ދުވަހު ޝަހީދުކޮށްލި ފަލަސްތީނުގެ އެންމެންގެ މަރުގެ ޒިންމާ އުފުލަން ޖެހޭނީ އިޒްރޭލުން ކަމަށެވެ. ގާޒާ ބޯޑަރަށް އިޒްރޭލުން ހަމަލާދީ 16 މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
މިއީ 2014 ވަނަ އަހަރު އިޒްރޭލުން ގާޒާ އަށް ދިން އުދުވާނަށް ފަހު އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ޝަހީދުކޮށްލި ދުވަހެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހު އިޒްރޭލުގެ ހަމަލާތައް ވަނީ ކުށްވެރިކޮށްފަ އެވެ.
ގާޒާ ބޯޑަރުގައި ފަލަސްތީނު މީހުން އިހްތިޖާޖް ކުރަނީ. --ފޮޓޯ:އޭއެފްޕީ
ފަލަސްތީނު މީހުންނަށް ހަމަލާ ދިން އިޒްރޭލް ސިފައިންނަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވަނީ ތައުރީފް ކުރައްވައިފަ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ އިޒްރޭލުން ދިން ހަމަލާތަކުގެ ވަކި ފަރާތަކަށް ނުޖެހޭ ތަހުގީގެއް ހިންގުމަށް ގޮވާލައިފަ އެވެ.
ހަ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ "ގްރޭޓް މާޗް އޮފް ރިޓާން" ގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ވަނީ ގާޒާ ބޯޑަރަށް ޖަމާވެފަ އެވެ. އިހްތިޖާޖް ނިންމާލަން ހަމަޖައްސާފައި ވަނީ މެއި 15 ވަނަ ދުވަހު، އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ފަލަސްތީނުން އެ ދުވަސް ފާހަގަ ކުރަނީ ނަކްބާ ނުވަތަ ހަލާކުގެ ދުވަހުގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ތެދެއް
01 April 2018
މުސްލިމުންގެ ދުޝްމަނުން ކޮންމެ އަހަރަކު ރަމަޟާން މަހާ ދިމާކޮށް ޚާއްޞަ ޖަރީމާތަކެއް ހިންގާ. އެގޮތުން ފަލަޠީނާއި، މިޔަންމާވެސް ހިމެނޭ. ނަމަވެސް ހިތާމައަކީ މުސްލިމް އިސް ޤައުމުތަކުން މުސްލިމުންނާ ދުޝްމަން ޤައުމުތަކާ ގުޅުން ބަދަހިކުރާކަން. ﷲ ތަޢާލާ އަޅަމެން މުސްލިމުންގެ މެދުގައި ބަދަހި ގުޅުމެއް ޤާއިމް ކޮށްދެއްވާ މުސްލިމުންނަށް ނަޞްރާއި ފަތަޙައާއި ކާމިޔާބު މިންވަރު ކުރައްވާށި. އާމީން.
މަލިކައްޑޫ
01 April 2018
ހުޅަނގުގެ ދެފުށް ދެ ގޮތް ޑިމޮކުރަސީ.
އަބުދުއްﷲ
01 April 2018
މިހާރު ޔަހޫދީން އަށް ބޭރުންވެސް ހަމަލާ ދެވިދާނެ އެކަމަކު މާދަމާ އިންސާﷲ ހަމަ ނަސްރު ލިބޭނީ ތިބިމުގެ ހަގީގީ ވެރިންކަމުގަވާ ފަލަސްތީނުގެ ލޮބުވެތި މުސްލިމުން އަށް. ޔާﷲ މިނުލަފާ ޔަހޫދީންގެ އަނިޔާވެރި ކަމުން ފަލަސްތީންގެ މުސްލިމުން ސަލާމަތް ކުރައްވާންދޭ. އާމީން
އީމަން
01 April 2018
ހަމަލާތައް ދޭނެ ކަމުގެ އިންޒާރު ތިޔަ ދެނީ ކަލޭމެމް ޔަހުދީން ފަލަސްދީން އަތުން ފޭރިގަނެފަ އޮތް ބިންތަކާ ގެދޮރާ އަބުރާ ދޭށޭ ގޮވުމުން، ފޭރިފަ ހުރި ތަންތާ ކަލޭމެން ވަކިހިޕާގެން ތިބުމުންނެވެ.