ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް. --ފޮޓޯ:އޭޕީ
29 އެޕްރީލް 2018 - 14:13
ރާމުﷲ (އެޕްރީލް 29) - އިޒްރޭލާ ގުޅުން ކަނޑާޅުމާ ގުޅޭ ގޮތުން ޕަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ ނޭޝަނަލް ކައުންސިލް (ޕީއެންސީ) ގައި މަޝްވަރާ ކުރަން ހަމަޖައްސައިފި އެވެ.
މާދަމާ ބާއްވާ ޕީއެންސީގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި އިޒްރޭލާ މެދު އެމެރިކާ ގެންގުޅޭ ސިޔާސަތާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ހިމެނެ އެވެ. ޚާއްސަކޮށް އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ ނިންމި މައްސަލަ ހިމެނެ އެވެ.
"ގުދުސްއާ މެދު އެމެރިކާ މިހާރު އެ ގެންގުޅޭ ސިޔާސަތު ކުރިއަށް ގެންދާ ނަމަ ފަލަސްތީނުގެ އެއްވެސް މީހަކު ނުރުހޭނެ އެމެރިކާއާ ގުޅުން ބާއްވަން،" ޕީއެލްއޯގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ސާއިބު އުރައިގާތު ވިދާޅުވި އެވެ.
ޕީއެލްގެ ބައްދަލުވުމުގައި ވަނީ އިޒްރޭލާ ގުޅުން ކަނޑާލުމަށް ފަހު އެ ގައުމާ އެކު ގާއިމްކޮށްފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރުމަށް ހަމަޖެހިފަ އެވެ.
އިރުމަތީ ގުދުސް އިޒްރޭލުން ހިފާފައި ވަނީ 1967 ވަނަ އަހަރުގެ ހަނގުރާމައިގަ އެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖެހުމަށް ފަހު އިޒްރޭލުން 1980 ވަނަ އަހަރު ވަނީ އެ ގައުމުގެ ބައެއްގެ ގޮތުގައި އިރުމަތީ ގުދުސް ހަމަޖައްސައިފަ އެވެ.
ޕީއެންސީގެ ބައްދަލުވުމުގައި ޕަލަސްތީނުގެ އެގްޒެކެޓިވް ކޮމިޓީ އަށް 18 މެންބަރުން އިންތިޚާބު ކުރާނެ އެވެ. އަދި ފަލަސްތީން އޮތޯރިޓީގެ ބަދަލުގައި ފަލަސްތީނުގެ ނަން ދައުލަތަކަށް ބަދަލު ކުރަން މަޝްވަރާ ކުރާނެ އެވެ. މީގެ އިތުރުން ހަމާސް އާއި ފަތަހަ އެއްގަލަކަށް އެރުވުން ވެސް އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ. މިއީ ވޭތުވެދިޔަ ނުވަ އަހަރު ތެރޭ ބާއްވާ ޕީއެންސީގެ ފުރަތަމަ ބައްދަލުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
30 April 2018
ކޮން އެތޯރެޓިއެ ޤައުމެއްގެ ގޮތުގަ ކުރިޔައްދާން އެބަޖެހޭ.