ގުދުސްގައި އެމެރިކާ އެމްބަސީ ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ހުޅުއްވައިދެއްވަނީ. --ފޮޓޯ:އޭއެފްޕީ
14 މެއި 2018 - 19:03
ގުދުސް (މެއި 14) - ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް އިހްތިޖާޖް ކުރަމުން ދަނިކޮށް އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް މިއަދު ބަދަލުކޮށްފި އެވެ.
އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފަރާތުން ވަނީ ދަރިކަނބަލުން އިވަންކާ އާއި އޭނާގެ ފިރިކަލުން ޖާރެޑް ކުޝްނާ ފޮނުވައިފަ އެވެ. އަދި ވައިޓް ހައުސްގެ އިސް ވަފުދެއް ވެސް ވަނީ ފޮނުވައިފަ އެވެ.
އެމްބަސީ ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މެދުއިރުމައްޗަށް ސުލްހަ ހޯދުމަށް އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށެވެ.
ގުދުސްގައި އެމްބަސީ ހުޅުވުމުގެ ރަަސްމިއްޔާތުގައި އެމެރިކާ ސަފީރު ޑޭވިޑް ފްރީޑްމަން ވާހަކަދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
"މީގެ 70 އަހަރު ކުރިން މި ދުވަހު އެމެރިކާގެ ކުރީގެ ރައީސް ހެރީ ޓްރޫމަން ވަނީ އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގެންފައި. އެމެރިކާ އަކީ އިޒްރޭލް ބަލައިގަތް ފުރަތަމަ ގައުމު. މިއަދު އެމެރިކާ އިން ގުދުސްގައި އެމްބަސީ މި ހުޅުވަނީ. އިޒްރޭލަކީ އެ ގައުމުން ބޭނުން ތަނެއްގައި ވެރިރަށް ކަނޑައެޅުމުގެ މިނިވަންކަން ލިބިފައިވާ ގައުމެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ގުދުސްގައި އެމްބަސީ ހުޅުވައިދިނީ އިވަންކާ އާއި އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވް މެނުޗިން އެވެ.
އެމްބަސީ ހުޅުވުމާ ދިމާކޮށް ގާޒާ ބޯޑަރުގައި އިހްތިޖާޖް ކުރާ ފަލަސްތީން މީހުން ގަޔަށް އިޒްރޭލް ސިފައިން ބަޑިޖަހާ 41 މީހުން ވަނީ ޝަހީދު ކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުބަތާނަ
15 May 2018
ސަޢުދީގެ ސަލްމާނާއި މުޙައްމަދާއި ދެންތިބި ބައެއ
ފުންއަސަރު
15 May 2018
ހެޔޮވާނީ ކިހިނެތް. ނުހައްގު އެތައް ކަމަކަށްފަހުވެސް އެމެރިކާއާ އިޒްރޭލް ބޭނުންވި ގޮތަށް ކަންކޮށް ނިންމާލީ. ޖެހިލުމެއް ފަސްޖެހުމެއްނެތި. އެވެސް ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްފާ. އިރާދަކުރެއްވިއްޔާ ތިކަމުގެ ހިތިކަން ތިމީހުނަށް އަދި ފެންނާނެ އެދެނީ އަދި އެދިގެން މިހުރީ އެމެރިކާއާ އިޒްރޭލަށް ރަނގަޅު ލަނގާއެއް ލިބޭނޭ ދުވަހަކަށް.
އަހްމަދު
14 May 2018
މުސްލިމުން ތެދުމަގުގައި ފައިތިލަ ސާބިތު ކުރުމުގެ ހެޔޮ ތައުފީގު ދެއްވާންދޭވެ. ޢަދި މުސްލިމުން އެއްބައިވަންތަ ކުރައްވައި ކާފިރުންގެ ސަފުތަށް ބަލި ކުރައްވައި މުސްލިމުންނަށް ނަޞްރު ދެއްވުމަށް ކޮންމެ މުސްލިމަކުވެސް ﷲ އަށް ދުޢާ ދަންނަވާށެވެ.
ކަކުނިބޯ
14 May 2018
ސައުދީއަށް ޝުކުރިއްޔާ ޔަމަނަށް ތިޔަގެނެސްދޭ ތަރައްޤީ އަށްވެސް ސައުދީއަށް ޝުކުރިއްޔާ ޤަތަރު ން ޓެރަރިސްޓުން ޔައުނީ މުސްލިމުނަނަށް ހަމާސް ޖަމާއަތަށް އެހީވިޔަނުދިނުމަށް ބާރުއެޅުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅަށް ސައުދީއަށް ޝުކުރިއްޔާ 41 ފަލަސްތީނު މީހުންނަށް މިޔަދުއެކަނި ޝަހީދުންގެ ލިސްޓުން ފުރުސަތުލިބުމުގެ ހެޔޮނަސީބު މިންވަރުކޮށްދިނުމަށް ސައުދީއިން ތޮޔަކުރި މަސައްކަތަށް ޝުކުރިއްޔާ އިޒްރޭލު ދުނިޔޭގައި ބޭއްވުމަށް ސައުދީންކުރާމަސައްކަތަށް ޝުކުރިއްޔާ އިވަންކާ ގެ ނެޖީއޯއަށް ސައުދީދައުލަތުގެއާމްދަނީ އެއްކޮށް ހަދިޔާކުރައްވާ