ގާޒާ ބޯޑަރުގައި ފަލަސްތީން މީހުން މިއަދު އިހްތިޖާޖް ކުރަނީ. --ފޮޓޯ:އޭއެފްޕީ
14 މެއި 2018 - 19:16
ގާޒާ (މެއި 14) - އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރަމުން ދިޔަ ފަލަސްތީން މީހުން ގަޔަށް ބަޑި ޖަހާ 41 މީހުން މިއަދު ޝަހީދު ކޮށްލައިފި އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ޝަހީދުވި މީހުންގެ އިތުރުން 1،800 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
ފަލަސްތީނުގެ އެތައް ބަޔަކު އިހްތިޖާޖް ކުރަމުން ދަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ވަނީ އެމްބަސީ ހުޅުވައިދެއްވައިފަ އެވެ. އެ ރަސްމިއްޔާތަށް ޓްރަމްޕް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މީގެ 70 އަހަރު ކުރިން އެމެރިކާގެ ކުރީގެ ރައީސް ހެރީ ޓްރޫމަން ވަނީ އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގެންފައި ކަމަށެވެ.
"އެމެރިކާ އަކީ އިޒްރޭލް ބަލައިގަތް ފުރަތަމަ ގައުމު. މިއަދު އެމެރިކާ އިން ގުދުސްގައި އެމްބަސީ މި ހުޅުވަނީ. އިޒްރޭލަކީ އެ ގައުމުން ބޭނުން ތަނެއްގައި ވެރިރަށް ކަނޑައެޅުމުގެ މިނިވަންކަން ލިބިފައިވާ ގައުމެއް،" ޓްރަމްޕް ވިދާޅުވި އެވެ.
ގާޒާ ބޯޑަރުގައި ފަލަސްތީން މީހުން މިއަދު އިހްތިޖާޖް ކުރަނީ. --ފޮޓޯ:އޭއެފްޕީ
އެމްބަސީ ބަދަލު ކުރުމާ ދެކޮޅަށް އެތައް ހާސް ބަޔަކު ވަނީ ގާޒާ ބޯޑަރަށް މިއަދު ޖަމާވެފަ އެވެ. ގާޒާ ފެންސް ކައިރި އަށް ޖަމާވި ބައެއް މީހުން ވަނީ އިޒްރޭލް ސިފައިން ގަޔަށް ގާ އުކައިފަ އެވެ. އަނެއް ބަޔަކު ވަނީ ފެންސް ހަލާކު ކޮށްލަން މަސައްކަތް ކޮށްފަ އެވެ. އަދި ބައެއް މީހުން ވަނީ ޓަޔަރު އަންދައިފަ އެވެ. އެ ފެންސްގެ އަނެއް ފަރާތުގައި އިޒްރޭލުގެ ސްނައިޕަރުން ތިބީ ހަމަލާ ދޭން ތައްޔާރުވެގެންނެވެ.
އިޒްރޭލް ސިފައިން ބުނީ ގާޒާ ބޯޑަރަށް ފަލަސްތީނުގެ 35،000 މީހުން ޖަމާވެފައިވާ ކަމަށެވެ. އެމްބަސީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިޒްރޭލުން ވަނީ 1،000 ސިފައިން ނެރެފަ އެވެ.
ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރަނީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ފަލަސްތީނުން އެ ދުވަސް ފާހަގަ ކުރަނީ ހަލާކުގެ ދުވަހުގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރައިދޫ
15 May 2018
ހަމަ ލޭ ކެކޭ އިނގޭތޯ. މީގެ ބަދަލު ވަރަށް ހިތި ވާނެ އިރާދަ ކުރެއްވިއްޔާ
ދުއާ
15 May 2018
ޔާ ﷲ އިޒްރާއީލް ބަލިކަށިކުރައްވާންދޭވެ.
އަލީ ނަސްރު
15 May 2018
ތިހެން ނުބުނޭ! އެކަލާނގެ ނަސްރު ދެއްވާނެ ކޮންމެވެސް އެއްބަޔަކައް!
އަހުމަދުބެ
14 May 2018
އެމެރިކާ ރައްޔިތުން ގެ ވޯޓް ނުލިބި އެމެރިކާގެ ވެރިކަން ޓްރަމްޕް އަށް ހޯދާދިނީ އިޒްރޭލް އަޑީގަ އޮވެގެންނެވެ. އިޒްރޭލުން ޓްރަމްޕް އަށް ކެމްޕޭންގަ ކޮށްދިންކަންކަމުގެ ބަދަލުއެދިނިއެވެ. ޓްރަމްޕް ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ.