ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން. --ފޮޓޯ:އޭޕީ
17 މެއި 2018 - 15:00
އަންކަރާ (މެއި 17) - ގާޒާގައި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ 60 މީހުން ޝަހީދުކޮށްލި އިރު ވެސް އދ. އިން ބަހެއް ބުނަން ނުކެރުމަކީ އެ ޖަމާއަތް ފެއިލްވުން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީގެ ވެރިރަށް އަންކަރާގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ އދ.ގެ ކަންތައް ނިމިއްޖެ ކަމަށެވެ. ސަބަބަކީ އިޒްރޭލް ކުށްވެރިކޮށްލުމުގެ ހިތްވަރު ނެތުމުންނެވެ.
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމާ ދެކޮޅަށް އިހްތިޖާޖް ކުރި މީހުން ގަޔަށް މިދިޔަ ހޯމަ ދުވަހު އިޒްރޭލް ސިފައިން ބަޑިޖަހާ 60 މީހުން ޝަހީދުކޮށްލާ އަދި 2،700 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލައިފަ އެވެ.
އުރުދުޣާން ވިދާޅުވީ ޒަޚަމްވާ މީހުން ގިނަވެގެން ގާޒާގެ ހޮސްޕިޓަލްތަކަށް ފަރުވާ ދޭން ދަތިވާ ނަމަ އެ މީހުން ތުރުކީ އަށް ގެނެސްގެން ފަރުވާ ދޭނެ ކަމަށެވެ.
ގާޒާގައި ފަލަސްތީން މީހުންނާ ދެކޮޅަށް އިޒްރޭލުން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކުރަމުންދާ މައްސަލާގައި ބޭއްވި އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އިޒްރޭލް ކުށްވެރިކޮށް ކުވޭތުން ހުށަހަޅަން އުޅުނު ގަރާރަށް އެމެރިކާ އިން ވަނީ ހުރަސް އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
18 May 2018
އިޒްރޭލު ހުޓުވާނަން!
ވާނުވާ
18 May 2018
އުރުދުޣާން ގެ ވެރިކަން ދަމަހަށްޓަވާ، އިސްލާމްދީނަށް ނަސްރުލިބުމުގައި މިފަދަލީޑަރުންގެ ކެރުންތެެރިކަން އިތުރުކުރަށްވާންދޭވެ. އަދި މުސްލިމުންނަށް ކާމިޔާބު ދެއްވާ، ޔަހޫދީންނަށް ނިކަމެތިކަން އިތުރުކުރަށްވާ އެބައިމީހުންގެ ލަޝްކަރުގެ ނަދަހިކަން ބަލިކުރަށްވާ މެތިކުރަށްވާންދޭވެ.
ލަކުޑި ހަމީދު
18 May 2018
އިޒްރޭލަކާ ނުކުޅެވޭނެ! ކޮން ފަލަސްތީނެއް!
ޝޮކްތެރަޕީ
18 May 2018
މިނުން ލީޓަރެއް ނެތީތަ މުސްލިމްގައުމުތަކުގާ.
ތުއްތުނާ
17 May 2018
މިއީ ކެރޭ މުސްލިމު ލީޑަރެއް..........