25 ޖުލައި 2016 - 13:25
ބެއިޖިން (ޖުލައި 25) - ޗައިނާގެ ވެރިރަށް ބެއިޖިންގެ ވަލު ޖަނަވާރުންގެ ޕާކެއްގައި ދުއްވާފައި ދިޔަ ކާރަކުން ފޭބި ދެ އަންހެނުންގެ ތެރޭން އެކަކު މިނިކާވަގެއް އައިސް ކާލައިފި އެވެ.
ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި އަންހެން މީހާ ކާރުގެ ކަނާތް ފަރާތުން ފޭބުމަށް ފަހު އަނެއް ފަރާތު ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުއްޓާ ކުއްލި އަކަށް މިނިކާ ވަގު އައިސް އެ އަންހެން މީހާ ދަމާފައި ގެންދެ އެވެ. އެހެން މިނިކާވަގެއް އައިސް ކާލީ އެ މީހާ ސަލާމަތް ކުރަން ކާރުން ފައިބައިގެން ދިޔަ ދެ ވަނަ އަންހެން މީހާ އެވެ. ފުރަތަމަ މީހާ ގެންދިއުމާ އެކު ކާރުގައި އިން ފިރިހެނަކު ވެސް އެ އަންހެން މީހާ ސަލާމަތް ކުރުމަށް ދުވެފައި ދިޔަ އެވެ. ނަމަވެސް އެ މީހާއަކަށް އަނިޔާއެއް ނުވެ އެވެ. ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި ޕާކު ބަލަހައްޓާ މީހުން ވެސް ވެހިކަލެއްގައި އެ ތަނަށް ދިޔަ އެވެ. އެކަމަކު އެ އަންހެން މީހާ ސަލާމަތް ކުރެވޭ ގޮތެއް ނުވި އެވެ.
އަންހެން މީހާ ކާރުން ފޭބި ތަނުން މިނިކާވަގު އައިސް ހިފައިގަންނަނީ. --ފޮޓޯ:ޗައިނާނިއުސް
ޔަންގިން ޑިސްޓްރިކްޓުގެ ސަރުކާރުން ބުނީ ސަލާމަތްވި އަންހެން މީހާ އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ބެއިޖިންގެ ބަދަލިން ވައިލްޑްލައިފް ވޯލްޑަށް ޒިޔާރަތް ކުރާ މީހުން އަމިއްލަ ވެހިކަލުގައި ވެސް އެ ޕާކުގައި ދުއްވުމުގެ ހުއްދަ އޮވެ އެވެ. އެކަމަކު ވަލު ޖަނަވާރު އުޅޭ ސަރަހައްދުތަކުގައި ކާރުން ފޭބުމަކީ މަނާ ކަމެކެވެ.
މި ހާދިސާއާ ގުޅިގެން ޕާކުގެ އޮފިޝަލުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެ މީހުން ބުނީ ޕާކު ބަންދުކުރީ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަބާ
27 July 2016
މޮޅަށް ދެނެވޮޑިގެން ވަނީ ހަމަ އެކަނި މާތްﷲ!! ކާފަރުންނަށް ނަރަކަ ނޫން އެހެން ތަނެއް ދުވަހަކުވެސް ނުވޭ!! ނަމަވެސް މުސްލިމުންނަށް، އެބައި މީހުން ކޮށްފައިވާ ނުބައި އަމަލުތަކުގެ ޢަޒާބު ލިބުމަށްފަހު ސުވަރުގެއަށް ދެވޭނެ!! ކާފަރުން ނަށް ހުރީ ހަމައެކަނި"ނަރަކަ"!!!
ޔަގީން
25 July 2016
ހަމަ ކާލިކަން ޔަގީން؟
މެންޓަލިސްޓް
25 July 2016
ސުވާލަކީ ދީނީގޮތުން ކޮންކަހަލަ މަރަކަށްހޭ ތިޔަކަންވާނީ ، ޝަހީދުމަރަކަށްތޯ ވާނީ ؟
މިނިކާވަގު
25 July 2016
އަޅުގަނޑަށް ބޮޑައް ޤަބޫލުކުރެވެނީ އެވާނީ އަމިއްލައަށް މަރުވުން ކަމުގަ...ސަބަބަކީ މީގައިވެސް ބުނެފަ އެބައޮތް "ވަލު ޖަނަވާރު އުޅޭ ސަރަހައްދުތަކުގައި ކާރުން ފޭބުމަކީ މަނާ ކަމެކެވެ." އެހެންވީމަ އޭނަ އެކުރީ މަނާކަމެއް..އެކަމުގެ ސަބަބުން މަރުވީ.
ރަދުން
25 July 2016
އަޅުގަޑުމެން ގެ މުޅި އުމުރު މި ހޭދަވަނީ ޝިބްހުލް ޢަމްދު ގެ ތެރޭގަ ވެރިންނަނަށް ލިބުނީ ހުސް ޤަތްލުލް ޚަޠައު ފާޑުގެ މީހުން މި ތަނުގަ މިވީ ކޮންކަހަލަ މަރެއްކަމެއް ނޭންގެ
ކިންގް
25 July 2016
ޝަހީދު ވާނީ މުސްލިމުން.
މުފުތީ
25 July 2016
ވަﷲ އައުލަމް
އާޕުސް
25 July 2016
ސިރުކުގެ އހުލުވެރި އެއްނަމަ ކާރުގަ އިންދަމަރުވިކަމުގަވިއަސް ހަގުރާމަކޮށް މަރުވިކަމުގަ ވިއަސް ސަހީދުމަރަކައްނުވާނެ. ޝަހީދު ވާނީ މުސްލިމުން ޢޭނައަކީ ސިރުކުގެ އަހުލުވެރި އެއްނަމަ ހިސާބުބެއްލެވުމެއް ނެތް. ވަﷲ އައުލަމް
ތާކިހާ
25 July 2016
ކަލޭ ދީން ދަސްކުރީމަ އެނގޭނެ ޖަވާބު. އަހަރެމެންނަށް ވަރަށް ސާފު.
އަލްމުދިޝް
26 July 2016
ކާލި އަންހެނާއީ މުސްލިމަކަށް ވާނަމަ ޝަހީދަކަށް ވާނެއެވެ. އެއީ އޭނާގަސްތަކާ ނުލާ ބޭއިޙުތިޔާރު ގައި ވެފަވާ ކަމެއް ކަމުގަ ބެލެވޭ ތީވެއެވެ.