ޕަސިންޖާ ބަހެއްގެ ސީޓް ދަށުގައި ފޮރުވާފައި ހުރި ޑްރަގު ސިފައިން ނަގަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
28 މެއި 2018 - 11:53
ޑާކާ (މެއި 28) - ޑްރަގާ ދެކޮޅަށް ބަންގްލަދޭޝް ސަރުކާރުން މި މަހު ފެށި އޮޕަރޭޝަނުގައި މިހާތަނަށް 70 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށް އަދި ބޭނުން ކުރަމުންދާ މީހުން އަތުލައިގަތުމަށް ވެރިރަށް ޑާކާގައި ވަރަށް ފުޅާކޮށް ދަނީ އޮޕަރޭޝަން ހިންގަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު އެކަނި ވެސް ވަނީ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. އަދި ޑްރަގް ވިޔަފާރި ކުރާ މީހުން އަތުލައިގަތުމަށް އެރޭ ދިން ހަމަލާތަކުގައި ވަނީ އެތައް ބަޔަކު މަރުވެފަ އެވެ.
އެކްޓިވިސްޓުން ވަނީ މިއީ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ހިންގަވާ ޑްރަގާ ދެކޮޅު ކެމްޕޭނާ އެއްވަރުގެ އޮޕަރޭޝަނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ޑުޓާޓެ ވެރިކަމަށް ވަޑައިގެން ޑްރަގާ ދެކޮޅަށް ޖުލައި 2016 ގައި ފެށި އޮޕަރޭޝަނުގައި 7،000 އަށް ވުރެ ގިނަ މީހުން ވަނީ މަރައިފަ އެވެ.
ބަންގްލަދޭޝް ފުލުހުންނާއި ރެޕިޑް އެކްޝަން ބެޓޭލިއަން (އާރުއޭބީ) އިން ބުނީ ޑްރަގާ ދެކޮޅު އޮޕަރޭޝަނުގައި އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ޑްރަގު ބޭނުންކުރާ ގިނަ އަދަދެއްގެ ބަޔަކު ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އާރުއޭބީ ސިފައިންނާ ކުރިމަތިލާ ޑްރަގު ގޭންގުތަކަށް ވަނީ ހަމަލާދީފަ އެވެ.
ޑްރަގާ ދެކޮޅު ކެމްޕޭން އިއުލާން ކުރެއްވީ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އެވެ. އެކަމަކު އެ ކެމްޕޭނަށް ދަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމާއަތްތަކުން ފާޑު ކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު
29 May 2018
ތިޔާ އުމަރުނަސީރު ހުއްޓާ ރިޝްވާން ގެއްލުނީ ކޮބާ ޖަމަލު ފޮޑިއަށްވެސްނުވި
އަލިހަންޑޯ ޓޮލޭޑޯ
29 May 2018
ރާއްޖޭގައި މިކަންކުރަންކެރޭނެ މީހަކަށް އަދި ފެންނަންހުރީ ޢުމަރު ނަސީރު.
ޗިކުސް
28 May 2018
ތި ކަހަލަ ހަރުކަށި ކެންޕެއިނެއް މުޅި ރާއްޖެއަށް ހިންގުން ވ.ރަގަޅުކަމަށް ފެނޭ.
1234
28 May 2018
ރާއްޖޭގަ ތިކަން ފަށައިފިއްޔާ ނިކަން ގިނަ “ބޮޑުން” ފަޅާއަރާ ހިނގައިދާނެ. ތިކަން ވިޔަސްވާނީ އަހަރަމެންގެ އުމަރު ނަސީރު ރައިސްކަމަށް އައި ދުވަހަކުން
ބޮއްލޯ / ހުވަދު އަތޮޅު
29 May 2018
ވަރަށް ބޮޑު ތެދުފުޅެއް..
މުހައްމާ
28 May 2018
އިންސާނީ ޙައްޤޭ ކިޔާ މީހުންނަށް ޑްރަގުގެ ސަބަބުން އިންސާނީ ޙައްޤު ނެތިގެން ދަނީ ކަމެއް ނޭނގޭކަމީ އަޖާއިބެއް. މި ރާއްޖޭގައިވެސް މިފަަދަ ކަމެއް ފެންނާނީ ކޮން އިރަކުން ބާވައޭ މަގޭ ހިތަށް އަރައެވެ. ދުވަހެއް ދުވަހަކަށް މިދަނީ ހާލަތު ބަދަލުވަމުން ގޯސްވަމުންނެވެ.