ފަލަސްތީނުގެ ރައީސް އައްބާސް (މ) ހޮސްޕިޓަލުން މިއަދު ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ
28 މެއި 2018 - 16:09
ރާމުﷲ (މެއި 28) - ނިއުމޯނިއާ އަށް ހޮސްޕިޓަލުގައި އަށެއްކަ ދުވަހު ފަރުވާ ދިނުމަށް ފަހު ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަދު ދޫކޮށްލައިފި އެވެ.
ރާމުﷲ އާ ކައިރީގައިވާ ހޮސްޕިޓަލުން ނުކުމެވަޑައިގަންނަވަމުން 83 އަހަރުގެ އައްބާސް ވަނީ މާދަމާ މަސައްކަތަށް ނުކުމެވަޑައިގަންނަވާނެ ކަމަށް މީޑިއާ އަށް ވިދާޅުވެފަ އެވެ.
އިސްތިޝާރީ އަރަބް ހޮސްޕިޓަލުގައި މި މަހު 20 ވަނަ ދުވަހު އައްބާސް އެޑްމިޓްކުރީ ކަންފަތުގެ އޮޕަރޭޝަނަކަށް ފަހު ދިމާވި މައްސަލަތަކަކާ ގުޅިގެންނެވެ. އޮފިޝަލުން ފަހުން ވަނީ އައްބާސް އަށް ފަރުވާ ދެނީ ނިއުމޯނިއާ އަށް ކަމަށް ބުނެފަ އެވެ.
އައްބާސްގެ ސިއްހީ މައްސަލަތައް ދޭތެރެ ދޭތެރެއިން ދިމާވި ނަމަވެސް އޭނާ އަށް ފަހު ވެރިކަމަށް ދެން އަންނާނެ ފަރާތެއް އަދިވެސް ކަނޑައަޅައިފައެއް ނުވެ އެވެ.
ހަތަރު އަހަރުގެ ރިޔާސީ ދައުރެއްގައި އައްބާސް ވެރިކަމަށް ވަޑައިގެންނެވީ 2005 ވަނަ އަހަރު އެވެ. ނަމަވެސް އިންތިޚާބު ނުބާއްވާތީ އައްބާސް އަދިވެސް ހުންނެވީ ވެރިކަމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރިޔަމް ފަހުމީ / ސ. ހިތަދޫ
29 May 2018
ބޭބެ ކަމަކު ނުދާނެ 2005 ގައި 4 މަސްދުވަހުގެ ޖަލްސާއަކަސް އައިސް މިހާރު 12 އަހަރުވި ބޭބެ ހާލުކޮޅުވެސް ރަނގަޅެއްނޫންކަމުން އަވަހައް ބޭބެގެ ޒިންމާ އެހެންމީހަކާއި ހަވާލުކޮށްދެއްވާ