އެސްޓޯނިއާ އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު މެލްވިލީ. --ފޮޓޯ:ގެޓީ އިމޭޖަސް
30 ޖޫން 2018 - 16:56
ތާލިން (ޖޫން 30) - އެމެރިކާގެ ޔޫރަޕުގެ ބައިވެރިންނާ ގުޅޭ ގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ކޮމެންޓަކާ ގުޅިގެން ހިތްހަމަނުޖެހިގެން، އެސްޓޯނިއާ އަށް ކަނޑައަޅާފައި ހުރި އެމެރިކާ ސަފީރު އިސްތިއުފާ ދީފި އެވެ.
ސަފީރު ޖޭމްސް ޑީ މެލްވިލީ ވިދާޅުވީ ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަންއާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަތައް އޭނާ އަށް ގަބޫލް ނުކުރެވޭ ކަމަށެވެ. ޓްރަމްޕް ވަނީ ނޭޓޯގެ ގައުމުތަކުގެ ބައެއް ޚަރަދުތައް އެމެރިކާގެ ބޮލުގައި އަޅުވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ޓްރަމްޕް ވަނީ އީޔޫގެ ބައެއް އިންޑަސްޓްރީތަކަށް ޓެކްސް ބޮޑު ކުރައްވައިފަ އެވެ.
އެސްޓޯނިއާ ސަފީރުގެ މަގާމަށް މެލްވިލީ 2015 ވަނަ އަހަރު ހަމަޖެއްސީ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގަ އެވެ.
ޓްރަމްޕުގެ ބަސް މަގު ހުންނަ ގޮތުން މީގެ ކުރިން ވެސް ބައެއް އެހެން ސަފީރުން ވަނީ އިސްތިއުފާ ދީފަ އެވެ. ޕެނަމާ އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު ޖޯން ފީލޭ ޖެނުއަރީ މަހު އިސްތިއުފާ ދިނީ ޓްރަމްޕުގެ ސަރުކާރުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy