ހޮހަޅައިގެ ކައިރީގައި ރެސްކިއު ޓީމުތަކުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އީޕީއޭ
02 ޖުލައި 2018 - 12:52
ބެންކޮކް (ޖުލައި 2) - ތައިލެންޑުގެ ހޮހަޅައިގައި ތާށިވި ކުދިން ތިބި ކަމަށް ލަފާ ކުރެވޭ ސަރަހައްދާ ޑައިވަރިން ކައިރިވަމުންދާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ރެސްކިއު ޓީމުތަކުން ބުނީ ޑައިވަރުން މިހާރު ވަނީ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ތިބޭނެ ކަމަށް ލަފާކުރެވޭ ތަނާ ގާތްގަނޑަކަށް އެއް ކިލޯ މީޓަރު (މައި މޭލު) ކައިރީގައި ކަމަށެވެ. ތައިލެންޑުގެ ޗިއަން ރައި ޕްރޮވިންސްގެ ތަމް ލުއާން ހޮހަޅަ އަށް އުމުރުން 11-16 އަހަރުގެ ކުދިން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ވަތް ފަހުން އެ ކުދިންނާއި ކޯޗުގެ ޚަބަރެއް ނުވެ އެވެ.
ހޮހަޅައިގެ ތެރޭގައި ފެންގަނޑު އަޑިވި ނަމަވެސް ޑައިވަރުންގެ ޓީމަށް ދަތުރު ކުރެވޭ ސްޕީޑް ލަހެވެ. އެއީ ހޮހަޅަތެރެ އަނދިރިވުމާއި ފެންބޮޑުވުމެވެ. ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވީ ޑައިވަރުންގެ ޓީމަށް އަށް ގަޑިއިރު ތެރޭ ދަތުރު ކުރެވުނީ 600 މީޓަރަށް ކަމަށެވެ.
ހޮހަޅަ އަށް ގެއްލުނު ބައެއް ކުދިންނާއި އެ ކުދިންގެ ކޯޗު ފޮޓޯއަކަށް ހުއްޓިގެން.
ތައި ނޭވީ ސީލްގެ ކޮމާންޑަރު ރިއާ އެޑްމިރަލް އަޕަކޯން ޔޫކޮންކައެ ވިދާޅުވީ ޑައިވަރުން މިހާރު ވަނީ ހޮހަޅައިގެ ޗެމްބަރު ތިނަކާ ހަމައަށް ފޯރާފައި ކަމަށެވެ. ހޮހަޅައިގެ މަތިން އެހެން ދިމާލަކުން އަޑިއަށް ފޭބޭތޯ ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
ކުދިން ހޯދުމުގައި ދަނީ ހާހަކަށް ވުރެ ގިނަ ޑައިވަރުން ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި ހޮހަޅަތަކަށް ފީނުމުގެ ބޭރުގެ ތަޖްރިބާކާރުން ވެސް ހިމެނެ އެވެ. އަދި ހޮހަޅައިގެ ތެރޭގައި ބޮޑުވެފައިވާ ފެންގަނޑު ޕަންޕް ޖަހައިގެން ދަނީ ގަޑިއަކު 10،000 ލިޓަރު ހިއްކަމުންނެވެ.
މިއަންމާ އާއި ލާއޯސްގެ ބޯޑަރާ ކައިރީގައިވާ ތަމް ލުއާން ހޮހަޅައިގެ ދިގު މިނުގައި 10 ކިލޯ މީޓަރު (ހަ މޭލު) ހުރެ އެވެ. އެއީ ތައިލެންޑުގެ އެންމެ ދިގު އެއް ހޮހަޅަ އެވެ. ޖުލައި އިން ނޮވެމްބަރަށް ތައިލެންޑަށް ވިއްސާރަ މޫސުމަށް ވާތީ އެ ހޮހަޅަ އަށް ނުވަނުމަށް ހޮހަޅައިގެ މައި އެންޓްރެންސްގައި ނޯޓިސް ވެސް ޖަހައިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައުރީޕް ކުރަން
03 July 2018
ތައިލޭންޑު އާރމްޑް ފޯސަސްގެ ހުސިޔާރުކަމަށް ތައުރީޕް ކުރަން!
ފަޔަރ ފައިޓަރ
02 July 2018
ގަޑިއަކު 10،000 ލީޓަރަކީ ޔަގީނުންވެސް އޮޅުމެއް! ނިކަން ހިސާބުޖައްސަވާ އެއްމެ އާދައިގެ ރެސްކިޔު ޕަމްޕެއްގެ ޑިސްޗަޖަކީ 240 ގެލަން ގުނަކުރަން .44.44 ލީޓަރު ގަޑިއަކު =10،665 ލީޓަރު އެއްމެ ޕަމްޕަކުން އެއްގަޑިއިރު. ވެދާނެ އެއްމިލިއަން ލީޓަރަށް.
1ދުވަސް
02 July 2018
ގަޑިޔަކު ކަޅުހަމުގެ 2 ތާނގީ ؟؟؟؟؟؟
ތުނިޔަ
02 July 2018
އަވަހަށް ފެންނާނެ ކަމަށް އުއްމީދުކުރަން! ވަރަށް ހިތްދަތިވާ ޚަބަރެއްމިއީ.