ހޮހަޅަ އަށް ގެއްލުނު ބައެއް ކުދިންނާއި އެ ކުދިންގެ ކޯޗު ފޮޓޯއަކަށް ހުއްޓިގެން.
02 ޖުލައި 2018 - 21:08
ބެންކޮކް (ޖުލައި 2) - ތައިލެންޑުގެ ހޮހަޅައެއްގެ ތެރެއަށް ވަން ފަހުން ވީނުވީއެއް ނޭނގި ގެއްލުނު 12 ކުދިންނާއި އެ ކުދިންގެ ކޯޗު ދިރި ތިއްބާ ހޮހަޅަ ތެރެއިން ފެނިއްޖެ ކަމަށް ސަރަހައްދީ ގަވަރުނަރު ވިދާޅުވެއްޖެ އެވެ.
ޗިއަން ރައި ޕްރޮވިންސްގެ ތަމް ލުއާން ހޮހަޅަ އަށް ވަން ކުދިން ނުވަ ދުވަސް ފަހުން ދިރި ތިއްބާ ފެނިފައި މި ވަނީ އެ ކުދިން ހޯދަން ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުން ދަނިކޮށެވެ. ޕްރޮވިންސްގެ ގަވަރުނަރު ނަރޮންގްސަކް އޮސޮޓަނަކޯން ވިދާޅުވީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ހޮހަޅަ އަށް ވަން ފަހުން ވާރޭވެހި އެ ހޮހަޅައިގެ ތެރޭގައި ފެންބޮޑުވުމުން ވީނުވީއެއް ނޭނގުނު 13 މީހުން ހޯދާފައި ވަނީ ނޭވީ ސްޕެޝަލް ފޯހުން ކަމަށެވެ. ގަވަރުނަރު ވިދާޅުވީ މިހާރު ކުރަމުން ދަނީ އުމުރުން 11-16 އަހަރާ ދެމެދުގެ ކުދިންނާއި 25 އަހަރުގެ ކޯޗު ސަލާމަތުން ހޮހަޅައިން ނެރުމުގެ މަސައްކަތް ކަމަށެވެ.
ގަވަރުނަރު އޮސޮޓަނަކޯން ވިދާޅުވީ ކުދިން ފެނުނު ނަމަވެސް އޮޕަރޭޝަން އަދި ނުނިމޭ ކަމަށެވެ.
ތަމް ލުއާން ހޮހަޅައިގެ ތެރެއަށް ފީނާ ޑައިވަރުންގެ އޮކްސިޖަން ޓޭންކްތައް ތައްޔާރުކޮށްފައި. --ފޮޓޯ:އޭއެފްޕީ
"އަޅުގަނޑުމެންގެ މިޝަނަކީ ކުދިން ހޯދާ ސަލާމަތްކޮށް އަނބުރާ ފޮނުވައިދިނުން. މިހާތަނަށް އަދި ކިރިޔާ އެ ކުދިން މި ހޯދުނީ. ދެން އޮތީ އެ ކުދިން ހޮހަޅައިން ސަލާމަތުން ނެރެ، ގެއަށް ފޮނުވައި ދިނުން،" ހޮހަޅަ ކައިރީގައި ގާއިމްކޮށްފައިވާ ކޮމާންޑް ސެންޓަރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮސޮޓަނަކޯން ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ކުދިން ފެނުނު ނަމަވެސް ހޮހަޅައިން ފެންގަނޑު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޑައިވް ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމެއް ޑައިވަރުންނާ އެކު އެ ކުދިން ތިބި ހިސާބަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިޝަނަކީ ކުދިން ހޯދާ ސަލާމަތްކޮށް އަނބުރާ ފޮނުވައިދިނުން. މިހާތަނަށް އަދި ކިރިޔާ އެ ކުދިން މި ހޯދުނީ. ދެން އޮތީ އެ ކުދިން ހޮހަޅައިން ސަލާމަތުން ނެރެ، ގެއަށް ފޮނުވައި ދިނުން،" ޕްރޮވިންސްގެ ގަވަރުނަރު
"އެ ކުދިންނާއި ކޯޗުގެ ސިއްހަތު ޑޮކްޓަރުން ޗެކް ކުރުމަށް ފަހު، އެ މީހުންގެ ޖިސްމާނީ ހާލަތު ރަނގަޅު ކަމަށް ޑޮކްޓަރުން ބުނެފި ނަމަ ދެން ކުރާނީ އެ ކުދިން ހޮހަޅައިން ނެރުމުގެ މަސައްކަތް،" އޮސޮޓަނަކޯން ވިދާޅުވި އެވެ. "އެ ކުދިން ސްކޫލަށް އަލުން ދަންދެން އަޅުގަނޑުމެން އެ ކުދިން ބަލަހައްޓާނަން."
ކުދިން ހޯދުން ލަސްވެފައި ވަނީ ހޮހަޅައިގެ ތެރޭގައި ފެންބޮޑުވުމާއި ކިސަޑު ގިނަވުމުން އޮޕަރޭޝަން ކުރިއަށް ގެންދަން ދަތިވުމުންނެވެ. ކުދިން ހޯދުމުގެ އޮޕަރޭޝަނުގައި ބައިނަލްއަގުވާމީ ތަޖްރިބާކާރުންނާ އެކު ހާހެއްހާ ޑައިވަރުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ހޮހަޅައިން ފެން ހިއްކުމުގެ ގޮތުން ޕަންޕު ޖަހައިގެން ދިޔައީ ގަޑިއަކު 10،000 ލިޓަރުގެ ފެން ބޭރު ކުރަމުންނެވެ.
ތަމް ލުއާން ކޯރުން ފެން ހިއްކުމުން ތައިލެންޑް ސިފައިން ޕަމްޕް ހަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ހޮހަޅަ އަށް ގެއްލުނު 12 ކުދިން ނިސްބަތް ވަނީ މޫ ޕާ ނުވަތަ ވައިލް ބޯ ފުޓުބޯޅަ ޓީމަށެވެ. އެ ކުދިން ޖޫން 23 ވަނަ ދުވަހު ކޯޗާ އެކު ހޮހަޅަ އަށް ވަދެފައި ވަނީ ފުޓުބޯޅަ ޕްރެކްޓިސް ނިންމާލުމަށް ފަހު އެވެ. ކޯޗާ އެކު އެ ކުދިން މީގެ ކުރިން ވެސް އެ ހޮހަޅަ އަށް ވަދެ އުޅެ އެވެ. ޓީމުގެ ހެޑް ކޯޗު އެ ކުދިންނާ އެކު އެ ދުވަހު ނުދެ އެވެ.
ކުދިން ގެއްލުނުކަން އެނގުނީ އެ ކުދިންގެ ބައިސްކަލްތަކާއި އެހެން ބައެއް ސާމާނު ހޮހަޅައިގެ އެންޓްރެންސްގައި ހުރި ތަން ޕާކް އޮފިސަރަކަށް ފެނިގެން އޭނާ ރިޕޯޓް ކުރުމުންނެވެ.
މިއަންމާ އާއި ލާއޯސްގެ ބޯޑަރާ ކައިރީގައިވާ ތަމް ލުއާން ހޮހަޅައިގެ ދިގު މިނުގައި 10 ކިލޯ މީޓަރު (ހަ މޭލު) ހުރެ އެވެ. އެއީ ތައިލެންޑުގެ އެންމެ ދިގު އެއް ހޮހަޅަ އެވެ. ޖުލައި އިން ނޮވެމްބަރަށް ތައިލެންޑަށް ވިއްސާރަ މޫސުމަށް ވާތީ އެ ހޮހަޅަ އަށް ނުވަނުމަށް ހޮހަޅައިގެ މައި އެންޓްރެންސްގައި ނޯޓިސް ވެސް ޖަހައިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ކިޔާ މީހާ
03 July 2018
އެކުދިން ހޯދަން އުޅުނު ޓީމަތް ހަމަ އައްސަރި ބަހާއި ސާބަސް... އެކަމަކު އެމީހުން ފެނުނުގޮތް ހަބަރުގަ ނެތީމަ އެހާ ހަބަރު ފުރިހަމައެއް ނޫން...
ރާއްޖެ
03 July 2018
"ހޯދަން" އުޅުނު ނަމަ މިއޮއްފަދަ ޒަމާނުގަ އެމްއެޗް 370 ވެސް ފެންނާނެ.
އަޅާ
03 July 2018
ހަމްދު ހުރީ ގަދަ ކީރިތިވަންތަ މާތް ﷲ އަށް.
ތައުރީޕް ކުރަން
03 July 2018
ތައިލޭންޑު އާރމްޑް ފޯސަސްގެ ހުސިޔާރުކަމަށް ތައުރީޕް ކުރަން!
ދޮން ބަބުރު ސޮރު
03 July 2018
ތައިލޭންޑުގެ ހަތިޔާރު އެޅި ލަޝްކަރުގެ ހުޝިޔާރުކަމަށް ތައުރީޕް ކުރަން!
ރީޕް
03 July 2018
ބައިވަރު ގައުމުތަކުގެ ޓީމުތައް އެތަނަށް ގޮސްތިބީ. ގާތަގަނޑަކަށް 35 ގައުމަކުން ބައިވެރިވި މި އޮޕަރޭޝަނުގަ.
ސެންޑީ
03 July 2018
ޑައިވަރުން ބޭނުންކުރަނީ އޮކްސިޖަން ތަ؟ ނޫނީ އެއާރތަ؟ އެނގޭ މީހަކު ބުނެދީބަލަ؟ ފޮޓޯ ކެޕްޝަންގަ އިނީ އޮކްސިޖަނޭ!!
ރަފީ
03 July 2018
ޑައިވްކުރާނީ އޮކްސިޖަން އަޅައިގެން.
ފަލަޑޭޑޭ
03 July 2018
ގިނަފަހަރަށް އާއްމުކޮށް ބޭނުން ކުރަނީ ޑީހިއުމިޑިފައިޑް އެއަރް. ގިނަ އިރަށް ނޫނީ އާދަޔާ ހިލާފަށް އަޑިޔަށް ޑައިވް ކުރަން ޖެހިއްޖެއްޔާ ޕްރޮފެޝަނަލް ޑައިވަރުން ގެންގުޅެނީ މިކްސް ތަކެއް. އެކި ގޭސް ތަކުގެ މިކްސް ބޭނުން ކުރޭ. މިސާލަކަށް އޮކްސިޖަން އާ ނައިޓްރޮޖަން އާ ހީލިއަމް.
Ahmed Shamil
03 July 2018
ކޮމްޕްރެސްޑް އެއަރ. 100% އޮކްސިޖަން ނޫން. މާނައަކީ ހަމަ ޖައްވުގަ މިހުންނަ ވައޭ.
ޑައިވަރު
03 July 2018
އެއާ އަކީ ކޯންޗެއް. ޑައިވަރުން ބޭނުން ކުރާނީ އޮކްސިޖަން. ތި ދެން އަހާކަހަލަ ސުވާލެއް ވެސް ނޫނެއް ނޫން.
ޑައިވްމާސްޓަރ
03 July 2018
އާންމުކޮށް ކުރާ ޑައިވްތަކުގަ ބޭނުންކުރާ ފުޅިތަކުގަ ހުންނާނީ %79 ނައިޓްރީގަން %21 އޮކްސީޖެން
ކައުންސެލަރު
03 July 2018
ރަނގަޅު އުފާވެރިކަންހުރި ޚަބަރެއް! އެކަމް އަޅައިގަތް ތަންކޮޅަކީ ސަލާމަތީ ބާރަކުން ޕަންޕު ޖަހައިގެން 13 މީހުން ހޯދަން ކުރިމަސައްކަތުގައި ގަޑިއަކު މިހިއްކެނީ 10000 ލީޓަރުގެފެން.!؟ މާލޭގައި އިމާރާތްކުރާމީހުންވެސް 4 އިންޗީގެ ހޮޅިއަކުން ގަޑިއަކު 20000 ލީޓަރުގެ ފެނަށްވުރެ ގިނަފެން ބޭރުކުރާނެކަމަށް ބެލެވޭ. އެހެންވީމަ ލިޔުމުގަ ވަނީ ޞައްޙަ ރަނގަޅު މަޢުލޫމާތުނަމަ ތިޔަތަނުގެ ސަލާމަތީބާރުތަކުގެ ގާބިލުކަން ދެނެގަންނަ އެސެސްމަންޓެއް ހަދަންޖެހޭ..
ޗެލްސީ
02 July 2018
ﷲ އަކުބަރު.. ވަޤުތުޖެހުނީމަ ގެންދަވާނީ.
ސިންތިލީ ވޫމް
02 July 2018
ހުރިހާ ކުދިން ސަލާމަތުން ފެނުނީ ތީ އުފާކުރަން
ޝިޔާމް
02 July 2018
ﷲ އަކުބަރު
ޕެޕޭ
02 July 2018
އުފާވެރި ޚަބަރެއް.