ގާޒާ އަށް އެހީ ހިފައިގެންދާ ދަތުރުކުރާ ބޯޓުތައް އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ހިފަހައްޓާފައި.
30 ޖުލައި 2018 - 23:33
ގާޒާ (ޖުލައި 30) - ގާޒާގެ ރައްޔިތުންނަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ބޯޓެއް އިޒްރޭލް ސިފައިން ކަނޑު މަތިން ހުއްޓުވައިފި އެވެ.
އެހީގެ ބޯޓު ގާޒާ އަށް އިއްޔެ ބަނދަރު ކުރަން ހަމަޖެހުނު ނަމަވެސް އިޒްރޭލުގެ ކަނޑުގެ ސިފައިން ވަނީ އެ ބޯޓު އެ ގައުމުގެ އަޝްދޮދް ބަނދަރަށް ގެންގޮސްފަ އެވެ. ބޯޓު އެހީ ހިފައިގެން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފުރީ އިޓަލީގެ ބަނދަރަކުންނެވެ.
ގާޒާ އަށް އެއްގަމު މަގުން މުދާ ގެންދެވޭ މަގު އިޒްރޭލް ސިފައިން މި މަހު ކުރީކޮޅު ވަނީ ބަންދުކޮށްފަ އެވެ. އަދި ގާޒާގެ 4،000 މަސްވެރިން ވަނީ ހަ މޭލަށް ވުރެ ބޭރަށް މަހަށް ނުކުމެ އުޅުން އިޒްރޭލުން މަނާކޮށްފަ އެވެ.
ގާޒާގެ ރައްޔިތުންނަށް އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ދަތިކުރަމުންދާތީ ގާޒާގެ ރައްޔިތުން ދާދި ފަހުން ވަނީ އިޒްރޭލާ ދެކޮޅަށް ބޮޑު އިހްތިޖާޖެއް ފަށައިފަ އެވެ.
އިޒްރޭލުން މީގެ ކުރިން ވެސް ވަނީ ގާޒާ އަށް އެހީ ހިފައިގެން ދިޔަ ބޯޓުތައް ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
31 July 2018
ފަލަސްތީނު ގާޒާ، މިވަރުން އަމުރުކުރާނެ ކާލެމެނަށް ނެވާލެވެނީ އިޒްރޭލުގެ ހުދަޔާ އެކުގައެވެ، ބައިނަލަގްވާމީ މުޖުތަމައުއިން މިދުވަސް އަނަންދެން ތިބޭނީތޯ، އިޒްރެލުން ބައިނަލަގްވާމީ ގަނޫނު ތަކާ ހިލާފަށް ކުރާ ކަންތައް ގާނޫނު އަރާ ހަމަކުރާނެ ދުވަހެއް އެބަޖެހޭ އަންނަ.