އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ހަމާސްގެ 30 އަހަރުގެ މީހެއްގެ ޖަނާޒާ ބާއްވަނީ. --ފޮޓޯ:އޭއެފްޕީ
09 އޯގަސްޓް 2018 - 15:54
ގާޒާ (އޮގަސްޓް 9) - ގާޒާ އަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ މާބަނޑު އަންހެނަކާއި އޭނާގެ 18 މަހުގެ ކުޑަ ދަރިފުޅު ޝަހީދުކޮށްލައިފި އެވެ.
ގާޒާ އަށް ދިން ހަމަލާގައި އުމުރުން 23 އަހަރުގެ އަންހެން މީހާ ޝަހީދުވީ އޭނާގެ ގޭގައި އޮއްވަ އެވެ. އަންހެން މީހާ އޮތް ކޮޓަރީގެ އެކި ދިމަދިމާގައި ލޭ ހުރި މަންޒަރުގެ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ. އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ވަނީ ހަމާސްގެ 30 އަހަރުގެ ޒުވާނަކު ވެސް ޝަހީދުކޮށްލައިފަ އެވެ.
އިޒްރޭލުން ވަނީ ގާޒާ އަށް 140 އަށް ވުރެ ގިނަ ހަމަލާ ދީފަ އެވެ. އިޒްރޭލުގެ އޮފިޝަލުން ބުނެފައި ވަނީ ގާޒާ ބޯޑަރުން އާއްމުން ދުރަށް ޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިޒްރޭލުގެ އަސްކަރިއްޔާ އިން އިންޒާރު ކުރި ގޮތުގައި ހަމާސްގެ ހަމަލާތައް ނުހުއްޓާ ނަމަ އިތުރު ހަމަލާ ދޭނެ އެވެ.
ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓް މެންބަރެއް ކަމަށްވާ ޔުވާލް ސްޓެއިނިޒް ވިދާޅުވީ ހަމާސްއާ އެކު ހަނގުރާމައެއް ފަށަން ބޭނުން ނުވި ނަމަވެސް ހަމާސްގެ އަމަލުތައް ހުންނަ ގޮތަށް އެފަދަ ކަމެއް ވެދާނެ ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ހަމާސްގެ ތަރުޖަމާން އަބްދުލް ލަތީފް ކާނޫ ވިދާޅުވީ އިޒްރޭލުގެ އުދުވާނަށް ރައްދު ދިނުމަކީ ފަލަސްތީނަށް އޮތް ވާޖިބެއް ކަމަށެވެ.
ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި 12 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނަ
09 August 2018
ކޮބާ ލައިވް އަޕްޑޭޓްސް؟
ރާސިދު
09 August 2018
އިޒްރޭލަށްހަލާކުހުރި
ރަދީފް
09 August 2018
ކޮބައިތަ މުސްލިމުންގެ ބައްޕަގެ ލޭބަލް ޖަހައިގެން އޮތް ސައުދީ.އަދިވެސް ތިބޭ ކެނެޑާއާއި އެކިކަހަލަ މައްސަލަތަކުގެތެރެއަށް ވަދެފަ. ލަދުކޮބާ މުސްލިމު ގައުމުތަކުގެ.
ސައުދީ އަމީރު
09 August 2018
ކަލޭމެން ރާއްޖޭ މީހުންނަށްވެސް ތިހެންވީރު ލަދުހުރި