މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު. --ފޮޓޯ:އޭއެފްޕީ
19 ސެޕްޓެމްބަރ 2018 - 15:20
ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 19) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ 628 މިލިއަން ޑޮލަރުގެ ކޮރަޕްޝަނުގެ މައްސަލާގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު މިއަދު ހައްޔަރު ކުރުމަށް ފަހު ދައުވާކުރަން ނިންމައިފި އެވެ.
މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ނަޖީބު ހައްޔަރު ކުރީ 1އެމްޑީބީ އިން ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނާ 2.6 ބިލިއަން ރިންގިޓް (628 މިލިއަން ޑޮލަރު) ގެ މައްސަލާގައި ކަމަށެވެ. އަދި މާދަމާ މެންދުރު ފަހު ނަޖީބު ކޯޓަށް ހާޒިރު ކުރާނެ ކަމަށް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފަ އެވެ.
މެއި މަހު ބޭއްވި އިންތިޚާބުން ނާކާމިޔާބުވި ނަޖީބުގެ ކޮރަޕްޝަނުގެ އެހެން މައްސަލަތަކެއް ވެސް ދަނީ ބަލަމުންނެވެ. އޭގެ ތެރޭގައި 1އެމްޑީބީގެ ޔުނިޓަކުން ޚިޔާނާތްތެރިވި 10 މިލިއަން ޑޮލަރުގެ މައްސަލައަކާއި މަނީ ލޯންޑްރިންގެ މައްސަލައެއް ހިމެނެ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ކުރިއަށްދާތީ ނަޖީބަށް މިހާރު ވަނީ ގައުމުން ބޭރަށް ނުދެވޭގޮތް ހަދައިފަ އެވެ. ނަމަވެސް އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ 2013 ގެ އިންތިޚާބުގެ ކުރިން ނަޖީބުގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މައްސަލައިގަ އެވެ.
އެ މައްސަލަ 2015 ވަނަ އަހަރު ފަޅާއެރުމުން ނަޖީބުގެ ވެރިކަމުގައި ވަނީ އެކަން ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ނިންމާފައި ވަނީ އެއީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް ދިން ހަދިޔާއެއްގެ ގޮތުގަ އެވެ.
ނަޖީބުގެ ވެރިކަން ވެއްޓުނު ފަހުނ އޭނާއާ ގުޅުން ހުރި ތަންތަނުން މެލޭޝިއާ ފުލުހުން ވަނީ 273 މިލިއަން ޑޮލަރުގެ ތަކެތި ހޯދައިފަ އެވެ. މެއި މަހު ބޭއްވި އިންތިޚާބުން ނަޖީބަށް ނާކާމިޔާބުވުމުގެ ސަބަބަކީ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުން ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިނީ
19 September 2018
ކެކެކެކެކެ ހައްޔަރު ކުރާނެ ދޫކޮށްލާނެ އަނެއް ކާ ހައްޔަރު ކުރާނެ ދޫކޮލާނެ އެބަޔަކު ބޭނުން ކަމެއް ހާސިލްވަންދެން ދެކޮޅަށް ދަމާނެ މީވަކި އަނިޔާއެއް ނޫންތަ ކުދިންނޭ އެކަމު ވަކިބަެއް ކޮށްފިއްޔާ ކޯޓް އޯކޭ ހުކުމް އޯކޭ
ކަބްޖީ243
19 September 2018
ދެރަކަމެއް ދޯ!
ބީކޭކޭ
19 September 2018
ދެން އެންމެ އަވަހައް ތިމަންޒަރު ފެންނާނީ ދިވެހިރާއްޖޭން!
ފޮނިކަލޯ
19 September 2018
ﷲ އިރާދަކުރެއްވިއްޔާ މިރާއްޖޭގައި 23 ސެޕްޓެމްބަރ 2018 އާދިއްތަ ދުވަހުނަގާ ވޯޓުގައި ގުޅިފައިވާ ޕާޓީ ތަކަށް އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އަޅުގަނޑުމެންގެ އަތުން ނުޙައްގުން މިސަރުކާރައްނެގި ފައިސާގެ ބަދަލު ފެނިގެންދާނެ ....
އާންމު މީހާ
19 September 2018
ރާއްޖޭގެ ވެސް ވެރިން އިބުރަތް ހާސިލް ކުރަންވީ މިކަހަލަ ކަންކަމުން، ރައްޔިތުން ހިއްވަރު ހޯދަންވީ މިކަހަލަ ހަބަރު ތަކުން. އަހަރު މެނަށް ވެސް ވާނެ، އުނދަގޫ ވިޔަސް ވާނެ!