ސައުދީ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު. --ފޮޓޯ:އޭއެފްޕީ
23 އޮކްޓޯބަރ 2018 - 13:04
ރިޔާޒް (އޮކްޓޯބަރު 23) - އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓް ތެރޭ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ފަދަ ހާދިސާއެއް ދެން މީގެ ފަހުން ހިނގައިގެން ނުވާނެ ކަމަށް ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.
އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރާ ޖަކާޓާގައި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވީ ނޫސްވެރިޔާގެ މަރުގެ މައްސަލަ ސައުދީން ވަރަށް ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށެވެ.
"ދެން މީގެ ފަހުން ދުވަހަކު ވެސް އެފަދަ ހާދިސާއެއް ނުހިނގާނެ ފަދަ މެކޭނިޒަމެއް ގާއިމް ކުރާނަން،" ޖުބައިރު ވިދާޅުވި އެވެ.
ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޖުބައިރު ކުރިން ވިދާޅުވެފައި ވަނީ ޚާޝުގްޖީ މަރާލީ އެކަން ކުރި ބަޔަކަށް ލިބިގެންވާ އޮތޯރިޓީން ބޭރުން ކަމަށެވެ. އަދި އެކަމުގެ ޒިންމާވާ އެންމެންނަށް ފިޔަވަޅު އަޅާާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީ ސަރުކާރުން ބުނެފައި ވަނީ ނޫސްވެރިޔާގެ މަރާ ގުޅިގެން 18 މީހުން ހައްޔަރުކޮށް ސީނިއާ ދެ މީހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ކޮންސިއުލޭޓަށް ވަދެފައި ވަނީ މި މަހު 2 ވަނަ ދުވަހު އެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެގެން އުޅެނިކޮށް އޭނާ މަރުވެފައިވާ ކަމަށް ސައުދީން ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހުމަދު މީމު
24 October 2018
ތިކަންވެސް ތިފަޅާއެރީ ތުރުކީގަ ހިނގިކަމެއްވީމަ އެއީ އަދުލުވެރި ވެރިކަމެއް ކުރާތަނެއްވީމަ
މަހްޝަރު
23 October 2018
ތީގެން ވެސް ދެރަ ލިބޭނީ ނިކަމެތި މީހާ އަށް. އެކަން ކުރުވި ބޮޑުން ހަމަ ތިބޭނީ ކުށުން ރެކިގެން.
ސަލީމު އިދުރީސް
23 October 2018
ވާހަކަޔަކީ އެފަދަ ކަމެއް ދެން ފަޅާ އަރައިގެން ނުވާނޭ
ކަރީމް
23 October 2018
÷މުހައްމަދު ބިނޤ ސަލްމާން ހައްޔަރުކުރޭ... ވަލީއްހްދް ކަން ނަގާ
ނުކެރޭނެ.
23 October 2018
އެމްބީއެސް ހިފާ ހައްޔަރު ކުރަން ކެރޭނެތަ.
ޟިތްރަތުލް މުންތަހާ
23 October 2018
އެމައުސޫމް ފަކީރު އަތާއި ފާ އަދި ނުވިތާކަށް ބޯ ބުރިކޮށް ފަ އަދި ބުނާނަން ދޯ އެކަހަލަ ކަމެއް ނުވާނެޔޭ !
ފޫހި
23 October 2018
ތިޔައީ ރާވައިގެން ކުރިކަމެއް. އަދި ގޮތްކުޑަކަމުން އެވާހަކަ އެބަދައްކައެއްނު. ދެން ކޮބާތަ އޭނާގެ ހަށިގަނޑު ކާލީތަ؟
ޔާމިން
23 October 2018
ސައުދީއިން ތަކުރާރުކުރާނެ އެކަމު އެއީ ފަޅާނާރާގޮތައް އެހެންނޫންނަމަ. ޔަމަނައް ބޮންއަޅާ ކުޑަކުދިން ނާ މުސްކުޅިން ނުމަރާނެ