ލަންކާގެ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި ރާޖަޕަކްސާ އާއި ޕާލަމެންޓް މެންބަރު ކުމާރު ވެލިގަމާ.
08 ނޮވެމްބަރ 2018 - 13:41
ކޮލަމްބޯ (ނޮވެމްބަރު 8) - ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ މައްސަލަގަނޑުގައި ދުނިޔޭގެ މަލާމާތް އަމާޒުވަމުންދާ ކަމަށް ޕާލަމެންޓުގައި ހިމެނޭ ސީނިއާ މެންބަރަކު ވިދާޅުވެއްޖެ އެވެ.
ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ ޕާޓީގެ ނުފޫޒު ގަދަ މެންބަރެއް ކަމަށްވާ ކުމާރު ވެލްގަމާ ވިދާޅުވީ ސަރުކާރުގައި ސިވިލް ސާވަންޓުން މިހާރު މަސައްކަތް ނުކުރާ ކަމަށެވެ.
"ބޮޑު ވަޒީރަކީ ކާކުކަން ބަލަން ސިވިލް ސާވަންޓުން ބޭނުންވޭ. ރައްޔިތުންނަށް ވެސް އޮޅިއްޖެ. މިއަދު އަޅުގަނޑުމެންނަކީ ދުނިޔޭގެ މަލާމާތް ލިބޭ ބައެއް. އެއް ބޮޑު ވަޒީރު މި ހުންނަވަނީ ރަސްމީ ގެކޮޅުގައި. އަނެއް ބޮޑު ވަޒީރު ރަސްމީ އޮފީހުގައި،" ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ. "މި މައްސަލަ ޕާލަމެންޓް މެދުވެރިވެގެން ހައްލު ކުރަން ބޭނުންވޭ."
ބޮޑު ވަޒީރު ކަމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުމަށް ފަހު ރާޖަޕަކްސާ އަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ބޮޑު ވަޒީރުކަން ދެއްވީ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. އޭގެ ފަހުން ރަނިލް ގެންދަވަނީ ބޮޑު ވަޒީރުގެ ގެއިން ނުކުމެވަޑައިގަތުމަށް ދެކޮޅު ހައްދަވަމުންނެވެ. ރާޖަޕަކްސާ ގެންދަވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނާ އެކު ބޮޑު ވަޒީރުގެ އޮފީހުގައި މަސައްކަތް ކުރައްވަމުންނެވެ.
ޕާލަމެންޓް ހުޅުވަން ސިރިސޭނާ މިހާރު ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު އެވެ. އޭގެ ކުރިން ގެންދަވަނީ ޕާލަމެންޓުގެ މެޖޯރިޓީ ހޯދަން މަސައްކަތް ކުރަމުންނެވެ. ކެބިނެޓުގެ 30 މިނިސްޓަރުންގެ ތެރޭން 10 ޖާގަ އަދިވެސް އޮތީ ހުސްކޮށެވެ. ލަފާ ކުރެވޭ ގޮތުގައި އެއީ ރަނިލް ޕާޓީން ޕާލަމެންޓް މެންބަރުން ގެނެސް އަޣުލަބިއްޔަތު ލިބޭތޯ ހުސްކޮށްފައިވާ ޖާގަތަކެކެވެ.
ލަންކާ ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން ރަނިލްގެ ޕާޓީގައި 103 މެންބަރުން ހިމެނޭ އިރު ރާޖަޕަކްސާ-ސިރިސޭނާ ކޯލިޝަނުގައި ހިމެނެނީ 101 މެންބަރުންނެވެ. ބާކީ ތިބި 21 މެންބަރުން ރާޖަޕަކްސާއާ ދެކޮޅު ހަދާ ކަމަށް އޮބްޒާވަރުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
10 November 2018
އަވަށްޓެރި ރާއްޖޭގަ ދަރުބާރޭމެން ހޭވި ހަޑި އެވެރިންވެސް ކޮޕީކޮށްލީ! ދެން އެގައުމުވެސް ހަމަޔަކަށް އެޅޭނީ އެންމެ އަވަހަށް އަންނަ އިންތިޚާބެއްގަ ރައްޔިތުންނުކުމެ ސަރުކާރު ބޮޑުތަނުން ބަލިކޮށްލީމަ.
ނަސީދު
08 November 2018
30 އަހަރުގެ ދާޚިލީ ހަނގުރާމައެއް ހިނގިއިރު ތިޔަމަލާމާތް ނުކޮށް މިހާރު ކުރާނެ މަލާމަަތެއް ނޯންނާނެ. ހަނގުރާމައިގެ އަނދިރިކަމުން ތަރައްގީގެ އަލިކަމަށް ގައުމުނެރެދިން ހީރޯއަށް ދޯކާދިނީމަ ނުލިބެންވާ މަލާމާތްވެސް ލިބޭނެ.
މަހަށްދޭދޭ
08 November 2018
ދުނިޔޭގެ މަލާމާތް ލަންކާ އަށް ދަނީ އަމާޒުވަމުން ކަމަށް ލަންކާގެ ޕާރލަމެންޓް މެމްބަރަކު ބުންނަސް އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ދެން އިންޑިއާ އާއި ގުޅިގެން އަނބުރަން އުޅުނު ގޭސް ގަނޑު ތަމެން އަތަށް ގޮވީއޭ ދެން ތަމެން މަހަށް ދޭބަލަ މަހަށް މަހަަށް މަހަށް މަހަށް ދޭބަލަ...
ހުތާނި
08 November 2018
ކަލޯ ޑޮންޑޮން ރަނގަޅަށް ކެއްކުނެއްނުން މިފަހަރު އިންތިޚާބުގައި.
ކަތި
08 November 2018
ކައްޗަށް އެޅި ބިންގަލެއް..
އެޔާމީނު
08 November 2018
އަމިއްލަ ޖީބަށް ބަރުކުރަން ހަދައިގެން ތިހެން ތިވަނީ. ޕަކްސަ ނުލާހިކު ރަނގަޅަށް ކުރިއަށް ގެންނަނިކޮށް އިންޑިއާ އާއި އެމެރިކާ އަޑީގައި އޮވެގެން ފަނިހެދީ.
ބަބުރަންޖީ ހާޖި
08 November 2018
މަލާމާތް އަމާޒުވާނެތާ އެއްކޮޅާ އިދިކޮޅާ ދެކޮޅު އެއްކޮށް މަސްހުނިވީމާ.