ބުޝް ވަނީ 10 އަހަރުވަންދެން ވިލަބަލާ ސްޕޮންސާ ކުރައްވާފައި. --ފޮޓޯ:ކޮމްޕޭޝަން އިންޓަނޭޝަނަލް
22 ޑިސެމްބަރ 2018 - 17:19
މެނީލާ (ޑިސެމްބަރު 22) - ދާދި ފަހުން އަވަހާރަވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ބުޝް ފިލިޕީންސް އިން ކުޑަ ކުއްޖަކު ސްޕޮންސާ ކުރައްވައިގެން ޚަރަދު ކުރެއްވިކަން ހާމަވެއްޖެ އެވެ.
ޓިމޮތީ ވިލަބަލާ ނަމަކަށް ކިޔާ ކުއްޖަކު ބުޝް ސްޕޮންސާ ކުރައްވާފައި ވަނީ އެ ކުއްޖާގެ އުމުރުން ހަތް އަހަރުގަ އެވެ. ބުޝް ވަނީ 10 އަހަރު ވަންދެން ވިލަބަލާ ސްޕޮންސާ ކުރައްވައިފަ އެވެ. ވިލަބަލާގެ އުމުރުން މިހާރު 25 އަހަރެވެ. ކައިވެންޏެއްކޮށް އަންހެން ކުއްޖަކު ވެސް ލިބިފައިވެ އެވެ.
ވިލަބަލާގެ އުމުރުން މިހާރު 25 އަހަރު.
ޓީވީ ނެޓްވޯކް އޭބީއެސް-ސީބީއެން އަށް ވިލަބަލާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކުޑަ ކުއްޖެއްގެ ގޮތުގައި ހުރި އިރު ބުޝް ސްޕޮންސާ ކުރައްވައި ފޮނުއްވި ސިޓީތަކުގެ ސަބަބުން "މިއަދު އޭނާ އަކީ ކާމިޔާބު އުފާވެރި" މީހެއް ކަމަށެވެ.
"އެތައް ބައިވަރު ކުދިންގެ ތެރެއިން އަހަރެން ހޮވީ. ބުޝް ވަނީ އަހަންނަށް ބައިވެރި ހަދިޔާ ފޮނުއްވާފައި،" ވިލަބަލާ ބުންޏެވެ.
ބުޝް ވަނީ ވިލަބަލާގެ ތައުލީމަށާއި އޭނާގެ ކެއިންބުއިމަށް ވެސް އެހީތެރިވެދީފަ އެވެ.
ވިލަބަލާ އަށް ބުޝް އެހީތެރިވެދީފައި ވަނީ ޗެރިޓީއެއް މެދުވެރިކޮށެވެ. ބުޝް އަކީ އޭނާގެ ސްޕޮންސާކަން ވިލަބަލާ އަށް އެނގުނީ އުމުރުން 17 އަހަރުގައި ޗެރިޓީ ސްކީމުން ވަކިވުމުންނެވެ.
ސްކީމުން ވަކިވުމުގެ ކުރިން ސްޕޮންސަރަކީ ކާކުކަން ވިލަބަލާ އަކަށް ނޭނގޭ. --ފޮޓޯ:ކޮމްޕޭޝަން އިންޓަނޭޝަނަލް
ވިލަބަލާ ބުނީ އޭނާގެ ސްޕޮންސަރަކީ ބުޝްކަން އެނގުމުން ހައިރާންވެ، އެކަން ގަބޫލްކުރަން ވެސް އުނދަގޫވި ކަމަށެވެ.
ވިލަބާ ބުނީ އޭނާ ކުރެހުމަށް ޝައުގުވެރިވާ ވާހަކަ ބުނިން ބުޝް ވަނީ ޕެއިންޓިން އަށް ބޭނުންވާ ތަކެތި ފޮނުވައިދީފައި ކަމަށެވެ. ވިލަބަލާ ބުނީ އޭނާ އަކީ ނަސީބު ރަނގަޅު މީހެއް ކަމަށާއި އެހެން ކުދިންނަށް އެހީވުމުގައި ވެސް ޗެރިޓީން ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ރައީސް ބުޝް ވަނީ ވިލަބަލާ އަށް ބައިވަރު ސިޓީ ފޮނުއްވައިފަ އެވެ. ބައެއް ސިޓީތކުގައި ބުޝް އަކީ ކޮންބޭފުޅެއްކަން އެނގޭ މިންވަރަށް އިޝާރާތް ކުރައްވާފައި ވެސް ވެ އެވެ. ވިލަބަލާ އަށް ބުޝް ފުރަތަމަ ސިޓީ ފޮނުއްވީ 2002 ވަނަ އަހަރު އެވެ. އެއް ސިޓީއެއްގައި ބުޝް ވަނީ އޭނާ އަކީ އުމުރުން 77 އަހަރުގެ މުސްކުޅިއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާ ކުޑަ ކުދިން ދެކެ ލޯބިވާ ކަމަށް ވިދާޅުވެފައިވެ އެވެ. ބުޝް ދިރިއުޅުއްވަނީ ޓެކްސަސްގައި ކަމަށާއި ވެލަބަލާ އަށް ސިޓީ ފޮނުވަމުން ގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ރައީސް ބުޝް ވިލަބަލާ އަށް ފޮނުއްވި ސިޓީއެއް. --ފޮޓޯ:ކޮމްޕޭޝަން އިންޓަނޭޝަނަލް
އެހެން ސިޓީއެއްގައި ބުޝް ވަނީ ވައިޓްހައުސް އެނގޭތޯ ވިލަބަލާއާ ސުވާލު ކުރައްވައިފަ އެވެ.
"އެއީ އެމެރިކާގެ ރައީސް ދިިރިއުޅުއްވާ ތަން. ކްރިސްމަސްގައި އަޅުގަނޑު ވެސް ވައިޓް ހައުސް އަށް ދަން. މިއީ ވައިޓް ހައުސް އިން އަޅުގަނޑަށް ލިބުނު ބުކްލެޓެއް،" ބުޝްގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ 41 ވަނަ ރައީސް ނޮވެމްބަރު މަހު އަވަހާރަވީ އުމުރުން 94 އަހަރުގަ އެވެ.
ކުޑަ ކުދިންގެ ސްޕޮންސާޝިޕް ސްކީމް ބުޝް އަށް ފުރަތަމަ އެނގިވަޑައިގަތީ 2001 ވަނަ އަހަރު ވޮޝިންޓަނުގައި އޮތް ކްރިސްމަސް ކޮންސެޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުއްޖާ
23 December 2018
"ފިލިޕީންސްގެ ކުއްޖަކު ޖޯޖް ބުޝް ސްޕޮންސާ ކުރެއްވި" ނުވަތަ "ޖޯޖު ބުޝް ފިލިޕީންސްގެ ކުއްޖަކު ސްޕޯންސަރ ކުރެއްވި" ނޫންތޯ؟
މިލް
23 December 2018
ހާދަ ރަނގަޅޭ! (: އެކި އެކި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ސަގާފަތެއް އަހަރުމެންގެ ކިބައިގައިވެސް އަށަ ގަންނަން ވެއްޖެ!
ސައްދާމު
22 December 2018
ބުޝް އަށް އަހަރެން ނަފުރަތެވެ
މަތިމަސް
22 December 2018
ޝީޖިންޕިން ތިކަހަލަކަމެއް ކޮށްފިއްޔާ އެވާނީ އެސޮރުގެ ގޭގަ ޗައިނާ ސިފައިން ބައިތިއްބަން ކުރިކަމަކަށް.
ބުޝްއަކީ ޖައްލާދެއް
22 December 2018
ކުއްޖަކަށް ކުލަޖައްސާ ސާމާނު ބުޝް ދިންވާހަކަ އިޝްތިހާރުކުރާއިރު އިރާގާއި އަފުޣާނުން، ތިކަލޭގެ ސީދާ އޯޑަށް ލޭބޮއެ ކަތިލާފައިވަނީ ކިތައް މިލިއަން ކުޑަކުދިންކަން މިތާގައި ޒިކުރުކޮށްލިނަމަ ވަރަށް މުނާސަބު ވީހެވެ.
މުޙައްމަދު.
22 December 2018
ހަނގުރާމައިގެ ސަބަބުން މަރުވި ކުޑަކުދީންނާއި، ޔަތީމުވެ، ހާލުގައިޖެހުނު، މުޅިއުމުރަށް ނުކުޅެދުންތެރިންނަށްވީ ކުދިންގެ އަދަދުވެސް ނޭނގެ. އާއިލީ ވިޔަފާރިއަށް ޓަކައި ކުރި ގަލްފް ހަނގުރާމައިގެ ސަބަބުން