ރޭޕާ ދެކޮޅަށް ބަންގްލަދޭޝްގައި ދަނީ ނުރުހުން ފާޅު ކުރަމުން. --ފޮޓޯ:ގެޓީ އިމޭޖަސް
07 ޖެނުއަރީ 2019 - 15:01
ޑާކާ (ޖެނުއަރީ 7) - ބަންގްލަދޭޝްގައި ބޭއްވި އާއްމު އިންތިޚާބުގައި ވެރިކަން ކުރާ އަވާމީ ލީގަށް ވޯޓު ނުދިން އަންހެނަކު ރޭޕްކޮށްފި އެވެ.
ގޭންގް ރޭޕުގެ ތުހުމަތުގައި މިހާރު ވަނީ ހަތް މީހަކު ހައްޔަރު ކުރަން ކޯޓު އަމަރު ނެރެފަ އެވެ. އޭގެ ތެރޭގައި އަވާމީ ލީގުގެ ލީޑަރަކު ވެސް ހިމެނެ އެވެ.
ހަތަރު ކުދިންގެ މަންމަ ބުނީ ގޭންގަކުން އޭނާ ރޭޕްކުރީ މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ވޯޓު ދިނުމުން ކަމަށެވެ. އިންތިޚާބު ބޭއްވި ދުވަހުގެ ރޭ ހިންގި މި ހާދިސާއާ ގުޅިގެން އެތައް ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރަމުންނެވެ.
ހަތް މީހުން ވަނީ އެ ތުހުމަތަށް ދެކޮޅު ހަދައިފަ އެވެ. އެކަމަކު އަވާމީ ލީގުގެ ލީޑަރު ވަނީ ޕާޓީން ބޭރުކޮށްފަ އެވެ.
ރޭޕްކުރި މީހާގެ ފިރިމީހާ ފުލުހުންނަށް ބުނި ގޮތުގައި ގޭންގުން އަނބިމީހާ ރޭޕްކޮށްފައި ވަނީ އޭނާ އާއި ހަތަރު ކުދިން ބަނުމަށް ފަހު އެވެ. އަދި އެ މީހުން ސަލާމަތްކޮށްދިނީ އަވައްޓެރިން ކަމަށް ބުންޏެވެ. ރޭޕާ ގުޅިގެން 35 އަހަރުގެ އަންހެން މީހާ އަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
މަކަރާއި ހީލަތް ހެދިކަމަށް ތުހުމަތުކޮށްފައިވާ އިންތިޚާބު ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ އަވާމީ ލީގުން ވަނީ ބޮޑު ތަނުން ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހީކުރީ ވޯޓަކީ
08 January 2019
މަހީކުރީ ވޯޓަކީ ސިއްރު އެއްޗެއްކަމަށް، ރޭޕިސްތާން