ވެނެޒުއެލާ ސިފައިންގެ އިސް އޮފިސަރުންނާ އެކު ޑިފެންސް މިނިސްޓަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
25 ޖެނުއަރީ 2019 - 16:37
ކަރާކަސް (ޖެނުއަރީ 25) - ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރު ވެއްޓިދާނެހެން ހީވެފައި ވަނިކޮށް އޭނާގެ ދިފާއުގައި އެ ގައުމުގެ ބާރުގަދަ ސިފައިން ތެދުވެއްޖެ އެވެ.
މަދޫރޯއާ ދެކޮޅަށް އެތައް ބަޔަކު މަގުތަކަށް ނުކުމެފައި ވަނިކޮށް އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ވަނީ ގައުމުގެ ވަގުތީ ރައީސް އަކީ އޭނާ ކަމަށް އިއުލާންކޮށްފަ އެވެ. އަދި އެ ނިންމުން ވަނީ އެމެރިކާ އާއި ސަރަހައްދީ ގައުމުތައް ކަމަށްވާ ބްރެޒިލް، އާޖެންޓީނާ އަދި ބޮލަމްބިއާ އިން ބަލައިގެންފަ އެވެ. މީގެ އިތުރުން ކެނެޑާ، އިނިރޭސި ވިލާތް އަދި ފްރާންސް އިން ވަނީ ވެނެޒުއެލާގެ ރައީސް އަކީ އިދިކޮޅު ލީޑަރު ކަމަށް ބަލައިގެންފަ އެވެ. އެކަމަކު ރަޝިޔާ އާއި ޗައިނާ އިން ބުނެފައި ވަނީ އެ ގައުމުތަކުގެ ތާއީދު އޮތީ މަދޫރޯ އަށް ކަމަށެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަދޫރޯގެ ސަރުކާރުގައި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ވެނެޒުއެލާގެ ރައީސް މަދޫރޯ އާއި އިދިކޮޅު ލީޑަރު ހުއާން. --ފޮޓޯ:އޭއެފްޕީ
އެމެރިކާގެ މި ނިންމުމާ ގުޅިގެން މަދޫރޯ ވަނީ އެމެރިކާގައިވާ ވެނެޒުއެލާގެ ހުރިހާ ޑިޕްލޮމެޓިކް އޮފީހެއް ބަންދު ކުރުމަށް އަންގައިފަ އެވެ.
ވެނެޒުއެލާ ސިފައިންގެ އިސްވެރިންނާ އެކު ހުންނަވާ ޑިފެންސް މިނިސްޓަރު ލަޑިމިއާ ޕަޑްރިނޯ ވިދާޅުވީ ގައުމުގެ ވެރިއަކީ މަދޫރޯ ކަމަށެވެ. އަދި ސަރުކާރު ވައްޓާލައި ބަޣާވާތެއް ގެންނަން ކުރާ ހުރިހާ މަސައްކަތެއް ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވެނެޒުއެލާގެ ސުޕްރީމް ކޯޓް ވެސް އޮތީ މަދޫރޯއާ އެއްކޮޅަށެވެ.
ވެނެޒުއެލާގެ މަގުމަތީގެ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 26 މީހުން މަރުވެފަ އެވެ.
ވެނެޒުއެލާގައި މިދިޔަ އަހަރު ބޭއްވި އާއްމު އިންތިޚާބުގައި މަދޫރޯ ވަނީ ވަރަށް ބޮޑަށް މަކަރު ހަދާ އޮޅުވާލާފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމެރިކާ
25 January 2019
ވެނެޒުވޭލާއިން މިހާރު ވަނީ ބައިވަރު ތެޔޮ ފެނިފަިއ. މިވަގުތު މުޅި ދުނީޔޭންވެސް އެންމެ ބޮޑު ތެލުގެ ރިޒާވްއެއް ހުރީ ވެނެޒުއޭލާގައި. އެއީ ސައުދީއަށް ވުރެވެސް ގިނަތެޔޮ. އެމެރިކާއިން އެއުޅެނީ ތެލުގެ ދަހިވެތިކަމުގައި އެގައުމުގައި ގޮނޑިކޮއްކޮ ސަރުކާރެއް އުފައްދަން
ޛާހހރ
25 January 2019
އަބަދުވެސް ތެޔޮ އުފައްދާ ތަނެއް އެއީ، ފިތުން ފަސާދަ އުފެއްދުމަކީ ހާދަހާވާ ނުބައިކަމެކެވެ. އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތި ކޮމެންޓުގަ ހުރީ، އެމެރިކާ ދެކެ ރުޅި އަޔަސް ހައްގު ބަސް ބުނުމުގަ ދެމި ހުރޭ
ޞަރުބީ
25 January 2019
ވެނެޒުއޭލާ އަކީ ކުރީގައި ދުނިޔޭގެ ދެވަނަ އަށް ތެޔޮ އެކުސްޕޯޓު ކުރި ގައުމު. ޙޫގޫ ޗާވޭޒްގެ ދުވަސްވަރު ތެޔޮވަޅުތަޢް ސަރުކާރަށް ނަގައި ހިންގަން އުޅެގެން ފެއިލްވެ މިހާރު ދަބަރަށްވެފައި ވަނީ. ސަރުކާރަށް ގައުމު ނުހިންގި ފައިސާގެ އަގު ކަރުދާހަށްވުރެ ދައްވެ އަވައްޓެރި ގައުމުތަކަށް މީހުން ކާބޯތަކެތި ހޯދަން ދާން ޖެހެނީ. ޢެއީ ސޯޝަލިޒަމްގެ އާއި ކޮރަޕްޝަން ގެ ސަބަބުން ޖެހިގެނ އުޅެ ކަމެހް.
ލޯކަ!
26 January 2019
ކޮންމެގޮތަކަށް ކަންތައް ހުރިކަމުގައިވިއަސްވެސް އެމެރިކާގެ ބޭނުމަކީ ތެޔޮވަޅުތައް އަތްދަށުލުމެވެ. އެމެރިކާ އަކީ ޤައުމުތައް ލޫޓުވުމުގައި ވަރަށް މަޝްހޫރު ޤައުމެކެވެ! އިރާގުގެ ތެލަށް ހެދިގޮތް މުޅިދުނިޔެ ދަނޭ! ކަލޭމެން ކަހަލަ ދެތިންމީހަކަށް ނޭގުނަކަސް!!!