އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. --ފޮޓޯ:އޭއެފްޕީ
01 މާޗް 2019 - 11:53
ތެލް އަވީވް (މާޗް 1) - ރިޝްވަތު ދިނުމާއި އޮޅުވާލުމާއި މަގާމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ދައުވާ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކުރުމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ނިންމައިފި އެވެ.
ނަތަންޔާހޫގެ މައްޗަށް ވަނީ ވިޔަފާރިވެރިއެއްގެ އަތުން ހަދިޔާ ހޯދާ އޭނާ އަށް ފަހިވާ ގޮތަށް ސަރުކާރުގެ ތެރޭން ކަންތައް ކޮށްދިން ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލަން ނިންމާފައި މި ވަނީ އަންނަ މަހު 9 ވަނަ ދުވަހު އިޒްރޭލުގައި އާއްމު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. މިއީ އިންތިޚާބަށް އަމާޒުކޮށް ކުރާ ކަމެއް ކަމަށް ނަތަންޔާހޫ ވަނީ ވިދާޅުވެފަ އެވެ.
ނަތަންޔާހޫގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަންކަމުގެ ތެރޭގައި އިޒްރޭލުގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި، ބެޒެގް އަށް ފަހިވާ ގޮތަށް ސަރުކާރުގެ ކޮންޓްރެކްޓަށް ދީފައިވުން ހިމެނެ އެވެ. އެއީ ބެޒެގުގެ ސަބްސިޑަރީ ނިއުސް ވެބްސައިޓެއް ކަމަށްވާ ވައްލާ އިން ނަތަންޔާހޫ އާއި އަނބިކަނބަލުންނަށް ޕޮޒިޓިވް ކަވަރޭޖެއް ގެނެސްދިނުމަށް ޝަރުތުކޮށެވެ.
އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ނަތަންޔާހޫގެ މައްޗަށް ދައުވާ އުފުލައިފި ނަމަ އޭނާ މަގާމުގައި ނުހުރެވޭނެ ކަމަށެވެ. އިޒްރޭލުގެ އެޓާނީ ޖެނެރަލް އަވިޗައި މަންޑެލްބްލިޓް ވިދާޅުވީ ނަތަންޔާހޫ އިސްތިއުފާ ދިނުމާ މެދު ގޮތެއް ނިންމާނީ ސްޕްރީމް ކޯޓުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބުނި ހަޖަރު
02 March 2019
ޢެހެންވީމައޭ އިޒްރޭލް ފަޚުރުވެރިކަމާއެކު ބުނަނީ މެދުއިރުމަތީގައި އޮތް ހަމަ އެކަނި ޑިމޮކްރެޓިކް ގައުމަކީ އިޒްރޭލްއޭ .އަރަބީން ދަންނަ އެއްޗެއްނޫން ޑިމޮކްރެސީއަކީ . ޢެމީހުން ދަންނަނީ ނުބައިނުލަފާކަމާއި ޖައްބާރުކަން. ޥެެެރިންނާއި ޝާހީ އާއިލާ ގައުމުގެ ޚަޒާނާ ލޫޓުވާލުން .
އާޝް
02 March 2019
ދެން ތިބުނި ކަހަލަ ސިފަތަކެއް އަރަބިން ނޫން ބައެއްގެ ކިބައިން ހަމަ ނުފެނޭތަ؟؟ބަލާލަބަލަ މިދިވެހިރާއްޖެ.ކޮންއެއްޗެއްބާ ސަލާމަތުން އޮތީ؟؟ގައުމުގެ ހަޒާނާ މިއޮތީ ކިހިނެއް؟؟އަސްލު ތި ޑިމޮކްރަސީއޭ ތިކިޔާ އެއްޗަކީ މުސްލިމް ގައުމުތަކައް ޖެހިފަވާ ފިކުރީ މުސީބާތެއް..އަހަރެމެންްނަށް ރަނގަޅީ ތިއެއް ދުވަހަކުވެސް ނުގެނައިއްޔާ..މިދިވެހި ރާއްޖަ އޮތް ހަމަޖެހުންވެސް ގެއްލިއްޖެ..
އަލީ ރާޖާ
02 March 2019
އަރަބީންގެ ތެރެއިން ގިނަ މީހުންނަކީ ރަނގަޅު މީހުން. އޯގާތެރި ހެޔޮލަފާ މީހުން. އެބައި މީހުންގެ ވެރިންނަށް ތިބި މީހުންނަކީ ޔަހޫދީން އަޑީގައި ތިބެގެން ގެނެސްފައި ތިބި ބައެއް. ހަމަ އެކަނި މިސްރުގެ ވެރިކަމަށް ވިސްނާލިޔަސް މިކަން އެނގޭނެ. އެގައުމުގެ ރައްޔިތުން ވޯޓުން ގެނައި މީހާ އެއޮތީ ޖަލުގައި. ވެރިކަމުގައި އެހުރީ އެމެރިކާއި ޔަހޫދީން ބޭނުން ވެގެން ގެނެސްފައި ހުރި މީހެއް. އޭނާ ހިންގާ ޖަރީމާ ތަކަކީ އަރަބިން ހިންގާ ޖަރީމާ އެކޭ ނުބުނެވޭނެ.
ވހދނ
01 March 2019
100 ޕަސެންޓް މުސްލިމް ދިވެހިންނަށް އެބަފެނޭތަ؟؟؟
÷ަތުވިންދު
01 March 2019
މީ މިނިވަން މުއައްސަސާތަކުގެ މާނައަކީ. ޥެރިކަމުގައި ހުއްޓަސް ކުށެއް ކޮއްފިނަމަ ދައުވާ އުފުލެން ޖެހޭނެ. އަހަރުމެންގެ ރާއްޖެ މިފެންވަރަށް ޑިމޮކުރަސީ ހަރުދަނާ ކުރާނެ ދުވަހެއްގެ އިނތިޒާރުގައި ހުރީމެވެ.
ބަފާބެ
01 March 2019
މިހާރި އުމުރުން ތިރީސް އަހަރުވެއްޖެއްޔާމު މިރާއްޖޭގައި ތިކަންވާތަން ނުފެނިދާނެ. ޑިމޮކްރަސީ މިކިޔާ އެތި މިގައުމުގައި އަޝަގަންނަން އަދި 50 ވަރަކަށް އަހަރުވެދާނެ!
އަލީ ރާޖާ
01 March 2019
ނަތަންޔާހޫ އެކަހަލަ ކަމެއް ނުކުރާނެ. ކުރަން ނުވެސް ދަންނާނެ.
ބަބުރުކަލޯ
01 March 2019
މީނަމިފަހަރު ޖެހޭނެ ޖަލަށް ފޮނުވަން.