އިޒްރޭލަކީ ހަމައެކަނި ޔަހޫދީންގެ ގައުމެއް: ނަތަންޔާހޫ

ތެލް އަވީވް (މާޗ 12) - އިޒްރޭލަކީ އެ ގައުމުގެ "ހުރިހާ ރައްޔިތުންގެ ގައުމެއް" ނޫން ކަމަށާއި އެއީ ހަމައެކަނި ޔަހޫދީންގެ ގައުމެއް ކަމަށް ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.


އިޒްރޭލުން މިދިޔަ އަހަރު ވަނީ އެ ގައުމަކީ ޔަހޫދީންގެ ދައުލަތެއް ކަމަށް ބުނެ ގާނޫނެއް ފާސްކޮށްފަ އެވެ. އިޒްރޭލުން ފާސްކޮށްފައިވާ އެ ގާނޫނުގައި ވަނީ ރަސްމީ ބަހަކީ އަރަބި ބަހުގެ ބަދަލުގައި ހިބްރޫ ކަމަށް ކަނޑައަޅައިފަ އެވެ. އަދި އިޒްރޭލުގެ ވެރި ރަށަކީ ގުދުސް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.

އިޒްރޭލުގެ އާބާދީގައި އަރަބިންގެ ނިސްބަތަކީ 17 ޕަސެންޓެވެ. ނަމަވެސް ނަތަންޔާހޫ ގެންދަވަނީ ފަލަސްތީނުގެ ދަރިކޮޅަށް ނިސްބަތްވާ އަރަބިންގެ ހައްގުތަކަށް އިހްތިރާމް ކުޑަ ކުރަމުންނެވެ.

ނަތަންޔާހޫ މިހާރު ގެންދަވަނީ އެޕްރީލް 9 ވަނަ ދުވަހު އޮންނަ އިންތިޚާބަށް ކެމްޕޭން ކުރައްވަމުންނެވެ.

ނަތަންޔާހޫ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ އިޒްރޭލުގެ ފިލްމީ ބަތަލެއް ކަމަށްވާ ރޮޓެމް ސެލާގެ އިންސްޓްރަމް މެސެޖަކަށް ޖަވާބު ދެއްވަމުންނެވެ. ކެބިނެޓުގެ ބައްދަލުވުމުގައި ވެސް ނަތަންޔާހޫގެ ޕޮއިންޓް ސާފުކޮށްދެއްވަމުން ވަނީ އިޒްރޭލަކީ ޔަހޫދީންގެ ޑިމޮކްރެޓިކް ގައުމެއް ކަމަށާއި އެއީ އިޒްރޭލުގައި ދިރިއުޅޭ އެންމެންގެ ތަނެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.