މުއްލާ އުމަރު: އޭނާ ވަނީ 2003 ވަނަ އަހަރު މަަރުވެފައި. --ފޮޓޯ:އީޕީއޭ
12 މާޗް 2019 - 13:27
ކާބުލް (މާޗް 12) - ތާލިބާނުންގެ ލީޑަރު މުއްލާ އުމަރު ދިރިއުޅުނީ އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ މަރުކަޒަކާ ވަރަށް ކައިރީގައި ކަމަށް އޭނާއާ ބެހޭ ގޮތުން ނެރުނު ފޮތެއްގައި ބުނެފި އެވެ.
ބޭޓެ ޑޭމްގެ "ދަ ސީކްރެޓް ލައިފް އޮފް މުއްލާ އުމަރު" ގައި ބުނެފައިވާ ގޮތުގައި އޭނާ ދިރިއުޅުނީ ޒާބުލް ޕްރޮވިންސްގައިވާ އެމެރިކާގެ ފޯވާޑް އޮޕަރޭޓިން މަރުކަޒަކާ ތިން މޭލު ދުރުގަ އެވެ. އެ ތަނުގައި އެމެރިކާގެ 1،000 ސިފައިން ތިބެ އެވެ.
ނެދަލޭންޑްސްގެ ނޫސްވެރިޔާ ޑޭމް ވަނީ ފޮތް ލިޔަން ފަސް އަހަރު ދިރާސާކޮށްފަ އެވެ. އޭނާ ވަނީ ތާލިބާނުންގެ އެތައް ބަޔަކާ އިންޓަވިއު ކޮށްފަ އެވެ. އޭނާ ވަނީ މުއްލާ އުމަރުގެ ބޮޑީގާޑުންގެ ތެރޭގައި ހިމެނޭ ޖައްބާރު އުމާރީއާ ވެސް ވާހަކަ ދައްކައިފަ އެވެ.
ބީބީސީގެ ރިޕޯޓަރަކު 1996 ވަނަ އަހަރު ސިއްރުން ނަގާފައިވާ ވީޑިއޯއެއްގައި މުއްލާ އުމަރު. --ފޮޓޯ:ބީބީސީ
ޑޭމްގެ ފޮތުގައި ބުނެފައި ވަނީ މުއްލާ އުމަރު އުޅުނީ އެމެރިކާގެ އަސްކަރީ މަރުކަޒާ ކައިރީގައިވާ ސިއްރު ކޮޓަރިއެއްގައި ކަމަށެވެ. އެއް ފަހަރެއްގައި އެމެރިކާ ސިފައިން އެ ބްލޮކް ބަލާ ފާސްކުރި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ނަމަވެސް މުއްލާ އުމަރު ފިލައި އޮތްތަން ހޯދިފައި ނުވާ ކަމަށް ބުނެފައިވެ އެވެ.
ސެޕްޓެމްބަރު 11 ގައި ދިން ހަމަލާ އަށް ފަހު އެމެރިކާ އިން ވަނީ މުއްލާ އުމަރުގެ ބޮލަށް 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. އޭނާ މަރުވީ އެޕްރީލް 23، 2013 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސީން
12 March 2019
މުއްލާ އުމަރަކީ އެމެރިކާއިން ގެންގުޅޭ ހިޔާލީ ފުރޭތައެއް.
9879
12 March 2019
މުއްލާއުމަރަކީ އެމެިކާމީހުން ހަދައިގެންއުޅޭވާހަކައަކަށްވެސް ވެދާނެ..؟
ސީޖީ
12 March 2019
މަރުކަޒުތެރޭކަމަށްވެސް ވެދާނެ. ނޫނީ މަރުކަޒުގަ ހުރި ކޮމްޕިއުޓަރެއް ތެރޭ ކަމަށްވެސް. އޭނަ މަރުވިޔަސް ސީއައިއޭއިން އެމީހުން ބޭނުންވާ އޯޑިއޯއާ ވީޑިއޯވެސް ހަދާފާނެ އެމެރިކާގެ ހަންފަތުރަން ކުރާ ކަންކަމުގެ ތެރެއިން. މިއީ މިޒަމާނުގަ އާންމު ކަންކަން.