އިޒްރޭލުން މިރޭ ގާޒާ އަށް މިސައިލް ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ
26 މާޗް 2019 - 02:44
ގާޒާ (މާޗް 26) - ފަލަސްތީނުގެ ގާޒާ ސްޓްރިޕްގައިވާ ހަމާސް ޖަމާއަތުގެ އަމާޒުތަކަށް އިޒްރޭލުން މިރޭ ވައިގެ ހަމަލާދީ ހަތް މީހުން ޒަޚަމްކޮށްލައިފި އެވެ.
އިޒްރޭލްގެ ޑިފެންސް ފޯސް އިން ބުނީ ހަމަލާ ދިން ތަންތަނުގެ ތެރޭގައި ހަމާސްގެ ސިޔާސީ ލީޑަރުގެ އޮފީހާއި މިލިޓަރީ އިންޓަލިޖެންސް ހެޑްކްއާޓަރު ހިމެނޭ ކަމަށެވެ. ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި ހަތް މީހުން ޒަޚަމްވެފައިވާ ކަމަށެވެ.
އިޒްރޭލްގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ ތެލް އަވީވަށް ރޮކެޓް ހަމަލާދިނީ ހަމާސް އިން ކަމަށެވެ. އަދި އެއީ އެ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށް އިޒްރޭލުން ބުނެފައިވ އެވެ.
"އިޒްރޭލަށް މިކަންކަމުގައި ދޫކޮށްގެން ނުތިބޭނެ،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވޮޝިންޓަނުގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވި އެވެ. "އިޒްރޭލުން މިކަމުގައި ވަރުގަދަ އަށް ރައްދު ދޭނެ."
އިޒްރޭލަށް ހަމަލާ ދިން ކަމަށް ފަލަސްތީނުގެ އެއްވެސް ޖަމާއަތަކުން މިހާތަނަކަށް ނުބުނެ އެވެ. ނަމަވެސް އައިޑީއެފް އިން ބުނެފައި ވަނީ ތެލް އަވީވްގެ ގެއަކަށް ހަމަލާދީފައި ވަނީ ހަމާސް އިން އުފައްދާފައިވާ ރޮކެޓަކުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hussain
26 March 2019
ކޮން ހަމާސް އެއްތަ. ފަލަސްތީނަށޭ ހަމަލަ ދިނީ. ކަލޭމެން ތިބޭތި ޔަހޫދީން ކުރާ ކަންތަކަށް މަތި އޮމާން ކުރަން