ޑާކާގެ 22 ބުރީގެ އިމާރާތުގައި ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނީ. --ފޮޓޯ:ރޮއިޓާސް
29 މާޗް 2019 - 17:13
ޑާކާ (މާޗް 29) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ 22 ބުރީގެ އުސް އިމާރާތެއްގައި ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 25 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
މި ހާދިސާގައި 70 މީހަކަށް ވަނީ ހޮސްޕިޓަލުން ފަރުވާ ދޭން ޖެހިފަ އެވެ.
ބަންގްލަދޭޝްގެ ހައުސިން އޮފިޝަލުން މިއަދު ބުނީ ޑާކާގެ ބަނާނީ އޭރިއާގައި ހުރި އިމާރާތުގައި އަލިފާން ރޯވި ހާދިސާއާ ގުޅިގެން އެ އިމާރާތުގެ ވެރި ފަރާތާ ދެކޮޅަށް ޖިނާއީ ދައުވާ ކުރާނެ ކަމަށެވެ. ހައުސިން މިނިސްޓަރު އެސްއެމް ރިޒައުލް ކަރީމް ވިދާޅުވީ އިމާރާތަށް ހުއްދަ ދިނުމުގައި އެ މިނިސްޓްރީގެ އޮފިޝަލަކު ގޯހުން ކަމެއް ކޮށްފައިވާ ނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ފުލުހުން ބުނީ ތަހުގީގުގައި އިމާރާތުގެ ވެރި ފަރާތާ ސުވާލު ކުރާނެ ކަމަށެވެ.
އިމާރާތުގައި ރޯވި އަލިފާނުން ސަލާމަތްވުމަށް ބައެއް މީހުން ވަނީ ކުޑަ ދޮރުތަކުން ބޭރަށް ފުންމާލައިފަ އެވެ. ފުންމާލި މީހުންގެ ތެރޭން ހަ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ލަންކާގެ ރައްޔިތަކު ވެސް ހިމެނެ އެވެ. އަލިފާން ބޮޑަށް ރޯވެފައި ވަނީ އިމާރާތުގެ އަށެއް، ނުވައެއް އަދި 10 ވަނަ ބުރީގަ އެވެ.
ޑާކާގެ އިމާރާތެއްގައި މިދިޔަ މަހު ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ 70 މީހުން މަރުވެ 50 އަށް ގިނަ މީހުން ޒަޚަމްވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓައްޚާނު
29 March 2019
ހުޅުމާލޭގަ އެހަދާ 25 ބުރީގެ ޓަވަރުތަކުގައި މިކަހަލަ ހާދިސާއެއް ހިގުމުގެ ފުރުސަތާއި ހިގައިފި ނަަަމަ ކެޝުއަލްޓީއާއި މެދު ވިސްނާފަބާ އޮތީ. މަށަށް ހީނުވާތީ މިވާހަކަ ބުނެލީ. މީހުން ދިރިއުޅެން ގޭސް، ކަރަންޓު ބޭނުންކުރުމާއި އެންމެ 2 ލިފްޓު އިނުމާއި މިކަންކަމަށް ވިސްނީމަ މިތަން އަޅަން ނިންމިބަޔަކު ރައްޔިތުންނާއި މެދު ވިސްނާފައި އޮތްވަރު ހިތައްއަރާ