އެސޯލްޓް ރައިފަލެއް ހިފައިގެން އިނދެ ބަޣުދާދީ ތަގްރީރު ދެނީ. --ފޮޓޯ: އޭއެފްޕީ
30 އެޕްރީލް 2019 - 09:13
ބަޣުދާދު (އޭޕްރީލް 30) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީގެ ވީޑިއޯއެއް ފަސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ނެރެފި އެވެ.
ސީރިއާ އާއި އިރާގުގެ ބައެއް ސަރަހައްްދުތަކުގައި އައިއެސްގެ ޚިލާފަތު 2014 ވަނަ އަހަރު އިއުލާންކުރި ފަހުން ބަޣުދާދީ ފެނިފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ އަޑުން މެސެޖްތައް ނެރެފައިވެ އެވެ.
އައިއެސްގެ އަލް ފުރްގާން ނެޓްވޯކް މެދުވެރިކޮށް އެންމެ ފަހުން ނެރުނު 18 މިނިޓުގެ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ. ނަމަވެސް އައިއެސް އިން ބުނެފައި ވަނީ އެ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ އެޕްރީލް މަހު ކަމަށެވެ.
ފަހުގެ ވީޑިއޯގައި ބަޣުދާދީ ބުނެފައި ވަނީ ސްރީ ލަންކާގައި ބޮމުގެ ހަމަލާތަައް ދިނީ ސީރިއާގެ ބާޣޫޒް ޓައުން އައިއެސްގެ އަތްދަށުން ހިފުމުން އެކަމުގެ ބަދަލު ހިފަން ކަމަށެވެ. ބަޣުދާދީގެ ވީޑިއޯގައި ވަނީ ބުރްކިނާ ފަސޯ އާއި މާލީގެ ހަނގުރާމަވެރިން ވެސް އައިއެސް އަށް ބައިއަތު ހިފާފައިވާ ކަމަށް ބުނެފަ އެވެ. އަދި ސޫދާން އާއި އަލްޖީރިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ވެސް ވަނީ ވާހަކަ ދައްކަައިފަ އެވެ.
ބަޣުދާދީ އަކީ އާއްމުކޮށް މީހުންނަށް ފެންނަ މީހެއް ނޫނެވެ. އޭނާގެ ފޮޓޯއެއް ނަގާފައި ވަނީ ވެސް އެންމެ ފަހަރަކު އެވެ. އެއީ ޖުލައި 2014 ގައި އައިއެސްގެ ޚިލާފަތު އިއުލާން ކުރަން މޫސަލްގެ ނޫރީ މިސްކިތުގައި ޚުތުބާ ދެނިކޮށެވެ. ބަޣުދާދީގެ ޚަބަރެއް ނުވެ ގިނަ ދުވަސްތަކެއްވާ ކޮންމެ ފަހަރަކު އޭނާ މަރުވީ ކަމަށް ނުވަތަ ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް އަޑުތައް ފެތުރެ އެވެ. ބަޣުދާދީ މަރާލާފައިވާ ކަމަށް ކުރިން ވަނީ ތިން ފަހަރަކު ބުނެފަ އެވެ.
ބަޣުދާދީ އަކީ ޓެރަރިސްޓެއް ކަމަށް އެމެރިކާ އިން ކަނޑައެޅީ އޮކްޓޯބަރު 2011 ގަ އެވެ. ބަޣުދާދީގެ ބޮލަށް އެމެރިކާ އިން ވަނީ 25 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
30 April 2019
ގަބޫލުކުރިޔަސް ނުކުރިޔަސް މުސްލިމުންގެނަމުގަ ރީތި ނަންތައް ކިޔައިގެން ހަދައިގެން މިއުޅޭ ބައެއް ޖަމިއްޔާތަކާ ޖަމާއަތްތަކަކީ ދުނިޔެ ފަސާދަކުރަން އަމިއްލަ އެދުންބޮޑު މުސްލިމުންލައްވާ ސީދާ ޔަހޫދީން ފަންޑްކޮށްގެން ހިންގާ ތަންތަން. އޭގެ އެއްބޭނުމަކީ އެމީހުންގެ ހަތިޔާރު ވިއްކުމާ ޔަހޫދީން ގިނަ އަސްކަރީ ބާރުގަދަ ގައުމުތަކަށް ބަރޯސާވާން ދުނިޔޭގެ ގައުމުތަކަށް މަޖުބޫރުކުރުވުން. އަނެއް ބޭނުމަކީ ދުނިޔެ ފަސާދަކޮށް މުސްލިމުންނަށް ހުތުރުއެރުވުން.
އާންމު
30 April 2019
އިސްލާމިކްސްޓޭޓް އެއްނޫން….. ދީނަށް ހުތުރުކުރަން ތިހެން ކިޔުންހުއްޓާލާ… ކިޔާނީ ޓެރެރިސްޓްސްޓޭޓް
ހަސަންބެ.
30 April 2019
އަޅުގަޑުމެން ދިވެހިން ބަޢްދާދީ އަށް ފާޑުކިޔާނެ ކަމެއްނެތް. އަޅުގަޑުމެން ތިބޭ ކޮމްޕިއުޓަރ ނުނީ ފޯނުހިފައިގެން ދީނަށް ފުރައްސާރަކުރަން. ޔަހޫދީންނާއިނަސާރާއިންގެ ރޭވުމުގައި ޖެހި ޑިމޮކުރަސީ ލިބޭތޯ އެހޯދުމުގެ މަސައްކަތުގައި. ދީންދެކެލޯބިވާ ދަރިން އެދީން ހިމާޔަށް ކުރަން ޖާނާ މާލުން ގުރުބާވާނެ. އެވަރިހަމަ އުސާމާ އަކަސް ބައްދާދީއަކަސް އެކަން ކުރިއަށްދާނެ. ލަވާޒާ އާއި ރެޑްބުލްބޮއެގެން ދޮންމީހުންނަށްވޭތޯ ކަލޭމެން އުޅެބަލަ.
ހުސެންބެ.
30 April 2019
ދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ އިސްލާމްދީނުގެ ހަމަޔާ އުސޫލާ ޚިލާފަށް މުސްލިމުންގެ ނަމުގަ ތިބެ ކުށެއްނެތް އެތައްބަޔަކު ހައްގަކާނުލާ މަރާ ބިމުގަ ލޭއޮހޮރުވުން.
ކެނެޑީ
30 April 2019
ބަޣްދާދީއާބކޮށްލަން އެންމެ ބޭނުންވާ ސުވާލަކީ ކީއްވެތޯއޭ އައިއެސް އިން އޮޅިގެންވެސް 1 ހަމަލާވެސް މިވީ 10 އަހަރު ތެރޭ އިޒުރޭލަށް ނުދީ ތިހުރީ
ކުޑޭޭޭ
30 April 2019
މި އައިއެސް ބައިގަނޑުގެ ހަޤީޤަތް އެނގޭއިރުވެސް އެމީހުން ހައްޔަރުކޮށް ކަނޑައެޅިފައިވާ އަދަބު ނުދެވިގެން މިއުޅެނީ ކީއްވެތަ؟ އެހެންޏާ ފަހެ މުޅި ދުނިޔެ ހިސާރުކޮށް ކުށެއްނެތް މީހުންގެ ފުރާނަ ދުއްވަމުން އެދުވަނީ އެ ބައިގަނޑު.
ސަކީނާ
30 April 2019
މުޅި ދުނިޔޭގައި މުސްލިމުންނާ ދޭތެރޭ ނަފްރަތު އުފައްދައި އިސްލާމްދީނަކީ ބިރުވެރި ނާމާން އަނިޔާވެރި ދީނެއްގެ ގޮތުގައި ދުނިޔެއަށް ދައްކައިފި.
މުހުއްމާ
30 April 2019
ބަޢްދާދީ ވަނީ މޮސާޑް ނުވަތަ ސީއައިއޭ ގެ އަށްދަށުގައި! ބަޢްދާދީ އަކީ ސީއައިއޭ ނުވަތަ މޮސާޑްގެ އެޖެންޓެއް!
ޢަލިބޭބެ
30 April 2019
ތިޔައީ އެކެއްގެ ދެފޮޓޯއެއް ނޫން. ރަނގަޅަށް މޫނުގެ ސިފަތައް ބަލާ.މިސްކިތުގައި ޚިލާފަތު އިއުލާނު ކުރި ބަޣުދާދީއަށް ވުރެ ތިޔަހަރަ ބަޣުދާދީގެ ނޭފަތް ކުރުވެފަައި ބުމައާއި ލޮލުގެ ބައްޓަން ތަފާތު. ޢަނެއްކާ ބަޣުދާދީ ޕްލާސްޓިކް ސާޖަރީ ހެދީބާ
ރަދީފް
30 April 2019
ސާބަހޭ. ދުނިޔޭގަ މިވަގުތު ހުރި އެންމެ މޮޅު ، ނަމަވެސް ގެއްލިފައިވާ ''ފޮރެންސިކް ފޭޝިއަލް ރިކޮގްނިޝަން އެކްސްޕާޓް'' އަހަރުމެންގެ އޮންލައިން ނޫހެއްގެ ކޮމެންޓްބޮކްސް ތެރެއިން ފެނިގެން ދިއުން އެއީ ކިހާ އުފާވެރިކަމެއް.ސީއައިއޭއިން ޢަލިބޭބެއަށް މެއިލް ފޮނުވާނެކަމަށް އުއްމީދުކުރަން.ވ.ވެދުން
ރަދީފް
30 April 2019
ހެލޯ ބަޣު.ތި އުޅުން ދޫކުރުމަށްފަހު ސުލްހަވެރިކަން އިސްކުރުމަށް ގޮވާލަން.ބަޣުމެން ކީއްވެތަ އިޒްރޭލް އަދި މިއަންމާ ފަދަ ގައުމުތަކުގަ ހަމަލަނުދެނީ؟؟ މިސުވާލުގެ ޖަވާބު ދެވޭނެތަ؟؟ ނުވާނެ ދޯ.
ޑޑޑދ
30 April 2019
ހަގީގަތަކީ ބަގުދާދީ މަރާ ނުލެވޭ ކަން. ކުރިއަށް ވުރެ ގަދަކޮށް އައިއެސް ޖަމާއަތް އަންނާނެ ކަމުގެ އަލާމާތެއް ތި ފެނުނީ. އެމެރިކާ އިން އައިއެސް ޖަމާއަތް ނައްތާލެވިއްޖެއޭ ބުނާނެ ކޮންމެ ފަހަރަކު