ކެންޔާގެ ކުރީގެ ރައީސް އަރަޕް މޮއި. --ފޮޓޯ:ގެޓީ އިމޭޖަސް
18 މެއި 2019 - 16:22
ނައިރޯބީ (މެއި 18) - ހުވަފަތް އަންހެނެއްގެ ބިމެއް ނުހައްގުން އަތުލި މައްސަލާގައި، ބަދަލުގެ ގޮތުގައި 1.06 ބިލިއަން ޝިލިންސް (10.5 މިލިއަން ޑޮލަރު) ދިނުމަށް ކެންޔާގެ ކުރީގެ ރައީސް ޑެނިއަލް އަރަޕް މޮއިގެ މައްޗަށް އެ ގައުމުގެ ކޯޓަކުން އަމުރުކޮށްފި އެވެ.
ފަނޑިޔާރު ބުނެފައި ވަނީ ހުވަފަތް އަންހެނެއް ކަމަށްވާ ސުސާން ޗެބުރެޓު ޗެލުގުއިގެ 53 އޭކަރުގެ ބިން މޮއި ވަނީ އޭނާގެ އަމިއްލަ ނަމަށް ބަދަލުކޮށްފައި ކަމަށެވެ. އެ ބިން ނުހައްގުން އަތުލާފައި ވަނީ މީގެ 36 އަހަރު ކުރިންނެވެ. އެކަމަކު މޮއިގެ ނަމަށް ބަދަލުކޮށްފައި ވަނީ 2007 ވަނަ އަހަރު އެވެ.
މޮއިގެ ވެރިކަމުގައި ޗެލުގުއިގެ ފިރިމީހާ ނޯއާހް އަކީ ސަރަހައްދީ އިސްވެރިއެކެވެ. ޗެލުގުއި އާއި އޭނާގެ ދަރިފުޅު ޑޭވިޑް ޗެލުގުއި ތުހުމަތުކޮށްފައި ވަނީ މޮއިގެ މައްޗަށް ބިން ބަދަލުކޮށްފައި ވަނީ ނޯއާހް މަރުވުމުން ކަމަށެވެ. މޮއި އޭގެ ފަހުން އެ ބިން ވަނީ ރައި ޕްލައިވުޑް ލިމިޓެޑަށް ވިއްކާލައިފަ އެވެ.
އެ ކުންފުނިން ކޯޓުގައި ބުނެފައި ވަނީ މޮއިގެ އަތުން 2007 ވަނަ އަހަރު ބިން ގަނެފައި ވަނީ ސައްހަ މުއާމަލާތެއްގެ ތެރޭން ކަމަށެވެ. އެކަމަކު އެ ބިން ހޯދި ގޮތެއް މޮއި އަށް ކޯޓުގައި ސާބިތުކޮށްދެވިފައެއް ނުވެ އެވެ.
ފަނޑިޔާރު ބުނެފައި ވަނީ މޮއި އަމަލުކޮށްފައި ވަނީ ގާނޫނު އަސާސީ އާއި އާއްމު އުސޫލުތަކާ ޚިލާފަށް މަކަރާއި ހީލަތްތެރި ގޮތަކަށް ކަމަށެވެ.
ކެންޔާގެ ދެ ވަނަ ރައީސްގެ ގޮތުގައި މޮއި ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވީ 1978 ވަނަ އަހަރު އެވެ. އޭނާ ވަނީ 2002 ވަނަ އަހަރާ ހަމައަށް ވެރިކަން ކުރައްވައިފަ އެވެ. އޭނާގެ 24 އަހަރުގެ ހުދުމުޚްތާރު ވެރިކަމުގައި ވަނީ އެތައް ބައެއްގެ ހައްގަށް އަރައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޓާ
19 May 2019
މިގައުމުގައި ބަލާނީ އަމިއްލަ ސިޔާސީ ކުންފުންޏަކަށް އެތިކޮޅެއް ދެވޭތޯ ، ކަރަންޓު އަގު ހެޔުކުރީމަ ވެސް ޢާއްމުން ދައްކަންޖެހުނީ ކުރީގެ ދެގުނަ އިތުރަށް ވިޔަފާރި ވެރިން ދައްކަން ޖެހުނީ ުރީ އަގުގެ 1/2 ބައި ކިހާ މޮޅު ޢާައްމުން ކަތިލީ ސަޅިދޯ! އިބޫ ހަނދާން ކުރާތި ގާތުގަތިބި ބަޔަކު، ބޭބެ ހުސް ކުރިޔަ ނުދީ!
އަލީ ސާރ
19 May 2019
މީ ވަރަށް ވިސްނުންތޫނު މީހެއް.. އެހެރީ ދެދަތް ދުރުކޮށެއްނު.. ވަގުތުގެ ދިރާސާތަކުން ދައްކަނީ އެހެން..
އުމަރު ބޑދ
19 May 2019
ރައިސް ޔާމީން އަތުލި ބިން ވެސް މިގޮތައް ލިބޭނެ ތާދޯ؟
ބަބުރަންޖީ ހާޖީ
18 May 2019
ކެންޔާގެ އިންސާފު މިގައުމަށްވެސް ބޭނުންވަނީ.
ރަދީފް
18 May 2019
އަރަޕް މޮއި ކުރީ ހުދުމުޙްތާރު ވެރިކަމެއް.މިހާރު އޮންނާނެ ރީތި އެއްޗެއް ވިސްނިފަ.