ލަޝްކަރޭ ތައިބާގެ ބާނީ ހާފިޒް މުހައްމަދު ސައީދު. --ފޮޓޯ:އޭޕީ
18 ޖުލައި 2019 - 12:17
އިސްލާމްއާބާދު (ޖުލައި 18) - ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތް ލަޝްކަރެ ތޮއިބާގެ ބާނީ ހާފިޒް މުހައްމަދު ސައީދު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ހާފިޒް ސައީދުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޓެރަރިޒަމަށް ފައިސާ ހޭދަކުރުމެވެ.
ލަޝްކަރެ ތޮއިބާ އުފެއްދި ނަމަވެސް ހާފިޒް ސައީދު ބުނެފައި ވަނީ 2001 ވަނަ އަހަރުން ފެށިގެން އެ ޖަމާއަތުގައި އޭނާގެ އެއްވެސް ރޯލެއް ނޯންނާނެ ކަމަށެވެ. މުމްބާއީގައި 2008 ވަނަ އަހަރު ބޮމުގެ ހަމަލާ ދިނުމުގެ ފަހަތުގައި ވަނީ ލަޝްކަރެ ތޮއިބާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. މުމްބާއީގެ ބޮމުގެ ހަމަލާގައި ވަނީ 166 މީހުން މަރުވެފަ އެވެ.
ހާފިޒް ސައީދު ހައްޔަރު ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 10 އަހަރުގެ މަސައްކަތަށް ފަހު، މުމްބާއީ ހަމަލާގެ އިސް މޭސްތިރިޔާ ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. ޓްރަމްޕުގެ ޓްވީޓުގައި އެހެން ވިދާޅުވި ނަމަވެސް ޕާކިސްތާނުން ހާފިޒް ސައީދު ވަނީ އެތައް ފަހަރަކު ހައްޔަރުކޮށްފަ އެވެ. ކޮންމެ ފަހަރަކު ވެސް އޭނާ ވަނީ ކޯޓުން ދޫކޮށްލައިފަ އެވެ.
ހާފިޒް ސައީދުގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.
ނޮވެމްބަރު 26، 2008 ގައި މުމްބާއީ އަށް ދިން ހަމަލާއާ ގުޅިގެން ސައީދު ގޭ ބަންދުކުރި އެވެ. އެކަމަކު ހަ މަސް ފަހުން ޕާކިސްތާނުން އޭނާ ދޫކޮށްލީ ދައުވާ ކުރެވޭ ވަރަށް ނުވަތަ އިންޑިއާ އަށް ހަވާލު ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ.
ލަޝްކަރެ ތޮއިބާ މަނާކުރުމުން ހާފިޒް ސައިދު ވަނީ ޖަމާއަތުއް ދައުވާ އުފައްދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
18 July 2019
ތިއަ ހުރިހާ އެންމެންނަކީވެސް ޔަހޫދީން ހަރަދުކުރާ ޔަހޫދީންގެ އޭޖެންޓުން.
ގަމާރުމީހާކީކޭ ބުނާނީ
18 July 2019
ތިހެން ކިޔަިގރން ހިހް ހަމަ ޖހސާލާ
ބަބުރުކަލޯ
18 July 2019
މީތި ކަޑަ.