ފަލަސްތީނުގެ މީހުންގެ ގެތައް އިޒްރޭލުން މިއަދު ތަޅާލަނީ. --ފޮޓޯ:އޭއެފްޕީ
22 ޖުލައި 2019 - 13:14
ގުދުސް (ޖުލައި 22) - ގުދުސްގެ ދެކުނުގައި އިމާރާތްކޮށްފައި ހުރި ފަލަސްތީން މީހުންގެ ގެތައް އިޒްރޭލުން މިއަދު ތަޅަން ފަށައިފި އެވެ.
ފަލަސްތީން މީހުންގެ ގެތައް ތަޅަން ފެށުމުން ބައިނަލްއަގުވާމީ ގޮތުން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އިޒްރޭލުން ބުނެފައި ވަނީ އެއީ ގަވާއިދާޚިލާފަށް އިމާރާތްކޮށްފައިވާ ތަންތަން ކަމަށާއި އެ ގެތައް ތަޅާލީ އެއީ އިޒްރޭލުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމަކަށްވާތީ ކަމަށެވެ.
ހުޅަނގު އައްސޭރިއާ ކައިރިގައިވާ ގެތައް ތެޅުމުގެ ކުރިން، މިއަދު އިރުއެރުމުގެ ކުރިން، އިޒްރޭލް ފުލުހުންނާއި ސިފައިން އެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ. ގެތަކުގައި ތިބި މީހުން ނެރެފައި ވަނީ ދަމައިފަ އެވެ. އަދި އެ ސަރަހައްދަށް ނޫސްވެރިން ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.
ފަލަސްތީނުގެ މީހުންގެ ގެތައް އިޒްރޭލުން މިއަދު ތަޅާލަނީ. --ފޮޓޯ:އޭއެފްޕީ
އިޒްރޭލުން ތަޅާލި ގެތަކުގައި އުޅުނު އިސްމާއިލް އަބަދިޔާ ކިޔާ މީހަކު ބުނީ އޭނާގެ އާއިލާ ދެން މަގުމަތިވީ ކަމަށެވެ.
އިޒްރޭލުގެ ގެދޮރުގެ މަޝްރޫއު މޮނިޓާ ކުރާ ފަލަސްތީނުގެ މިނިސްޓަރު ވާލިދު އާސަފް ވިދާޅުވީ ގެތައް އިމާރާތްކޮށްފައި ހުރީ ފަލަސްތީނުގެ މަދަނީ ކޮންޓްރޯލް އޮތް ސަރަހައްދެއްގައި ކަމަށެވެ. އަދި އެއީ އިޒްރޭލާ އެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކާ ޚިލާފަށް އެ މީހުން ކުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރި އިޒްރޭލުން ހިފީ 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އިޒްރޭލުގެ ބައެއްގެ ގޮތުގައި އިރުމަތީ ގުދުސް ހަމަޖެއްސި ނަމަވެސް ބައިނަލްއަގުވާމީ ގޮތުން އެކަން ބަލައިގެންފައެއް ނުވެ އެވެ.
ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ވަކިކުރަން އިޒްރޭލުން ފާރެއް ރާނަން ފެށީ 2000 ގެ އަހަރުތަކުގެ ކުރީކޮޅު ފަލަސްތީނުން ހިންގި ދެ ވަނަ އިންތިފާޒާ އަށް ފަހު އެވެ. ފަލަސްތީނުން ބުނެފައި ވަނީ އެއީ "ނަސްލީ އިމްތިޔާޒުގެ ފާރެއް" ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެލެކްސް
23 July 2019
ކޮބާތަ އިޒްރޭލުގެ ބެސްޓް ފްރެންޑް އިއްޒަތްތެރި ރައީސް އަޅެ މިކަން ހުއްޓުވާދީ ބަލަ.
ރަދީފް
22 July 2019
ނަތަންޔާހޫ ކަލޭ ވިސްނައިގެން ހުންނާތި.
ފުންއަސަރު
22 July 2019
އިރާދަކުރެއްވިއްޔާ އިޒްރޭލަކީ މިދުނިޔެމަތީގާވެސް އެންމެ ނުބައިކޮށް ނިމޭބައެއްގެ ގޮތުގާ ލައްވާށި. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ޖައްސަމުންދާ ތުރާތަކުގެ ބަދަލު ހިތިގޮތަކަށް އިޒްރޭލަށް ޖައްސަވާށި.
ޑޯން
23 July 2019
އާމީން...
މިހާ
22 July 2019
ސުބުހާﷲ
ރުޅި
22 July 2019
ކޮބާތަ އިންސާނީ ހައްގޢގޮވާ ފަރާތްތައް. އެމެރިކާއަށް އަދި އިޒްރާއީލަށް ހަލާކުހުރި. މިކަންކުރި މީހުންގެ ގެތަކުން އެމީހުންނެރުއްވާ މަގުމަތިކުރައްވާންދޭވެ.
ތުނިޔަ
22 July 2019
ކޮބާ މުޅި އިސްލާމީ އުންމަތް؟ ހަމަ ގަދަ ނިދީގަތޯ؟؟
ނަޖުމުއްދީން
22 July 2019
އޭ. ތިހެން ހިތަށްއަރާއިރަކަށް ތަޅައެއްނުލެވޭނެ.