އިންޑިއާގެ 132 އަވަށުގައި ތިން މަސް ތެރޭ އެއްވެސް އަންހެން ކުއްޖަކު އުފަންވެފައެއް ނުވޭ. --ފޮޓޯ:ގެޓީ އިމޭޖަސް
24 ޖުލައި 2019 - 14:06
ނިއު ދިއްލީ (ޖުލައި 24) - އިންޑިއާގެ އުތުރުގެ ސްޓޭޓެއްގެ 132 އަވަށުގައި ވޭތުވެދިޔަ ތިން މަސް ދުވަހު ތެރޭ އެއްވެސް އަންހެން ކުއްޖަކު އުފަންވެފައި ނުވާ މައްސަލަ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ފަށައިފި އެވެ.
ސަރުކާރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އުއްތަރަކަންދު ސްޓޭޓުގެ އުއްތަރްކަށި ޑިސްޓްރިކުގެ 500 އަވަށުގައި ވަނީ 947 ކުދިން އުފަންވެފަ އެވެ. އެކަމަކު 132 އަވަށުގައި ވޭތުވެދިޔަ ތިން މަސް ދުވަސްތެރޭ އެއްވެސް އަންހެން ކުއްޖަކު އުފަންވި ކަމަށް ހިސާބުތަކުން ދައްކައިފައެއް ނުވެ އެވެ. އެހެންވެ އުއްތަރްކަށި ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން 25 އޮފިޝަލުން ފޮނުވަން ނިންމައިފަ އެވެ.
އުއްތަރަކަންދުގެ ވިމެންސް އެންޑް ޗައިލްޑް ވެލްފެއާ މިނިސްޓަރު ރޭކާ އަރިޔާ ވިދާޅުވީ ބަނޑުގައި އޮންނަ ދަރިފުޅުގެ ޖިންސް ބެލުމަށް ފަހު އެބޯޝަން ހަދާފައިވޭތޯ ތަހުގީގު އޮފިޝަލުން ބަލާނެ ކަމަށެވެ.
ޖިންސް ބެލުމަށް ފަހު އަންހެން ކުއްޖެއް ނަމަ އެބޯޝަން ހަދައިގެން ވައްޓާލާ މައްސަލަ ބޮޑުވުމުން އިންޑިއާގައި 1994 ވަނަ އަހަރުން ފެށިގެން އެކަން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ވަގަށް ނަމަވެސް އެކަން ކުރެ އެވެ. އިނގިރޭސި ވިލާތުގެ މެޑިކަލް ޖާނަލްއަކުން 2011 ވަނަ އަހަރު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި 30 އަހަރު ތެރޭ އިންޑިއާގައި ވަނީ 12 މިލިއަން އަންހެން ކުދިން އެބޯޝަން ހަދައިގެން ވައްޓާލައިފަ އެވެ.
އިންޑިއާގައި އެންމެ ފަހުން 2011 ވަނަ އަހަރު ނެގި ބޯހިމެނުމުން ދައްކާ ގޮތުގައި އާބާދީގެ ނިސްބަތަކީ ކޮންމެ 1،000 ފިރިހެނަކަށް 943 އަންހެނުންނެވެ.
އިންޑިއާގެ އޭރުގެ ވިމެންސް އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް މިނިސްޓަރު 2015 ވަނަ އަހަރު ވިދާޅުވެފައި ވަނީ އެ ގައުމުގައި ދުވާލަކު 2،000 އަންހެން ކުދިން މަރާ ކަމަށެވެ. ހަމަ އެ އަހަރު ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ "ސޭވް ޑޯޓާސް، އެޑިއުކޭޓް ޑޯޓާސް" ކެމްޕޭން ފައްޓަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޔު
24 July 2019
ތިކަހަލަ އެތަށްބައިވަރު ކަމަކާހެދި މިބުނަނީ މި ރާއްޖޭގެ ކަންކަމާ ނުބެހޭސޭ. ސިޔާސީ މަދުބަޔަކު ކަލޭމެންގެ މަދަދު ހޯދިޔަސް މިޤައުމުގެ ރައްޔިތުން ބޭނުމެއްނުވޭ ކަލޭމެން އަހަރުމެންގެ ކަންކަމާ ބެހޭކަށް.
ކަލަރ
24 July 2019
3 މަހުގަ އާ 7 މަހުގައި އަދި އަހަރުނުވާ ތުއްތުކުދިންތައް ރޭޕްކޮށްލާ ގައުމެއް އިންޑިއާ ނޫނީ އަޑުނާހަން. އެފަދަ ނުބައި ޝައިތާނީ ކަމަކުން ސަލާމަތްކުރައްވަން އަންހެން ކުދިން އުފަންނުވުންވެސް އެކަށީގެންވޭ.
ފުންއަސަރު
24 July 2019
މިހެންވެގެންނޭ އިންޑިޔާއަކީ ނަމޫނާ އަކަށް ބަލަން ރަނގަޅު ގައުމަކަަށް ނުވަނީ. މިހިރީ ކަންކުރާގޮތް. ތަފާތުކުރުން އިންތިހާ. މިހެންވީމަ ފިރިހެންވެރިން އެހެންއުޅޭނެ. އަންހެނުން މަދުވި ވަރަކަށް އެކަން ބޮޑުވާނެ. އެކަމަކު އެކަމަކީ ކޮބައިކަން ބުނާކަށް ނުކެރޭނެ.
މަރޭމިތުރު
24 July 2019
ކޮމެންޓުކުރާ ބައެއްމީހުންނަށް ހީވަނީ އހަރެންނަށް ނޭނގި ހަމަ އެއްޗެއް ބުނަނީކަމައްތަ؟
މަރޭމިތުރު
24 July 2019
އެއީ ގާނޫނުގެ ތެރެއިން އަންހެނުންނަށް އެބޯޝަން ހެދުމުގެ ހައްގުލިބިފައި އޮންނާތީ ގިނަ މީހުން ބޭނުންވަނީ ފިރިހެންދަރިން. ވަރަށް ބޮޑައް ސާފު ތިކަންތައް.
ތިބެބަލަ
24 July 2019
މަރޭ އިންޑިޔާގަ އެބޯޝަން ހެދުން މަނާކަން ކަލެއަށް ނޭނގުން އެއީ ދެރަކަމެއް.
މަރޭމިތުރު
24 July 2019
އިންޑިއާގައި އެބޯޝަން ހެއްދޭނެ އަންހެނުން ބޭނުންނަމަ އެބާރު ދީފައިއޮތީ. އެނގޭތީ މިބުނަނީ.
މާއެނގޭ
24 July 2019
ހަބަރު ކިޔާފައި ކޮމެންޓު ކޮށްބަލަ........
މަރޭމިތުރު
24 July 2019
ތިބެބަލައަށް. އިންޑިއާގައި އިންޑިއާ އނަހެނުންނަށް މަނާނުވާނެ އެބޯޝަން ހެދުމެއ.
ތުނިޔަ
24 July 2019
އުފަންވުމުގެކުރިން ވައްތާލާތީނު!
އަލްޖިބްރާ
24 July 2019
ތީ ބަލަންޖެހޭ މައްސަލައެކޭ ބުނިމީހަކުވެސް އެއީ ބޯގޮވާފަ ހުރި މީހެއް ! އެފަންނުވަނީތަ ! އުފަންވުމުގެ ކުރީން މަރާލަނީތަ ! މީހުން މަރަނީ ކީއްވެތޯ ބަލާބަލަ ؟ އެކަންނުކުރެވޭބަޔަކު ދެންތިދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ !
ރަދީފް
24 July 2019
އިންޑިޔާއެއީ އަންހެންކަނބަލުންނާއިމެދު ވަރަށް އިހާނެތިކޮށް ކަންކުރާ ގައުމެއް.
މަންމަ
24 July 2019
ރަނގަޅު ވާހަކައެއް.. ޖާހިލީ ޒަމާނުގަ އަންހެންކަނބަލުންނާ ދޭތެރޭ ކަންތައްކުރާ ގޮތަށް އިންޑިޔާގަ މިހާރުވެސް ކަންތައްކުރޭ. ނޫނީ އެޒަމާނަށް ވުރެ ވެސް އިހާނެތިކޮށް
މުހައްމަދުު
24 July 2019
އިންޑިޔާގެ އާދަކާދައިގެ ތެރޭގައި ކަންތަށް އޮންނަ ގޮތުން ފެށުނީއްސުރެ މުޖުތަމައު ގަބޫލު ކުރަނީ އަންހެން ކުދިން ލިބުމަކީ ދެރަ ނިކަމެތި ކަމެއްގެ ގޮތުގައި. މިހެން ވެގެން މީހުންގެ ފަރާތުން ލިބޭ މަލާމާތާއި އަޅާ ނުލުމުން ރައްކާތެރިކަން ހޯދުމަށް އަންހެން ދަރިން މަރަނީ ނުވަތަ އެބޯޓު ކުރާނީ.