ހުޅަނގު އައްސޭރީގައި އިޒްރޭލުން ޔަހޫދިންނަށް ގެ އަޅައިދޭތީ ފަލަސްތީނުން ވަނީ ދެކޮޅު ހަދާފައި. --ފޮޓޯ:އޭއެފްޕީ
01 އޯގަސްޓް 2019 - 11:18
ހުޅަނގު އައްސޭރި (އޮގަސްޓް 1) - ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅުމަށް 6،000 ގެ އެޅުމަށް އިޒްރޭލުން ހުއްދަ ދީފި އެވެ.
އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީން މީހުންނަށް ވެސް 700 ގެ އަޅައިދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު ފަލަސްތީން މީހުންނަށް އިޒްރޭލުން ގެ އަޅައިދިނުމަކީ ނާދިރު ކަމެއް ކަމަށް އޮފިޝަލުން ބުނެ އެވެ.
ހުޅަނގު އައްސޭރީގައި އިޒްރޭލުން ޔަހޫދިން ވަޒަންވެރި ކުރުވަމުން ގެންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށެވެ. އެކަމަކު އިޒްރޭލުން އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓަ އެވެ.
އިޒްރޭލުގެ ނިންމުމާ ފަލަސްތީނުން ވަނީ ދެކޮޅު ހަދައިފަ އެވެ. ފަލަސްތީނުން ބުނެފައި ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދިންނަށް އެއްވެސް އިމާރާތެއް ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިޒްރޭލުން އެކަން ކުރަމުން ދަނީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ކަމަށް ވެސް ބުނެފައިވެ އެވެ.
އިޒްރޭލުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދިންނަށް 400،000 ގެ ހަދައިދީފަ އެވެ. ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 2.5 މިލިއަން މީހުން ދިރިއުޅެ އެވެ.
ހުޅަނގު އައްސޭރީގައި ޔަހޫދިންނަށް ގެއަޅާނެކަން އިޒްރޭލުން އިއުލާންކޮށްފައި ވަނީ އެމެރިކާގެ މަންދޫބު އަދި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން ޖާރަޑް ކުޝްނާ މެދުއިރުމައްޗަށް ވަޑައިގަތުމަށް ނިންމަވާފައި ވަނިކޮށެވެ. އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަ ކަމަށް ޓްރަމްޕް ވަނީ 2017 ވަނަ އަހަރު އިއުލާން ކުރައްވައިފަ އެވެ. އަދި އެމެރިކާގެ އެމްބަސީ ވަނީ ގުދުސް އަށް ބަދަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
02 August 2019
މިކަމައް ކީއްވެބާ ތިޔައެމެރިކާ ފާޑުނުކިޔަނީ ޔޫރަޕްގެ އަސްކަރީ މަނަވަރުތަކާ ބަރުހަތިޔާރުން އިޒުރޭލައް ބިރުދައްކަން ގޮވާނުލަނީ ސައޫދީ އަރަބިއްޔާއިން އިޒުރޭލާ ގުޅުން ކަނޑާނުލަނީ ގަތަރާ އީރާނާ ޔަމަނައް ފާޑުކިޔަނީ ރާއްޖެއިން ދެލޯމަރައިގެން ތިބެނީ މީތޯ އަންގަވާފަގޮތަކީ ދުނިޔޭގެ ދަހިވެތި ކަމުގަ މަސްތުވާ ތަކެތި އަތުލާފަވެސް އޭގެމަގުމަތީ އަގު ފުރަތަމަވެސް އިސްތިހާރު ކުރާނީ އޭގެން ލިބޭ ގެއްލުމާ އެކަމުގެ އަދަބު ނުބުނާނެ މީތޯ އިސްލާމުންގެ ބަހުރުވަޔާ އަމަލު
ޝޮކްތެރަޕީ
01 August 2019
މުސްލިމުން މުސްލިމުންގެ ހައްގުގާ ނުތެދުވާތީ މުސްލިމުން ބަލިކަށިވަނީ.
މޯދީ
01 August 2019
ދެނޯ! ކުރާނެ އަދިކުރެވޭނެ ކަމެއް އެބައޮތްތަ؟! މުސްލިމުންނާއި އަރަބިންތިބެންޖެހޭނީ އަހަރުމެންދަށުގަ!
ގަރޭ
01 August 2019
ތިކަމެއްނުވާނެ. ކަލޭމެން ހަމަ ތިކަހަލަ ހުވަފެން ދެކިދެކި ތިބެންޖެހޭނީ.
ފުންއަސަރު
01 August 2019
ތިކަހަލަ ނުހައްގު ކޮންމެ ބާރަކާދެކޮޅަށް، މަތީބާރެއް އަންނާނެ ދުވަހަކަށް އިންތިޒާރުކުރަން. މިމީހުންކުރާ މިފަދަ ނުބައިކަންތައް ފެންނަ އެންމެ ލޮލެއްވެސް ނެތް.
ރުޅި
01 August 2019
ކޮބާތަ އެއްކަލަ އިންސާނީ ހައްގުތަކޭގޮވާ ބައިގަނޑު؟ ޔާ ﷲ މިގެތަށް ދިރިތިބިންނަށް އިބުރަތަކަށްވާފަދަ ގޮތަކަށް ނެތިކުރައްވާންދޭވެ!
ސަމްސު
01 August 2019
ކޮބާ އ.ދ؟ ނިދާފައި ދޯ.