ހާވަޑް ޔުނިވާސިޓީން ބުނީ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށް. --ފޮޓޯ:ގެޓީ އިމޭޖަސް
29 އޯގަސްޓް 2019 - 17:17
ބޮސްޓަން (އޮގަސްޓް 29) - އެމެރިކާގެ ހާވަޑް ޔުނިވާސިޓީން ކިޔަވަން ފުރުސަތު ލިބިފައިވާ ފަލަސްތީނުގެ ދަރިވަރަކު އެމެރިކާ އަށް ނުވައްދާ އަނބުރާ ފޮނުވާލައިފި އެވެ.
ލުބުނާނުގައި ދިރިއުޅޭ އިސްމާއިލް އައްޖާވީ ބުނީ އޭނާ ބޮސްޓަން އެއާޕޯޓަށް ފޭބުމުން އެތައް ގަޑިއިރެއް ވަންދެން ސުވާލު ކުރި ކަމަށެވެ. އައްޖާވީ، 17، ބުނީ ވިސާ ކެންސަލް ކުރީ އިމިގްރޭޝަން އޮފިޝަލުން އޭނާގެ ފޯނާއި ލެޕްޓޮޕް ބަލާ ޗެކް ކުރުމަށް ފަހު ކަމަށެވެ. އެމެރިކާ އަށް ވަނުމުގެ ހުއްދަ އައްޖާވީ އަށް ނުދިނީ އޭނާގެ ރަހުމަތްތެރިންގެ ސޯޝަލް މީޑިއާގައި ހުރި ވާހަކަތަކުގެ ސަބަބުންނެވެ.
އައްްޖާވީ ބުނީ އޭނާގެ ރަހުމަތްތެރިން ސޯޝަލް މީޑިއާގައި ލިޔާ އެއްޗަކާ ގުޅޭ ގޮތުން އޭނާ ކުރާނެ ކަމެއް ނެތް ކަމަށެވެ.
އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕްރޮޓެކްޝަން (ސީބީޕީ) ގެ ތަރުޖަމާން ބުނީ އައްޖާވީ އެމެރިކާ އަށް ވަނުމުގެ ހުއްދަ ނުދޭން ނިންމީ ސީބީޕީގެ އިންސްޕެކްޝަނުގައި ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް ތަރުޖަމާން ނުދެ އެވެ.
ހާވަޑް ޔުނިވާސިޓީގައި ކިޔަވަން ސްކޮލާޝިޕެއް ލިބުނު އައްޖާވީ މިހާރު ވަނީ އެނބުރި ލުބުނާނަށް ގޮހެވެ. ހާވަޑް ޔުނިވާސިޓީން ބުނީ ސެޕްޓެމްބަރު 3 ގައި ކްލާސްތައް ފެށުމުގެ ކުރިން، ދަރިވަރުގެ އާއިލާ އާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މައްސަލަ ހައްލު ކުރެވޭތޯ ބަލަމުން އަންނަ ކަމަށެވެ. އެމެރިކާގެ އަމިއްލަ ޖަމާއަތަކުން ދަނީ އައްޖާވީ އަށް ގާނޫނީ އެހީތެރިކަން ވެސް ދެމުންނެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ޖޫން މަހު ބުނެފައި ވަނީ އެމެރިކާގެ ވިސާ އަށް އެދޭއިރު ސޯޝަލް މީޑިއާއާ ގުޅޭ ހުރިހާ މައުލޫމާތެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު އަމީން
30 August 2019
މީ އެބުނާ މޮޅު ޑިމޮކްރަސީއަކީ
އަބްދުއްالله
30 August 2019
އެމެރިކާގެ ސަރަހައްދީ ރޮނގު ރައްކައުރެތިކުރުމުގެ ފުރިހަމަ ހައްގު އެމެރިކާއަށް ލިބިގެންވޭ.
ކައްމަތިން
29 August 2019
ސްކޮލަރ ޝިޕެއް ލިބުނަސް އެމެރިކާއަށް ނުދާނަން.
ޝާޑު
29 August 2019
މުސްލިމުން މޮޅުވެދާނީ އެމެރިކާ ބިރުގަންނަނީ.
ދޮން ބުޅާ
30 August 2019
އެމެރިކާ އަށް ނުގޮސް މޮޅުވާން ވީ އެއްނު.
މާއެނގޭ
29 August 2019
އަމިއްލަ ނަމުގައި ފޭސްބުކް އެކައުންޓް ހުޅުވުމަށް ވުރެން ނެތުމަކީ ބުއްދިވެރިކަމެއް......އަދި އެއްވެސް ގޮތަކަށް ޒާތީ މައުލޫމާތު ފޭސްބުކް ގައި ނުލިޔުން .......