ރޮހިންޖާ ރެފިއުޖީ ކޭމްޕްތަކުގައި މޯބައިލް ފޯން ބޭނުން ކުރުން ބަންގްލަދޭޝް އިން މަނާކުރީ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ބުނެ. --ފޮޓޯ:ރޮއިޓާސް
03 ސެޕްޓެމްބަރ 2019 - 11:10
ކޮކްސް ބާޒާރު (ސެޕްޓެމްބަރު 3) - ރޮހިންޖާ ކޭމްޕްތަކުގައި މޯބައިލް ފޯން ބޭނުން ކުރުން މަނާކުރުމަށް ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް ބަންގްލަދޭޝް އިން އަންގައިފި އެވެ.
ބަންގްލަދޭޝްގެ މި ފިޔަވަޅުގެ ސަބަބުން ކޮކްސް ބާޒާރުގައި އެތައް ކިލޯ މީޓަރަކަށް ދެމިފައިވާ ކޭމްޕްތަކުގައި ދިރިއުޅޭ މިލިއަނެއްހާ ރޮހިންޖާ ރެފިއުޖީން އެއްބަޔަކު އަނެއް ބަޔަކާ މުވާސަލަތީ ގުޅުން ކެނޑިގެންދާނެ އެވެ. މިއަންމާގައި ތިބި އާއިލާތަކުގެ މެންބަރުންނާ ވެސް ގުޅޭނެ ގޮތެއް ނޯންނާނެ އެވެ.
ބަންގްލަދޭޝް ޓެލެކޮމިއުނިކޭޝަން ރިގިއުލޭޓަރީ ކޮމިޝަންގެ ތަރުޖަމާން ޒާކިރު ހުސައިން ޚާން ވިދާޅުވީ ރެފިއުޖީ ކޭމްޕްތަކުގައި މޯބައިލް ނެޓްވޯކްތައް ބަންދުކޮށް އެ މީހުންނަށް ސިމް ކާޑް ވިއްކުން ހުއްޓާލުމާ ގުޅޭ ގޮތުން އަޅާ ފިޔަވަޅުތަކާ ގުޅޭ ރިޕޯޓް ހަތް ދުވަހުގެ ތެރޭގައި ޓެލެކޮމް ކުންފުނިތަކުން ސަަރުކާރަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
"ކޭމްޕްތަކުގައި ވަރަށް ގިނަ ރެފިއުޖީން ދަނީ މޯބައިލް ފޯން ބޭނުން ކުރަމުން. އެކަން ހުއްޓުވަން އޮޕަރޭޓަރުންނަށް ވާނީ އަންގާފައި. އެއީ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ބުނީ މި ފިޔަވަޅު އަޅަން ޖެހުނީ ވޭތުވެދިޔަ ދުވަސްތަކުގައި ކޭމްޕްތަކުގައި ބޮޑެތި ޖަރީމާތައް ހިންގައިފައިވާތީ ކަމަށެވެ.
އޮގަސްޓް 2017 ގައި ރަކީން ސްޓޭޓުގައި ދިރިއުޅޭ ރޮހިިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން ހިންގަން ފެށި ލާއިންސާނީ އަމަލުތަކާ ގުޅިގެން ހަތް ލައްކައެއްހާ ރެފިއުޖީން ވަނީ ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ. އޭގެ ކުރިން ދެ ލައްކައެއްހާ ރޮހިންޖާ ރެފިއުޖީން ދިޔައީ ބަންގްލަދޭޝްގައި ދިރިއުޅެމުންނެވެ.
ރޮހިންޖާ ކޭމްޕްތަކުގައި މޯބައިލް ފޯން ބޭނުން ކުރުން 2017 ވަނަ އަހަރު ވެސް މަނާކުރި އެވެ. ނަމަވެސް އެކަން ތަންފީޒްކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޭހް ހަސީނާގެ ބޭބެ
04 September 2019
ތިމާމެން ހިންގާ ޖަރީމާތައް ފަޅާއަރާތީވެ އެކަން ފޮރުވަން ދޯ ފޯން ބޭނުންކުރަން މަނާކުރަނީ.ކޮންމެ ގޮތެއް ހަދާފަވެސް ކަލޭމެން ހިންގާ ޖަރީމާތައް ރޮހިންޖާ މީހުން ދުނިޔެއަށް ހާމަކުރާނެ.
ހޮޓްކިންގ
04 September 2019
އެމީހުން ބަނގްލަދޭޝްއަށް ހިޖުރަކުރީ އެނޫން ގޮތެއް ނެތީމާ. ނަމަވެސް ބަނގްލަދޭޝްއަކީ މުޔަންމާއަށްވުރެން އެތައް ގުނައެއް ސަރުކާރު ނުބައި އަނިޔާވެރިތަނެއް. އިންސާނީ ހައްގަކަށް އެވަނީ އަރައިގަނެފައި. ނުބައިކަން ބޮޑުވެރިކަމެއް ހިނގާތަނެއް.
ފޮނުވާލާރަށަށް
03 September 2019
ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖޭގައި ގަވާއިދާ ޚިލާފަށްއުޅޭ ބަންގާޅިންނަށް ޓެލެފޯން ޚިދުމަތް ދިނުން މަނާކުރުމަށްގޮވާލަން. އޭރުން ހަމަހަމަވާނީ. އޭރުން އެނގޭނީ އެކަމުގެ ނިކަމެތިކަން. މި ބަންގާޅަކީ ހާދަނުބައިމީހުން އުޅޭތަނެކޭ. އެތަނުން އަންނަނީވެސް ހަމަ އެހާ ހޭލުންތެރިކަން ދަށްމީހުން. އެކަމަކު އަންނަގޮތަށް އައިސް މީހާއަށްވުރެ ބޮޑުފޯނު ހިފައިގެން މަގުމަތީގައި ކުޅުތަޅަންތިބޭނެ.
ގަރުދިތަ
04 September 2019
ތިމޭރުމުން ބޭރުގައުމުތަކުގައި އުޅޭދިވެހިންނަށް މޯބައިލް ޚިދުމަތް ކަނޑާލަންގޮވީމާ އަހަރުމެން ކީކޭބާގޮވާނީ؟
އިސްމާއީލް
03 September 2019
ބަންގާޅުން ނުޖެހޭ ރޮހިންޖާ މުސްލިމުން ރޯނާގަންނަވާކަށް.