އީރާނުން ބުނީ ހޮރްމޫޒް ކަނޑުއޮޅިން މިއަދު ބޯޓެއް ހިފެހެއްޓީ ތެޔޮ ސްމަގްލްކުރާ ކަމަށް ތުހުމަތުކުރެވިގެން ކަމަށް. --ފޮޓޯ:އޭއެފްޕީ
07 ސެޕްޓެމްބަރ 2019 - 19:46
ތެހެރާން (ސެޕްޓެމްބަރު 7) - ތެޔޮ ސްމަގްލްކުރާ ކަމަށް ބުނެ ހޮރްމޫޒް ކަނޑުއޮޅިން ބޯޓެއް މިއަދު ހިފަހައްޓައި އޭގައި ތިބި ފިލިޕީންސްގެ 12 ފަޅުވެރިން ހައްޔަރުކޮށްފައިވާ ކަމަށް އީރާނުން ބުނެފި އެވެ
"ބޭރުގެ ޓަގްބޯޓަކާއި އޭގައި ހުރި 283،900 ލީޓަރުގެ ޕެޓްރޯލް ވަނީ ހިފަހައްޓައިފައި. އޭގެ އަގަށް 233.71 ބިލިއަން ރިޔާލް (ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު) އަރާނެ،" އީރާނުގެ އިސްނާ ނިއުސް އެޖެންސީން ބުންޏެވެ.
ކޯސްޓްގާޑުގެ ވެރިޔާ މޭޖާ ހުސައިން ދެހާކީ ވިދާޅުވީ ބޯޓުގެ ފިލިޕީންސްގެ 12 ފަޅުވެރިން ހައްޔަރުކޮށް، އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓު ހިފެހެއްޓީ އެއީ ތެޔޮ ސްމަގްލްކުރާ ނެޓްވޯކަކަށް ނިސްބަތްވާ ބޯޓަކަށްވާތީ ކަމަށެވެ.
ވަގަށް ތެޔޮ ބޭރުކުރާ ކަމަށް ބުނެ އީރާނުން ވަނީ ޖުލައި 14 ވަނަ ދުވަހު ވެސް، ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ އެމްޓީ ރިއާ ކިޔާ ބޯޓެއް، ދެ މިލިއަން ލިޓަރުގެ ތެލާއި 12 ފަޅުވެރިންނާ އެކު ހިފަހައްޓައިފަ އެވެ. އޭގެ ފަހުން ޖުލައި 19 ވަނަ ދުވަހު ވަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އިނގިރޭސި ވިލާތުގެ ތެޔޮ ހުރި ސްޓެނާ އިމްޕެރޯ ކިޔާ ޓޭންކަރެއް ހިފަހައްޓައިފަ އެވެ. އެ ޓޭންކަރު ހިފެހެއްޓީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށް ވަނީ ބުނެފަ އެވެ. އަދި ޖުލައި 31 ވަނަ ދުވަހު ވެސް ވަނީ ވަގަށް ތެޔޮ ބޭރުކުރާ ކަމަށް ބުނެ ބޯޓެއް ހިފަހައްޓައި، އޭގައި ތިބި ހަތް ފަޅުވެރިން ހައްޔަރުކޮށްފަ އެވެ. އެ ބޯޓާ ބެހޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރަކް އޮބާމާ
08 September 2019
މަމީ އެމެރިކާ ރައީސްނަމަ މިހާރު ލަދުންވެސް އީރާނާ ނުތޮޅެ ގޭގަ އޮތީސް. ދެރައީ މިހާރު މިހުރީ ރައީސް އެކޭ ކިޔާފާ ބޮލުގަ ދަބަރު ޖަހާފަހުރި މަރުމޯލެއް ވިއްޔަ. ޑޮނަލްޑް ޑަކް ވެސް މީއްޗައްވުރެ ރަނގަޅުވާނެ ވެރިކަމަށް.
ގިޓާ
08 September 2019
އެމެރިކާއަށް ފިލާވަޅުތަކެއް ދޭތި ތިސަރަހައްދު ބެލެހެއްޓުމަށް އެމެރިކާ ވަންނަން ނުޖެހޭކަން ފިސާރިއަކަށް ދައްކާތި
ބަބުރުކަލޯ
07 September 2019
ސާބަހޭ.