ހުޅަނގު އައްސޭރީގެ ޗާޓެއްގެ ކައިރީ ހުރެ ނަތަންޔާހޫ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
11 ސެޕްޓެމްބަރ 2019 - 11:49
ތެލް އަވީވް (ސެޕްޓެމްބަރު 11) - އަންނަ ހަފުތާގައި އޮންނަ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
"އާ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބިއްޖެ ނަމަ އަޅުގަނޑު އިއުލާން މިކުރަނީ ޖޯޑަން ވެލީ އާއި ޑެޑް ސީގެ ބައެއް އެއީ އިޒްރޭލުގެ ތަނަކަށް ހަދާނެކަން،" އިޒްރޭލް ޓީވީ ވަގުތުން ދައްކަމުން ދިޔަ ތަގްރީރުގައި ނަތަންޔާހޫ ވިދާޅުވި އެވެ. "އިޒްރޭލުގެ ރައްޔިތުންގެ ކިބައިން ފުރިހަމަ މެންޑޭޓެއް ލިބިއްޖެ ނަމަ ފުރަތަމަ ވެސް އަޅުގަނޑު ކުރާނީ އެކަން."
ޖޯޑަން ވެލީ އާއި ޑެޑް ސީގެ އުތުރުގެ ސަރަހައްދަކީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އިޒްރޭލުގެ 11،000 މީހުން ދިރިއުޅެ އެވެ.
ނަތަންޔާހޫ ކުރަން އުޅޭ ކަންތަކަށް ވައިޓްހައުސް އިން ސަޕޯޓް ކުރާނެތޯ ސުވާލު ކުރުމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގެ ޚާރިޖީ ސިޔާސަތަށް އަދި ބަދަލެއް ނާންނަ ކަމަށެވެ.
ދެހާސް ސަތާރައިގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލުކޮށްފަ އެވެ. އަދި ޒަމާނުއްސުރެ އެމެރިކާ އިން ތަބާވަމުން އައި ސިޔާސަތާ ޚިލާފަށް ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ފަހުން ފަލަސްތީނުން ބުނަމުން ދަނީ މެދުއިރުމަތީގެ ސުލްހައިގައި ތެދުވެރިކަމާ އެކު އެމެރިކާ އަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަނިއްޕުޅު
12 September 2019
މީތަ އެބުނާ އަދިރި ޓެރަރިސްޓް ޖަމާ އަތަކީ
ދޮން ބަބުރު ސޮރު
11 September 2019
އިސްރާލަށް ފަލަސް ތީނުގެ ބިމުން އެއްމެ އިންޗިއެއްވެސް ނުލިބޭނެ ކަލޭމެން ތިޔަ ބިމުން އަމިއްލައިން ނުވަތަ ގަދަ ބާރުން ބާލާނެ، އީރާނުން ނިއުކުލިއަރ ހަތިޔާރު ޓެސްޓު ކުރުން އޮތް މުއްދަތަކީ.
ކިއްލިބާޝާ
11 September 2019
އޭ. ބޯގަޅިވާހަކަނުދައްކާ.
ރަދީފް
11 September 2019
އާ ސަރުކާރު އެކުލަވާލަން ޖެހޭނީ ހުވަފެނުގަ.ނަތަންޔާހޫއަށް ހީވަނީ ދެން ވަގު ޔަހޫދީ ދައުލަތް އެއީ އަމިއްލަ ތަރިކަ މުދަލެއްހެން!!! ނުވާނެތިކަމެއް. [އިޔަހޫދި ކަމާއެކު ހިޔާލުކުރާ ، މަކަރާއި ދޮގުތައް ވެވީ ފާޅުދިޔަ ވެވީ ފާޅުދިޔަ ، ބަދުނާމްވެގެން އެ ޔަހޫދީންނޭ ، ދުނިޔޭގެ ވަމުން ބޭޒާރު ދިޔާ. ….. ♩ ♪ ♫ ♬ ♭ ♮ ♯ ވ.ވެދުން