ވަޒީރު ރަނިލް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
17 ސެޕްޓެމްބަރ 2019 - 14:33
ކޮލަމްބޯ (ސެޕްޓެމްބަރު 17) - ސްރީ ލަންކާ ތަރައްގީ ކުރަން ޑިކްޓޭޓަރެއް ބޭނުން ނުވާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.
ޓެމްޕަލް ޓްރީސްގައި ބޭއްވި ރަސްމިއްޔާތެއްގައި ރަނިލް ވިދާޅުވީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ނެތި ވެސް ގައުމަށް ކުރިއެރުން ލިބިފައިވާ މަންޒަރު ފެނިފައިވާ ކަމަށެވެ.
"ބައެއް މީހުންނަށް ހީވެފައި އޮންނަނީ ގައުމު ތަރައްގީ ކުރެވޭނީ ޑިކްޓޭޓަރުންނަށް ކަމަށް. އެކަމަކު މިހާރުގެ ސަރުކާރުން ވަނީ ޑިމޮކްރެސީ އެކު ގައުމު ވެސް ތަރައްގީކޮށްދީފައި،" ރަނިލް ވިދާޅުވި އެވެ. "މި ސަރުކާރަށް ވެސް ޕާލަމެންޓުގެ އަޣުލަބިއްޔަތެއް ނެތް. އެކަމަކު ރައްޔިތުންނަށް އެތައް ކަމެއް ކޮށްދީފި."
ރަނިލް ވިދާޅުވީ 2015 ވަނަ އަހަރުގެ ކުރިން ސްރީ ލަންކާގައި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމެއް ނެތް ކަމަށެވެ.
"އެކަމަކު މިއަދު ވެސް ޓީވީ ހުޅުވާލައިފި ނަމަ ފެނިވަޑައިިގަންނަވާނެ އެންމެ ގިނައިން ފާޑު ކިޔުން އަމާޒުވާ މީހަކީ އަޅުގަނޑުކަން،" ރަނިލް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވެރިކަމަށް އައި އިރު ލަންކާގައި ވަރުގަދަ ޑިމޮކްރެސީއެއް ނެތް."
ލަންކާގެ ސިޔާސީ ޕާޓީތަކުން ދަނީ މި އަހަރު ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެކިފުތާ
17 September 2019
ޔާމިނެއް ހުރީ ކުރީގައި ލަންކާގައި. ޢޭނާ ޗައިނާއަށް ގައުމު ދަރުވާލީ. ރާއްޖޭގައި ހުރި ޔާމިނުވެސް ރަނގަޅަށް ޗައިނާއަށް ދަރުވާނުލެވި އުޅެނިކޮށް ރައްޔިތުން އެކަލޭގެ ބޭރުކޮށްފި.
އެކިފުތު
17 September 2019
މިސަރުކާރުންވެސް އެންމެ ފަހުން ޗައިނާއަށް އެދިއައީ...ހާވާނެ ހަޑިއެއް އެނގޭނީ އަދި ފަހުން.
މަންޑޭލާ
17 September 2019
މިފެންނަނީ އިންޑިޔާގެ ޕަޕެޓުން.
ޝޮކްތެރަޕީ
17 September 2019
ރައިސް ޔާމިން ރައިސް ކަމައްލާބަލަ އޭރުން ތަރައްގީ ވާނެ.
ބޮޑު އަނގަ
17 September 2019
ޕާލަމެންޓްގެ ސުޕަ މެޖޯރިޓީ އާއެކު ފެއިލްވާ ފުރަތަމަ ސަރުކާރަކީ އިބޫ ސޯލިހުގެ ސެލްފީ ސަރުކާރެވެ.
1 މިލިޔަން ޑޮލަރު
17 September 2019
ތިއީ ޔާމީނާ ދިމާއަށް ބުނި އެއްޗެއް ތޯއެވެ؟ އަޅުގަޑު ބުނަން އޮތީ ޤައުމު ތަރައްޤީ ކުރަން ކޮރަޕްޓް ވެރިއަކު ވެސް ބޭނުމެއް ނެތޭ..
މޮބޮކްރަސީ
17 September 2019
ތެދެއް. މައުމޫނު 30 އަހަރު ވެރިކަން ކުރި. މަދު ކަމެއް ކުރީ. ކޮންމެ ރޯދަމަހު ހަނދު ސާބިތުކުރަން އުޅުމާ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ބަލާލަން ދިއުމާ މިކަހަލަ ކަންތަކުގަ އުޅުއްވީ
މަގު ހަދާ
17 September 2019
ސުމަކުން ފައްޓަވާގެން މައުމޫނު 30 އަހަރުން ކުރެއްވި ކަންތަކުގެ 25% ވެސް މިދިޔަ 10 އަހަރު ތެރޭ އަދި ނުކުރެވެއެވެ. މިއީ ތެދެކެވެ.މައުމޫނު ބިނާ ކުރެއްވި ވަރަށް އިންސާނުން ބިނާކުރި އެކަކު ވެސް އަދި ވެރިކަން ނުކުރެއެވެ. ބުނަން ތޯއެވެ. ނާސިރުގެ ވެރިކަން ނިމުނުއިރު ރާއްޖެ އޮތް ހާލަތުގައި ނަޝީދަށް ވެރިކަން ކުރަން 30 އަހަރު ލިބުނު ނަމަ ރާއްޖެ ހޯދާ ނުފެންނާނެއެވެ. ރާއްޖޭގައި ހުރިހާ ދީނެއްގެ މީހުން އަދި ހުރިހާ ނަސްލެއްގެ މީހުން ވަޒަންވެރި ވެދާނެ އެވެ.
އަލީސުޖާއު
17 September 2019
މޮބްރަސީ އަށް ފެނުނީ ކަނުލޮލަކުން މައުމޫން ވަރުގެ ވެރިޔަކު މިގައުމު ދެކެފައިނުވޭ 30 އަހަރު ވެރިކަން ނިމި 12 އަހަރު ވީ އިރުވެސް މިއުޅެނީ ހަމަ އޭރުގެ ހާލަތުގައި ބަދަލަކަށް ފެނުނީ ބްރިޖެއް 25 ބުރި އިމާރާތެއް ރަންވޭ އެއް ދެން ހުޅުމާލޭގެ ނިސްބަތުން މަދު އަދަދެއްގެ ފްލެޓްތަކެއް ދެން ކޮންކަމެއްތޯ ވީ ތައުލީމީ ދާއިރާ އަށް އިންގިލާބު ގެންނަވާ ފަންޖިފުޑިން ހުރި ރަށުއޮފީސްތަކާއި އަތޮޅު އޮފީސްތަކާއި ރަށު ކޯޓްތަކާއި ބޮޑެތި ރަށް ރަށުގެ ބަނދަރުތަކޯ.
ހޫރޭ
17 September 2019
1980 ވަނަ އަހަރު ރާއްޖެއަކީ ދުނިޔޭގެ އެންމެފަގީރު 20 ގައުމުން ގައުމެއްކަން އެނގޭތަ. 2012 ވަނަ އަހަރު އައިއިރު ރާއްޖެއަކީ މެދުމިނުގެ އާމްދަނީ ބޮލަކަށް ޖެހޭ ގައުމަކަށް ބަދަލުވިކަން ވޯލްޑްބޭންކްފަދަ ތަންތަނުން ސަކްސަސް ސްޓޯރީއަކަށް މިއަދު ނަގާކަން އެނގޭތަ. މައުމޫނު ވެރިކަމަށް އައިއިރު ރާއްޖެތެރޭގައި ހުރީ 3 ސްކޫލް. ވެރިކަމުން ފޭބިއިރު 1 ސްކޫލަށްވުރެން ގިނަސްކޫލް ނުހުންނަ ރަށެއްނެތް. ގައިންގަޔަށް އަރާބަލިތައް ނައްތާލި. ސިއްހީމަރުކަޒެއްވެސް ނެތް ރަށް
ބަބުރަންޖީ ހާޖީ
17 September 2019
ގައުމިގެ ތަރައްގީއަށް ބޭނުންވަނީ ޑިކްޓޭޓަރެއްނޫން. ގައުމުގެ ތަރައްގީއަށް ބޭނުންވަނީ ޔާމީނެއް.