ޑޮކްޓަރުން ވިދާޅުވަނީ ކުއްޖާގެ ޕްލޭޓްލެޓް ކައުންޓް ދަށް ކަމަށް. --ފޮޓޯ: ޑރ. ކަންނާ
16 އޮކްޓޯބަރ 2019 - 14:39
ލަކްނޯ (އޮކްޓޯބަރު 16) - އިންޑިއާގެ އުތުރުގެ ހިސާބެއްގެ މުށީގެ ޕޮޓެއްގެ ތެރޭގައި ވަޅުލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާ މަރާ ހަނގުރާމަ ކުރަމުންދާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.
ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ރަވީ ކަންނާ ވިދާޅުވީ ތުއްތު ކުއްޖާ އަށް ވިހައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި އެ ކުއްޖާގެ ޕްލޭޓްލެޓް ކައުންޓް ވެސް ވަރަށް ދަށްވެފައިވާ ކަމަށެވެ.
"އެ ކުއްޖާ ސަލާމަތްވުމުގެ ފުރުސަތު އެބައޮތް. އެކަމަކު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު އިންތިޒާރު ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ތުއްތު ކުއްޖާގެ މައިންބަފައިން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ތުއްތު ކުއްޖާ ދިރިހުއްޓާ ވަޅުލާފައި އޮއްވާ ފެނުނު އުއްތަ ޕްރަދޭޝްގެ ބަރެއިލީ ޑިސްޓްރިކްޓުގެ ސީނިއާ ފުލުސް އޮފިސަރެއް ކަމަށްވާ އަބިނާންދަން ސިންގް ވިދާޅުވީ އެ ކުއްޖާގެ ބެލެނިވެރިން އެ ކުއްޖާ ހޯދަން އަދި ހުށަހަޅާފައި ނުވާ ކަމަށެވެ.
ކުއްޖާ އޮތީ މުށީގެ ޕޮޓެއްގެ ތެރޭގައި. --ފޮޓޯ:އަނޫޕް ކުމާރު މިޝްރާ
ތުއްތު ކުއްޖާ ފެނުނީ މަރުވި އެހެން ތުއްތު ކުއްޖަކު ވަޅުލަން ކޮންނަނިކޮށެވެ.
"އެ މީހުން ކޮންނަނިކޮށް ތިން ފޫޓުހާ އަޑިން މުށީގެ ޕޮޓެއްގައި ޖެހުމުން އެ ތަޅައިގެން ދިޔައީ. ދެން އިވުނީ ތުއްތު ކުއްޖަކު ރޯ އަޑު. އެ މީހުން އެ ޕޮޓް ނެގި އިރު އޭގެ ތެރޭގައި ތުއްތު ކުއްޖާ އޮތީ،" ސިންގް ވިދާޅުވި އެވެ.
އެކުއްޖާ ވަނީ ސަރުކާރުގެ ހޮސްޕިޓަލެއްގެ ނިއުނޭޓަލް އިންޓެންސިވް ކެއާ ޔުނިޓެއްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފަ އެވެ.
ކުއްޖާ ބަލައިދިނުމަށް އެދި ސިޔާސީ ފަރާތްތަކުން ދަނީ ހުށަހަޅަމުން. --ފޮޓޯ:އަނޫޕް ކުމާރު މިޝްރާ
"އަޅުގަނޑަށް ހީވަނީ އެ ކުއްޖާ އަށް ވާނީ ވިހޭތާ ހަފުތާއެއްހެން،" ހޮސްޕިޓަލްގެ ކުޑަ ކުދިންގެ ޑިޕާޓްމަންޓުގެ ވެރިޔާ ޑރ. ސައުރާބް އަންޖަން ވިދާޅުވި އެވެ. "އެއީ ދުވަސް ނުފުރާ ވިހާފައިވާ ކުއްޖެއް. ބަރުދަނުގައި ހުރީ 1.1 ކިލޯ."
ޑޮކްޓަރުން ލަފާ ކުރަނީ އެ ކުއްޖާ ވަޅުލާފައި އޮންނަތާ ވާނީ ދެތިން ގަޑިއިރު ކަމަށެވެ. އަދި ކުއްޖާ ސަލާމަތްވީ ޕޮޓުގައި ހުރި އެއާ ޕޮކެޓްތަކުން އޮކްސިޖަން ލިބިގެން ކަމަށް ލަފާކޮށްފައިވެ އެވެ.
ކުުއްޖާ ބަލައިދިނުމަށް އެދި އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތަކުން މިހާރު ދަނީ ހުށަހަޅަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޯން
17 October 2019
އިންޑިޔާ އަދި ބަންގާޅިނަ ރަގަލުވާނެތަ ؟ ދުނިޔޭގެ ރެކޯޑް އޮތީ އިންޑިޔާ އަދި ބަންގާޅިން އަތުގަ
މަރިއްޔާ
17 October 2019
އިންސާނުންތަ އަޅެފަހެ އެއީ
އުފާ
16 October 2019
މަވެސްބޭނުން
މުހައް މަދު
16 October 2019
الله اكبر
ރަދީފް
16 October 2019
އިންޑިޔާ އެއީ ކޮހުންގެ ގައުމެކޭ ނުބުނަން މަމެން ނެތިން.
ރޫހީ
16 October 2019
މިއަދު މިގައުމުގެ ގޮނޑިކޮއްކޮ ސަރުކާރު އެގައުމެއްގެ ސަރުކާރަކަށް އަޅުދާސްވެފައިވާ ރޭޕިސްތާނު