ސަރުކާރެއް އުފެއްދުމުގައި ނަތަންޔާހޫ ވަނީ ދެ ފަހަރަށް ފެއިލްވެފައި. --ފޮޓޯ:އޭއެފްޕީ
22 އޮކްޓޯބަރ 2019 - 11:16
ތެލް އަވީވް (އޮކްޓޯބަރު 22) - ސަރުކާރެއް އުފައްދަން ލިބުނު މުއްދަތުގައި އެކަން ނުކުރެވި ފެއިލްވެއްޖެ ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމުގެ ރައީސް އަށް އަންގަވައިފި އެވެ.
ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބުން އެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ލިބިފައެއް ނުވެ އެވެ. އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުކަން ކުރެއްވި ނަތަންޔާހޫގެ ލިކޫޑް ޕާޓީ އަށް 32 ގޮނޑި ލިބުނު އިރު އޭނާގެ ސިޔާސީ ވާދަވެރިޔާ ބެނީ ގާންޒްގެ ބްލޫ އެންޑް ވައިޓް ޕާޓީ އަށް އަށް ލިބިފައި ވަނީ 33 ގޮނޑި އެވެ. އެކަމަކު ސަރުކާރެއް އުފެއްދުމުގެ ފުރުސަތު އެންމެ ބޮޑީ ނަތަންޔާހޫ އަށް ކަމަށް ބަލައި ރައީސް ރެއުވެން ރިވިލިން އެ ފުރުސަތު ދެއްވީ ނަތަންޔާހޫއަށެވެ. ނަމަވެސް ސަރުކާރުގައި ބައިވެރިވުމަށް ގާންޒުގެ ޕާޓީ ގެނައުމަށް ނަތަންޔާހޫ ކުރެއްވި މަސައްކަތް ވަނީ ފެއިލްވެފަ އެވެ.
ގާންޒް ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ބޮޑު ވަޒީރެއްގެ ސަރުކާރުގައި ބައިވެރި ނުވާނެ ކަމަށެވެ. އަދި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ލިބުނީ އޭނާގެ ޕާޓީ އަށް ކަމަށްވާއިރު ބޮޑު ވަޒީރަކަށް ވާން ޖެހޭނީ ވެސް އޭނާ ކަމަށް އިޒްރޭލް ސިފައިންގެ ކުރީގެ ވެރިޔާ ވިދާޅުވި އެވެ. ގާންޒުގެ ސިޔާސީ ޕާޓީ އުފައްދާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.
ރައީސް ރިލްވިން މިހާރު ވަނީ ސަރުކާރެއް އުފެއްދުމަށް ގާންޒަށް 28 ދުވަހުގެ މުހުލަތެއް ދެއްވައިފަ އެވެ. ތަޖްރިބާކާރުން ބުނާ ގޮތުގައި ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދަން ބޭނުންވާ 61 ގޮނޑި ހޯދުމަކީ ގާންޒަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ރައީސް ވިދާޅުވީ އިތުރު އިންތިޚާބެއް ބާއްވަން ނުޖެހިވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. އިޒްރޭލުގައި މި އަހަރު ވަނީ ދެ އިންތިޚާބެއް ބާއްވައިފަ އެވެ. އެޕްރީލް މަހު ބޭއްވި އިންތިޚާބުން ވެސް އެއްވެސް ޕާޓީއަކަށް އަޣުލަބިއްޔަތު ނުލިބުމުން ސަރުކާރެއް އުފެއްދުމަށް ނަތަންޔާހޫ އަށް ދެއްވި ފުރުސަތުގައި ވަނީ އެކަން ނާކާމިޔާބުވެފަ އެވެ.
އިޒްރޭލުގެ ރައީސް ވިދާޅުވީ އަހަރެއްގެ ތެރޭ ތިން އިންތިޚާބަށް ދާން ނުޖެހިވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ. ގާންޒަށް ވެސް ސަރުކާރެއް އުފެއްދޭ ގޮތް ނުވެއްޖެ ނަމަ ތިން ވަނަ ކެންޑިޑޭޓަކަށް ޕާލަމެންޓުން ފުރުސަތު ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްމީދު ފެނަށް
23 October 2019
މިއީ ސައޫދީއަށް ހިތާމަވެރި ހަބަރެއް. އިސްލާމީ އުއްމަތަށް އުފާވެރި ހަބަރެއް
ވިސްނާލާފާ
22 October 2019
ތިކަމާ އަހަރެމެން އުފާކުރާހާލު ވިސްނަންވީ ތަންކޮޅަކީ، ތިތަނުން އަރާ އެއްވެސްމީހަކު ސަހަލު ނުވާނޭކަން. މުސްލިމުންނަށް އޯގާތެރިވެ ރަހުމެއް ނުކުރާނެކަން. އެކަމަކުވެސް ނުބައި އެއްޗެއްގެ ތެރޭގާވެސް ނުބައިން ނުބަޔަށްނުދާ އެއްޗެއް އޮވެދާނެކަމަށް ބަލަންވާނެ.
އިސްމާލްކަލޭފާނު
22 October 2019
ދެން ދޭ ގެއަށް.
އާދަނުބޭ
22 October 2019
އަލްހަމްދުލިﷲ.މޫލި ދައުލަތްފޭލްވެ ބިކަވާށި. ކުށެއްނެތް މައުސޫމް މުސްލިލުމުންނަށް ކުރާ އަނިޔާގެ ރަހަ މިދުނިޔެމަތީ ދައްކަވާށި. އާމީން.
އަދީބު
22 October 2019
ސަރުކާރެއް ނުއުފެއްދިއްޖެ ނަމަ އެއީ ޤައުމެއްގެ ގޮތުގައި ދުނިޔެއިން ނުބެލުމުން ނިމުނީ އެވެ. އެހެން ނޫނަސް އެއީކީ ޤައުމެއް ނޫނެވެ. ނުބައި އެޖެންޑާއެއް ހިފައިގެން ގަދަކޮށްލައިގެން އުޅޭ ބައިގަނޑެކެވެ.
ކުކުޅޭ ---
22 October 2019
މިކަލޭގެ އަށް ނުލިބުނީތީވެ އުފާ ކުރަން
ޢޮނަރަބަލް އަފީފުއްދީން ޕާޝާ
22 October 2019
ޢުފާ ކުރުމުގެ ބޭނުމެއް ނެޔް ދެން ހުރީވެސް ކުޑަކުދިން މަރަން އުޅުނު މީހެއްނު
ރަދީފް
22 October 2019
''ގާންޒް ވިދާޅުވީ ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ބޮޑު ވަޒީރެއްގެ ސަރުކާރުގައި ބައިވެރި ނުވާނެ ކަމަށެވެ.'' މީތި ވަރަށް ސަޅި. #ނަތަންޔާހޫއައުޓް #ނަތަންޔާހޫއައުޓް
ޢަބޫ ޝަމާޝް
22 October 2019
ގާންޒް އިޒް ޖަސްޓް އަ ޕޮލިޓީޝަން ބްރޯ.