ގާޒާ ސިޓީ އަށް އިޒްރޭލުން މިއަދު ދިން ވައިގެ ހަމަލާތަކުގައި ދުން އަރަނީ. --ފޮޓޯ:އޭއެފްޕީ
13 ނޮވެމްބަރ 2019 - 14:35
ގާޒާ (ނޮވެމްބަރު 13) - ގާޒާ ސިޓީ އަށް އިޒްރޭލުން ބޮން އަޅައި ފަލަސްތީނުގެ 15 މީހުން ޝަހީދުކޮށްލައިފި އެވެ.
އިޒްރޭލުން އިއްޔެ ދިން މިސައިލް ހަމަލާއެއްގައި ވަނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް އަތާ ޝަހީދުކޮށްލައިފަ އެވެ. އުމުރުން 42 އަހަރުގެ އަލް އަތާގެ އެޕާޓްމަންޓަށް ދިން ހަމަލާގައި އޭނާގެ އަންހެނުން ވެސް ވަނީ ޝަހީދުކޮށްލައިފަ އެވެ. ރައްދުގައި ގާޒާ އިން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއްދީފަ އެވެ. އެ ހަމަލާތަކުގެ ބަދަލު ހިފަން އިޒްރޭލުން އަނެއްކާވެސް ވަނީ ގާޒާ ސިޓީ އަށް ބޮން އަޅަން ފަށައިފަ އެވެ. އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 15 މީހުން ޝަހީދުވެފައިވާ ކަމަށް ހެލްތު އޮފިޝަލުން ވަނީ ބުނެފަ އެވެ.
އިޒްރޭލުގެ ވައިގެ ހަމަލާތަކުގައި ބިމާ ހަމަކޮށްލާފައިވާ އިމާރާތެއްގެ ކައިރީ ފަލަސްތީނުގެ އަންހެނުންތަކެއް މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ
އިޒްރޭލުގެ ވައިގެ ހަމަލާތަކުގެ ސަބަބުން ގާޒާގައި މިހާރު ވަނީ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފަ އެވެ. ގާޒާ ވަށައިގެން 80 ކިލޯ މީޓަރު (650 މޭލު) ގެ ސަރަހައްދެއްގައި އިޒްރޭލުން މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.
އިޒްރޭލް ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ގާޒާ އަށް އަންގާރަ ދުވަހު ވަނީ 30 އަށް ވުރެ ގިނަ ވައިގެ ހަމަލާދީފައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
13 November 2019
ކެނެރީގޭ ނަޝީދަށްް މިތަންތަނެއް ނުފެންނާނެ.
ނެޑް
14 November 2019
ޢިބޫ ބުރޯ، ކަލެއަށް ކެނެރީގޭ ނަޝީދު ނޫން އެއްޗެއް ފެނޭތަ؟
ސޫޒަން
13 November 2019
ހުޅަނގުގެ ގައުމު ތަކަކީ ޖަންގަލީގެން އުސޫލުން ކަންކަން ކުރަން އާދަވެފައި ތިބި ބައެއް. އިޒުރާއީލަކީ ހުޅަނގުގެ ގައުމުތަކުގެ ދަރިއެއް. ވީމާ އިޒުރާއީލުން ވެސް ހިންގާނީ ޖަރީމާ. ގެންގުޅޭނީ ޖަންގަލީގެ އުސޫލު.
ފީކަޅާ
13 November 2019
އައްޑިހަ ކިލޯމީޓަރަކީ ހަސަތޭކަ ފަންސާސް މޭލެއް ނޫން ، ކިލޯމީޓަރު ކުރުވާނެ މޭލަށް ވުރެ.
ކޮބާ..ކޮބާ
13 November 2019
ޢަނިޔާވެރިންގެ ކިބައިން، ﷲ ތަޢާލާ، މުސްލިމުން ސަލާމަތް ކުރައްވާށި އެވެ،. އަދި ފުރިހަމަ ބަދަލު ހިއްޕެވުމަކުން ހިއްޕަވާށި އެވެ.
އާދަމް ބާއީ
13 November 2019
ދިވެހި ލަޝްކަރެއް ހަމަ މިވަގުތު ފަލަސްތީނަށް ފޮނުވާންޖެހޭ.