އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ޔަތަންޔާހޫ. --ފޮޓޯ:އޭއެފްޕީ
22 ނޮވެމްބަރ 2019 - 12:22
ތެލް އަވީވް (ނޮވެމްބަރު 22) - އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަނުގެ ތިން ދައުވާއެއް ކޮށްފި އެވެ.
ރިޝްވަތު ދިނުމާއި މަކަރާއި ހީލަތް ހެދުމާ އަދި މަގާމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ދައުވާ އުފުލި ނަމަވެސް ނަތަންޔާހޫ ވަނީ ގޮތްދޫނުކުރައްވައި، މަގާމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އޭނާ ދެކޮޅަށް ކުރި "ބަޣާވާތެއް" ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ނަތަންޔާހޫގެ މައްޗަށް ވަނީ ވިޔަފާރިވެރިއެއްގެ އަތުން ހަދިޔާ ހޯދާ އޭނާ އަށް ފަހިވާ ގޮތަށް ސަރުކާރުގެ ތެރޭން ކަންތައް ކޮށްދިން ކަމަށް ތުހުމަތުކޮށްފަ އެވެ. ނަތަންޔާހޫގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަންކަމުގެ ތެރޭގައި އިޒްރޭލުގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ކުންފުނި، ބެޒެގް އަށް ފަހިވާ ގޮތަށް ސަރުކާރުގެ ކޮންޓްރެކްޓަށް ދީފައިވުން ހިމެނެ އެވެ. އެއީ ބެޒެގުގެ ސަބްސިޑަރީ ނިއުސް ވެބްސައިޓެއް ކަމަށްވާ ވައްލާ އިން ނަތަންޔާހޫ އާއި އަނބިކަނބަލުންނަށް ފަހިވާ ގޮތަށް ކަވަރޭޖެއް ގެނެސްދިނުމަށް ޝަރުތުކޮށްފަ އެވެ.
ނަމަވެސް ދައުވާ އުފުލުމާ ގުޅިގެން ނަތަންޔާހޫ ވިދާޅުވީ ގައުމު ހިންގުމުގައި އޭނާ ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ޝަރުއީ ކޯޓުތަކާއި ފުލުހުންއުޅެނީ އޭނާއާ ދެކޮޅަށް ސިޔާސީ އެޖެންޑާއެއް ނެެރެގެން ކަމަށް ވިދާޅުވި އެވެ.
އިޒްރޭލުގެ އެޓާނީ ޖެނެރަލް އަވިޗައި މަންޑެލްބްލިޓް ވިދާޅުވީ އެކަކަށް ވެސް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށެވެ.
ނަތަންޔާހޫގެ މައްޗަށް ދައުވާ ކުރަން ނިންމި އިރު އިޒްރޭލު އޮތީ ސިޔާސީ ހުސްކަމެއްގެ ތެރޭގަ އެވެ. މި އަހަރުގެ އެޕްރީލް މަހާއި ސެޕްޓެމްބަރު މަހު އިންތިޚާބެއް ބޭއްވި ނަމަވެސް އިޒްރޭލުގައި އަދިވެސް ސަރުކާރެއް އުފެއްދޭ ގޮތެއް ނުވެ އެވެ. ސެޕްޓެމްބަރު މަހުގެ އިންތިޚާބަށް ފަހު ސަރުކާރަށް އުފައްދަން ނަތަންޔާހޫ އަށް ދިން ފުރުސަތުގައި އޭނާ އަށް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. އަދި އިންތިޚާބުގައި ކުރި ހޯދި ބްލޫ އެންޑް ވައިޓް ޕާޓީގެ ބެނީ ގާންޒަށް ދިން ފުރުސަތުގައި ވެސް ސަރުކާރެއް އުފެއްދިފައެއް ނުވެ އެވެ.
އެހެންވެ އެ ދެ ފަރާތަށް ސަރުކާރެއް އުފެއްދިފައި ނުވާތީ ގާނޫނު ހަދާ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށް 21 ދުވަހުގެ މުހުލަތު ލިބިފަ އެވެ. އެ މުއްދަތުގައި އެކަން ނުކުރެވިއްޖެ ނަމަ 90 ދުވަސް ތެރޭ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ. ސަރުކާރު އުފައްދަން 120 މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބު
22 November 2019
އެކަމަކު މިރާއްޖޭގަ ޔާމީނާ މެދުދައުވާކުރާއިރައް ބުނާނެ އެއީސިޔާސީ ދައުވާއެއްކަމައް ޕީޕީއެމް ދަރުބާރު ފެކްޝން ކީއްވެތޯ ނުބުނަނީ މިއީސިޔާސީ ދައުވާއެކޭ
ޝާޑު
22 November 2019
މީނާ ވެރިކަމުން ދުރުކޮށް ތަންކޮޅެއް ރަނގަޅުމީހެއް ގެނޭ.
ނަތަންޔާހޫ
22 November 2019
ކޮބާ ހިފާފައިވާ ގޯލާން ހައި އަކީ އިޒްރޭލްގެ ތަނެއް ކަމަށް ހެދިއްޖެ ނު ދެން އިސްޔިއުފާ.
ހުތާނި
22 November 2019
ގޯލާންހައިޓްސް.
ހުތާނީގެ ދިވެހި ވައްތަރު
22 November 2019
ގޯލާންގެ އުސްބިންތައް.