ކޮރޯނާވައިރަސް ދެނެގަންނަން އީރާނުން އުފެއްދި މެޝިން ދައްކާލަނީ. --ފޮޓޯ:ތަސްނީމް ނިއުސް
17 އެޕްރީލް 2020 - 13:44
ތެހެރާން (އެޕްރީލް 17) - ސަތޭކަ މީޓަރު (330 ފޫޓު) ގެ ރޭޑިއަސްއެއްގެ ތެރޭގައި ކޮރޯނާވައިރަސް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ މެޝިނެއް އީރާނުގެ ރިވޮލިއުޝަނަރީ ގާޑް (އައިއާރްޖީސީ) އިން އުފައްދައިފި އެވެ.
އައިއާރްޖީސީގެ ހެޑްކުއާޓަރުގައި މެޝިން ދައްކާލަމުން ގާޑުގެ ކޮމާންޑަރު މޭޖާ-ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވީ ތަފާތު ހޮސްޕިޓަލްތަކުގައި އެ މެޝިން ޓެސްޓްކޮށްފައިވާ ކަމަށާއި އެ މެޝިނުގެ އިތުބާރު ރޭޓަކީ 80 ޕަސެންޓް ކަމަށެވެ. އޭނާ ވިދާޅުވީ "ޕޮލަރައިޒްޑް ވައިރަސް" ހިމެނޭ މެޝިނުން އުފައްދާ މެގްނެޓިކް ފީލްޑުން ކޮރޯނާވައިރަސް ހުރި ދިމާ ފަސް ސިކުންތު ތެރޭ ދެނެގަނެވޭނެ ކަމަށެވެ. ހެލްތު މިނިސްޓްރީގެ އެހީތެރިކަމާ އެކު ލައިސަންސް ލިބުމުން އެ މެޝިން ގިނަ އަދަދަކަށް އުފައްދަން ފަށާނެ ކަމަށް ސަލާމީ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް ދެނެގަންނަން އީރާނުން އުފެއްދި މެޝިނަކީ، ވަގަށް އުފުލާ ތެޔޮ ހޯދަން އީރާނުން އުފެއްދި މެޝިނާ ދާދި އެއްކަހަލަ އެއްޗެކެވެ. ބޮޑެތި ވެހިކަލްތަކުގައި ފޮރުވައިގެން އީރާނުން ސްމަގްލް ކުރާ ތެޔޮ ފިއުލް ޑިޓެކްޓަރުގެ އެހީގައި ހޯދަ އެވެ.
އީރާނުން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 77,995 މީހުން ޕޮޒިޓިވްވެ 4,869 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
19 April 2020
މިއީ އިސްލާން ދީނަށް ލިބުނު ނަސުރެއް. އަދި އަންނާނެ، މުސައްލައެއް ފަތުރާލުމަށްފަހު، އޭގަ އިށިނދެފަ ހިތަށް އެރީމަ، ފަތުއަޑު ކިޔާފަ، ވައިރޯޅިއެއްހެން ހައްޖަށް ދެވޭ ދުވަހެއްވެސް. އިސްލާމުންގެ ކުޅަދާނަކަމުގެ ބޮޑުކަމާއެ. އާމީން. ދެން އެއްކަލަ ޓުރަންޕު ދާނީ ކަންތާކަށް.
ސަލްބެ
18 April 2020
ޚޮންއިރަކުންބާ ރާއްޖެ އަށް މިމެޝިން ލިބޭނީ.
ހައިވް
18 April 2020
އީރާނަކީ ތިފަދަ އެއްޗެއްހެދޭފެންވަރު ހުރި ޤަޢުމެއްނޫން! މަކަރާ ހީލަތުން ރައްޔިތުނައް އޮޅުވާލައިގެން ޚުދުމުޚުތާރު ރަސްކަމެއް ފަދަ ވެރިކަމެއްކުރާތަނެއްތީ..
ޟާސް
18 April 2020
ނޭނގޭ ވާހަކަ ނުދައްކާތި އަބޫ ޖަހުލު ހެދިގެން
ފަހަރި ދައިތަ ފޮށާ
19 April 2020
ދުނިޔޭގެ ތާރީޙް ހަމަ އެއްވެސް ވަރަކަށް ބެލިނަމަ ތިޔަހެން ބުނަން ދަތި ވާނެ ހުރިހާ ކަމެއް އަމިއްލަ ނާޅިން މިނުމުން އެނގެނީ މީހާގެ ނާޤާބިލުކަން
ދަންވި ދަންވިހެން
19 April 2020
ހައިވް ކަލެއަށް އެންމެ ގިނަ އެއްޗެހި ހަދަން އެނގެނީ. އެމެރިކާ ފަދަ ބޮޑެތި ބާރުތައްވެސް އީރާނުގެ ކުޅަދާނަކަށް އެނގި ޖެހިލުންވޭ. ރޯނު އެދުރު
ދޮން ބަބުރު ސޮރު
19 April 2020
ކޮއްމެ މުޚުތާރެއް ވިއަސް އޯކޭ ބާރަށް ކުރިއަށް. ޢެ އޮތީ ވަރަށް މޮޅު ކަމެއް ކޮއްފަ
އިސް
19 April 2020
ރަނގަޅު ވާހަކައެއް
ޕޮކަޑީ
18 April 2020
ރާއްޖޭގައި ހެދި މެޝިނާބަލާފަ ތީ 0. ރާއްޖޭގަ 40 އަހަރު ވަންދެން ޓޫރިޒަމުން ލިބުނު ލާރިން ހެދި މެޝިން ކޮރޯނާވައިރަސް ހޯދާފަނައްތާވެސްލެވެ. އެމެރިކާ އިރާނުމީހުން މަހަށްދޭބަލަ.
ރީތި މޫސަ
18 April 2020
ތީގެންވެސް އެގެނީ ވައިރަސް މުހިންމީ ވައިރަސް ނައްތާލެ ވެކްސިނެއް
މީމަގޭ ހިޔާލު
17 April 2020
ތީ އަސްލު ވަގުތު ނޫހާ ގުޅޭ ހަބަރެއް މިހާރު ނޫހަކާ އެހާނުގުޅޭ ހަބަރެއްނޫން
ޕަންޕު
17 April 2020
ތީ ބޭކާރުއެއްޗެއްމިހާރު މާފަހުން ތިގެނެވުނީ އެފްރިކާ ގައުމެއްގައި އެހުރީ ވައިރަސް ނައްތާލާ ގަހެއްގެ ފަތެއް ހޯދާފަ ދެންކީއްކުރާ އެއްޗެއް
ހާޖި
17 April 2020
ތީ ތެދެއްނަމަ ކިތެންމެހާވެސް ރަނގަޅު އަދި ތިކާމިޔާބީއަށް މަރުހަބާވެސް ކިޔަން މީގެ އެތައްދުވަހެއްކުރިން އުފެއްދި ސްޓެލްތް ފައިޓާޖެޓް ވީތަނެއް އެނގޭމީހަކު ތިޔަގައުމުގައިވެސް ހުރިހެނެއްހިޔެއްނުވޭ
ދޮން ބަބުރު ސޮރު
19 April 2020
ނޭގޭ ނޫންތަ ފޮރުވާފަ އޮތީ ނޫން ކަންވެސް، އެހެން ނޫނަމަ އެމެރިކާގެ ޖާސޫސު ޖަހާ ވައްޓާލީމާ ބޮން އަޅަން ގޮސްފަ ނުކެރި ފިލާ ރައްކާލެއްނުވާނެ.
ސަމަރުބުލޫ
17 April 2020
އަޑު އިވޭ ގޮތުގަ މީ ފޭކު އެއްޗެއް! ޔޫރަޕްގެ ކޮންމެވެސް މަކަރުވެރި މީހެއް ލާރިގަނޑެއް ކާލަން މިމީހުންނަށް ހަދައި ދިން ފޭކު އެއްޗެއް ކަމަށް ބައެއް ނޫސްތަކުން އެބަ ޚަބަރުދޭ.
ސަސް
19 April 2020
އީރާން އަކީ ކޮން ކުރިއެރުމެއް އޮތްތަނެއް؟ މެޖޯރިޓީ ޝިޢައީން ގިނައީ އަދި ސުންނީންނައް އެހާ ނަފުރަތު ކުރާ ބައެއް.
ޖޭ.އެފް.ކޭ
17 April 2020
ސާބަހޭ އީރާން.