ސިންގަޕޫރުގައި އުޅޭ ބިދޭސީ މަސައްކަތު މީހުން ކާބޯތަކެތި ހޯދަން އިއްޔެ ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ
21 އެޕްރީލް 2020 - 13:09
ސިންގަޕޫރު (އެޕްރީލް 21) - ސިންގަޕޫރުން ރެކޯޑް އަދަދެއް ކަމަށްވާ 1،426 މީހުން އިއްޔެ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
މިއީ އެއް ދުވަސްތެރޭ ސިންގަޕޫރުން މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ. ސިންގަޕޫރުން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ނަމަވެސް އޭގެ ތެރޭން ގިނަ މީހުންނަކީ އެ ގައުމުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނެވެ. ސިންގަޕޫރު މީހުން ނުވަތަ ޕާމަނެންޓް ރެސިޑެންސީ އޮންނަ މީހުންގެ ތެރޭން ޕޮޒިޓިވްވެފައި ވަނީ އެންމެ 16 މީހުންނެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ޗައިނާގައި ފެތުރުނު ދުވަސްވަރު ސިންގަޕޫރުގައި ވެސް އެ ވައިރަސް ފެތުރުނު ނަމަވެސް ބަލި ކޮންޓްރޯލް ކުރުމަށް ސިންގަޕޫރުން އެޅި ފިޔަވަޅުތަކަށް އެތައް ބައެއްގެ ތައުރީފް ލިބުނެވެ. ނަމަވެސް ފަހަކަށް އައިސް އެ ގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލުން ނެއްޓީ ބިދޭސީން ބައިބޯކޮށް ދިރިއުޅޭ ޑޯމިޓަރީތަކުގައި ވައިރަސް ފެތުރެން ފެށުމުންނެވެ.
އިމާރާތް ކުރުން އަދި މެއިންޓެނަސް ދާއިރާގައި ސިންގަޕޫރުގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު 300،000 އަށް އަރަ އެވެ.
ސިންގަޕޫރުން މިހާރު ވަނީ 8،014 މީހުން ޕޮޒިޓިވްވެ 11 މީހުން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުމަރު
21 April 2020
އެތާވެސް ބަންގާޅިން މިތާވެސް ބަންގާޅިން
ބަޑީ
21 April 2020
ރާއްޖޭން ބޭރުމީހުންގެ ކަންކަން ރަގަޅަށް ނުބެލެހެއްޓިޔަސް، ސިންގަޕޫރުން ތިހެން ކަންތައްވީމަ ވަރަށް ބޮޑަށް ހައިރާންވެއްޖެ. ތިހުންނަނީ މިކަހަލަ ހާލަތްތަކުގާ ކަންކަން ހައްލުކުރުމަށް އިތުރަށް އުދަގޫވެގެންދާނެ ކަންކަން. އެތައްބަޔަކު، ކުދިކުދި ތަންތަންކޮޅު ޝެއަރކުރުމުގެ ހިތިނަތީޖާ މިފެންނަނީ. ރާއްޖޭގެ ސަރުކާރު، ރާއްޖޭގަ، ބޭރުމީހުންގެ ކަންކަން މިހިސާބަށް ދިޔުމުގެ ފުރިހަމަ ޒިންމާނަގަންޖެހޭ.
ފަހުދު
21 April 2020
ކީޕަރާ ނުބެހޭށޯ. ކީޕަރަކީ ހީރޯއެކޯ